21 މާޗް 2019
ވެލިންޓަން (މާޗް 21) - ހުރިހާ ބާވަތެއްގެ ސެމީ-އޮޓޮމެޓިކް ހަތިޔާރަކާއި އެސޯލްޓް ރައިފަލެއް މަނާކޮށްފައިވާ ކަމަށް ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެއްޖެ އެވެ.
ވެލިންޓަން (މާޗް 21) - ހުރިހާ ބާވަތެއްގެ ސެމީ-އޮޓޮމެޓިކް ހަތިޔާރަކާއި އެސޯލްޓް ރައިފަލެއް މަނާކޮށްފައިވާ ކަމަށް ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެއްޖެ އެވެ.
ކްރައިސްޗާޗުގައި ދިން 50 މީހުން މަރުވި ހަމަލާ އަށް ފަހު ނިއު ޒީލެންޑުގައި ބަޑި ގެންގުޅުމާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ދަނީ ގޮވާލަމުންނެވެ. އާޑާން ވިދާޅުވީ އާ ގާނޫނު އަންނަ މަހު 11 ގައި ވުޖޫދަށް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ހަމަލާ ދިންތާ ހަ ދުވަސް ފަހުން އަޅުގަނޑުމެން މި އިއުލާން ކުރަނީ ހުރިހާ ބާވަތެއްގެ މިލިޓަރީ ސްޓައިލުގެ ސެމީ އޮޓޮމެޓިކް އަދި އެސޯލްޓް ރައިފަލް ނިއު ޒީލެންޑުގައި މަނާ ކުރިކަން،" އާޑާން ވިދާޅުވި އެވެ.
އާޑާން ވިދާޅުވީ ހަތިޔާރު މިހާރު ހުރި ފަރާތްތަކުން އެ ތަކެތި ހަވާލު ކުރަން ޖެހޭނެ ކަމަށާއި އަދި އެ މީހުންނަށް އެ ހަތިޔާރުގެ އަގު އަނބުރާ ދޭނެ ކަމަށެވެ. އެ ގޮތުން ބަދަލު ދިނުމަށް 100-200 މިލިއަން ނިއު ޒީލެންޑް ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ވިދާޅުވި އެވެ. މަނާކޮށްފައިވާ ހަތިޔާރުތައް ހަވާލު ކުރުމަށް މުއްދަތެއް ދޭނެ އެވެ. އޭގެ ފަހުން އެ ބާވަތުގެ ހަތިޔާރު ގެންގުޅޭ މީހުން 4،000 ނިއު ޒީލެންޑް ޑޮލަރުން ޖޫރިމަނާކޮށް ތިން އަހަރަށް ޖަލަށްލާނެ އެވެ.
ކްރައިސްޗާޗުގެ ދެ މިސްކިތަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައި ވަނީ ސެމީ-އޮޓޮމެޓިކް ރައިފަލެކެވެ.
ކްރައިސްޓްޗާޗް: ތިންވަނަ މިސްކިތަކަށް ހަމަލާދޭން އުޅުނު
މިސްކިތަށް ހަމަލާ ދިން މީހާ އަށް ޓެރަރިޒަމްގެ ދައުވާ
ތަހުގީގު ޓީމުގެ ވެރިއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
މިސްކިތަށް ހަމަލާ ދިން މީހާގެ ނަފްސާނީ ޓެސްޓެއް ހަދަނީ
މިސްކިތުގައި ހަމަލާ ދިން މީހާ އަށް މަރުގެ 50 ދައުވާ
މިސްކިތުގެ ހަމަލާއަށް ތައުރީފްކުރި މީހަކު ބޭރުކޮށްފި
ކްރައިސްޗާޗުގެ ހުކުރުނަމާދު ލައިވްކޮށް ސްކޫތެއް ގެންނަނީ
ބިސްޖެހި ކުއްޖާ އެއްކުރި ފައިސާ ނިއު ޒީލެންޑަށް
"ހަމަލާދިން މީހާއަށް ގާނޫނުގައި ހުރިވަރު ދައްކާލާނަން"
ހަމަލާ ލައިވްކުރުމުން ފެނާންޑޭޒް ފޭސްބުކުން ނުކުމެއްޖެ