Roadha Mihaaru
މިސްކިތުގެ ހަމަލާއަށް ތައުރީފްކުރި މީހަކު ބޭރުކޮށްފި

މިސްކިތަށް ދިން ހަމަލާ އަށް ތައުރީފް ކުރި މީހަކު ޔޫއޭއީ އިން ބޭރުކޮށްލައިފި

22 މާޗް 2019

އަބޫ ދާބީ (މާޗް 22) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަށް ދިން ހަމަލާ އަށް ފޭޭސްބުކްގައި ތައުރީފް ކުރި މީހަކު ޔޫއޭއީގައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އިން ކަނޑާލުމަށް ފަހު އެ ގައުމުން ބޭރުކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަބޫ ދާބީ (މާޗް 22) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަށް ދިން ހަމަލާ އަށް ފޭޭސްބުކްގައި ތައުރީފް ކުރި މީހަކު ޔޫއޭއީގައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އިން ކަނޑާލުމަށް ފަހު އެ ގައުމުން ބޭރުކޮށްލައިފި އެވެ.

ދުބާއީގެ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ޓްރާންސްގާޑުގައި ވަޒީފާ އަދާކުރި މީހާ ކްރައިސްޗާޗް ހަމަލާ އަށް ތައުރީފްކުރީ ފޭކް ނަމެއްގަ އެވެ. ނަމަވެސް ޓްރާންސްގާޑުން ވަނީ އެ މީހާ ހޯދައި ކުންފުނީގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ އިން ވަކިކޮށް ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފަ އެވެ.

ޓްރާންސްގާޑަކީ އެމިރޭޓްސް އެއާލައިންސް ވެސް ހިންގާ އެމިރޭޓްސް ގްރޫޕާ ގުޅިފައިވާ ކުންފުންޏެވެ.

ޑިޕޯޓްކޮށްލި މީހާގެ ނަމެއް އަދި ގައުމެއް ހާމަކޮށްފައެއް ނުވެ އެވެ.

ހައްދުފަހަނަޅައިފައިވާ އޮސްޓްރޭލިއާ މީހަކު ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި މިދިޔަ ހުކުރު ދުވަހުގެ ހުކުރު ވަގުތު ދިން ހަމަލާގައި 50 މީހުން ވަނީ މަރުވެފަ އެވެ. ޔޫއޭއީ އިން ވަނީ އެ ހަމަލާ ކުށްވެރިކޮށްފަ އެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ނިއު ޒީލެންޑުގެ ރައްޔިތުންނާ އެކު އެ ގައުމު އޮތްކަން ހާމަކޮށްފަ އެވެ. އަދި ޓެރަރިޒަމާ ހުރިހާ ގޮތަކުން ދެކޮޅު ހަދާ ކަމަށް ވަނީ ބުނެފަ އެވެ.