Roadha Mihaaru
ހަލަބުގެ މިސްކިތަކަށް ވައިގެ ހަމަލާދީ 42 މަރު

ސީރިއާގެ ހަލަބުގެ މިސްކިތަކަށް ވައިގެ ހަމަލާދީ 42 މީހުން މަރާލައިފި

17 މާޗް 2017

ދިމިޝްގު (މާޗް 17) - ސީރިއާގެ ހަލަބު ސިޓީގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ މިސްކިތަކަށް ވައިގެ ހަމަލާދީ 42 މީހުން މަރާލާފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (މާޗް 17) - ސީރިއާގެ ހަލަބު ސިޓީގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ މިސްކިތަކަށް ވައިގެ ހަމަލާދީ 42 މީހުން މަރާލާފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

ހަލަބުގެ ޖިނާ ސަރަހައްދުގެ މިސްކިތަށް ވައިގެ ހަމަލާ ދިންއިރު އެ މިސްކިތަށް އިޝާ ނަމާދަށް ގިނަ ބަޔަކު ޖަމާވެފައިވާ ކަމަށް ވެސް އޮބްޒަވޭޓަރީން ބުނެފައިވެ އެވެ. ގިނަ އިން މަރުވެފައި ވަނީ އާއްމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ނަމަވެސް އެ ސަރަހައްދުގެ މަތިން ސީރިއާ އާއި ރަޝިޔާ ސިފައިންގެ ބޯޓުތައް ދަތުރު ކުރެ އެވެ.

މި ހަމަލާ ދީފައި މިވަނީ ސީރިއާގެ ވެރިރަށް ދިމިޝްގުގެ ކޯޓު އިމާރާތުގައި ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއް ދީ 31 މީހުން މަރާލިތާ އެއް ދުވަސް ފަހުންނެވެ. އެ ހަމަލާ ދީފައި ވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ހަމަނުޖެހުންތައް ހިންގަން ފެށިތާ ހަ އަހަރު ފުރުމާ ދިމާކޮށެވެ. ސީރިއާގެ ހަ އަހަރު ދުވަސްވީ މަދަނީ ހަނގުރާމައިގައި 320،000 މީހުން މަރުވެ 11 މިލިއަން މީހުން ހާލުގައި ޖެހިފައިވެ އެވެ.