21 މެއި 2019
ކްރައިސްޗާޗް (މެއި 21) - ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް މާޗު މަހު ހަމަލާދީ 51 މީހުން މަަރާލި އޮސްޓްރޭލިއާގެ ބްރެންޓަން ޓަރަންޓުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ރަސްމީކޮށް މިއަދު އުފުލައިފި އެވެ.
ކްރައިސްޗާޗް (މެއި 21) - ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް މާޗު މަހު ހަމަލާދީ 51 މީހުން މަަރާލި އޮސްޓްރޭލިއާގެ ބްރެންޓަން ޓަރަންޓުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ރަސްމީކޮށް މިއަދު އުފުލައިފި އެވެ.
އުމުރުން 28 އަހަރުގެ ބްރެންޓަންގެ މައްޗަށް ވަނީ މީހުން މެރުމުގެ 51 ދައުވާ އާއި މީހަކު މަރަން އުޅުމުގެ 39 ދައުވާ ކުރިން އުފުލައިފަ އެވެ. ހަމަލާގައި 51 މީހުން މަރުވެ 39 މީހުން ޒަޚަމްވި އެވެ.
ބްރެންޓަން ދެން ކޯޓަށް ހާޒިރު ކުރާނީ ޖޫން މަހު އެވެ.
މާޗް 15 ވަނަ ދުވަހު ދިން ހަމަލާ އަކީ ނިއު ޒީލެންޑުގެ ތާރީޚުގައި ވެސް ދިން އެންމެ ނުރައްކާ ހަމަލާ އެވެ. ހަމަލާ އަށް ފަހު ނިއު ޒީލެންޑުގެ ޕާލަމެންޓުން ވަނީ ސެމީ-އޮޓޮމެޓިކް ހަތިޔާރު މަނާކުރަން ގާނޫނެއް ފާސްކޮށްފަ އެވެ.
ހަމަލާދިން މީހާ އެންމެ ފަހުން ކޯޓަށް ހާޒިރުކުރީ އެޕްރީލް މަހު އެވެ. ފަނޑިޔާރު އެ ފަހަރު ވަނީ އޭނާގެ ސިކުނޑީގެ ޓެސްޓެއް ހަދަން އަންގައިފަ އެވެ.
ކްރައިސްޗާޗުގެ އަލް ނޫރް އަދި ލިންވުޑް މިސްކިތަށް ހަމަލާ ދިން މަންޒަރު ބްރެންޓަން ވަނީ ފޭސްބުކުން ލައިވް ވެސްކޮށްފަ އެވެ.
ކްރައިސްޓްޗާޗް: ތިންވަނަ މިސްކިތަކަށް ހަމަލާދޭން އުޅުނު
ތަހުގީގު ޓީމުގެ ވެރިއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
މިސްކިތަށް ހަމަލާ ދިން މީހާގެ ނަފްސާނީ ޓެސްޓެއް ހަދަނީ
މިސްކިތުގައި ހަމަލާ ދިން މީހާ އަށް މަރުގެ 50 ދައުވާ
މިސްކިތުގެ ހަމަލާއަށް ތައުރީފްކުރި މީހަކު ބޭރުކޮށްފި
ނިއު ޒީލެންޑުގައި ސެމީ-އޮޓޮމެޓިކް ހަތިޔާރު މަނާކޮށްފި
ކްރައިސްޗާޗުގެ ހުކުރުނަމާދު ލައިވްކޮށް ސްކޫތެއް ގެންނަނީ
ބިސްޖެހި ކުއްޖާ އެއްކުރި ފައިސާ ނިއު ޒީލެންޑަށް
"ހަމަލާދިން މީހާއަށް ގާނޫނުގައި ހުރިވަރު ދައްކާލާނަން"
ހަމަލާ ލައިވްކުރުމުން ފެނާންޑޭޒް ފޭސްބުކުން ނުކުމެއްޖެ