05 އެޕްރީލް 2019
ކްރައިސްޗާޗް (އެޕްރީލް 5) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިދިޔަ މަހު 15 ވަނަ ދުވަހު ހަމަލާ ދިން އޮސްޓްރޭލިއާގެ ބްރެންޓޮން ޓަރަންޓުގެ މައްޗަށް މީހުން މެރުމުގެ 50 ދައުވާ އާއި މީހަކު މަރާލަން އުޅުމުގެ 39 ދައުވާ ހުށަހަޅައިފި އެވެ.
ކްރައިސްޗާޗް (އެޕްރީލް 5) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިދިޔަ މަހު 15 ވަނަ ދުވަހު ހަމަލާ ދިން އޮސްޓްރޭލިއާގެ ބްރެންޓޮން ޓަރަންޓުގެ މައްޗަށް މީހުން މެރުމުގެ 50 ދައުވާ އާއި މީހަކު މަރާލަން އުޅުމުގެ 39 ދައުވާ ހުށަހަޅައިފި އެވެ.
އުމުރުން 28 އަހަރުގެ ޓަރަންޓުގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާގެ އަޑު އެހުމެއް ކްރައިސްޗާޗުގެ ހައި ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ ވީޑިއޯގެ ޒަރިއްޔާއިންނެވެ. އޭނާ މިހާރު ހުރީ އޮކްލެންޑުގެ ޖަލެއްގަ އެވެ. މިދިޔަ މަހު އޮތް ޝަރީއަތުގެ މަޖިލީހަށް ޓަރަންޓް ހާޒިރު ކުރި އިރު އޭނާ ހުރީ ހަމަޖެހިލައިގެން ކަމަށް ވިޔަސް އޭނާގެ މޫނު މަތިން މިއަދު ފެނުނީ މާޔޫސް ކަމެވެ.
ޓަރަންޓުގެ މައްޗަށް، މިސްކިތަށް ދިން ހަމަލާގައި މަރުވި ކޮންމެ މީހަކަށް މަރުގެ ދައުވާ ކުރެ އެވެ. މިސްކިތަށް ދިން ހަމަލާގައި 50 މީހުން މަރުވި އެވެ. މީހަކު މަރާލަން އުޅުމުގެ 39 ދައުވާ ކުރަނީ އެ ހާދިސާގައި ޒަޚަމްވި 39 މީހުންގެ ނަމުގަ އެވެ.
މިއަދުގެ ޝަރީއަތުގެ އަޑު އެހުމަށް، ހަމަލާ އިން ސަލާމަތްވި ގިނަ ބަޔަކު ހާޒިރުވި އެވެ. އޭގެ ތެރޭގައި ފުރޮޅުލީ ގޮނޑީގައި ތިބި މީހުން ވެސް ހިމެނެ އެވެ.
ފުރަތަމަ އަޑު އެހުމަށް ކޯޓުން އައްޔަންކޮށް ދިން ވަކީލުން ވެސް ޓަރަންޓް ވަނީ ދޫކޮށްލައިފަ އެވެ. އަދި އޭނާ ބުނެފައި ވަނީ ކޯޓުގައި ވާހަކަ ދައްކާނީ އޭނާ އަމިއްލަ އަށް ކަމަށެވެ. ނަމަވެސް މިއަދު އޮތް އަޑުއެހުމުގައި އޭނާގެ ފަރާތުން ދެ ވަކީލަކު ބައިވެރިވި އެވެ.
ޓަރަންޓް ހަމަލާ ދިން މަންޒަރު އޭނާ ވަނީ ފޭސްބުކް އިން ލައިވްކޮށްފަ އެވެ. އަދި ހަމަލާގެ ކުރިން އޭނާ ވަނީ މުސްލިމުންނާ ދެކޮޅު މެނިފެސްޓޯއެއް އާއްމުކޮށްފަ އެވެ.
ކުށަށް އިންކާރު ކުރުމުގެ ފުރުސަތު ޓަރަންޓަށް ވެސް ލިބިފައިވެ އެވެ. ކުށަށް އޭނާ އިންކާރު ނުކުރާ ނަމަ ޝަރީއަތުގެ މަރުހަލާތައް ކުރުވެގެންދާނެ އެވެ. ޓަރަންޓުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އޭނާ ވާނީ ނިއު ޒީލެންޑުގައި ޕެރޯލް ނުދީ އުމުރަށް ޖަލަށްލާ ފުރަތަމަ މީހާ އަށެވެ. ޕެސިފިކުގެ ޖަޒީރާ ގައުމުގައި މަރުގެ އަދަބެއް ނުދެ އެވެ. ނިއު ޒީލެންޑުގައި ޕެރޯލް ނުލިބޭ ގޮތަށް މީގެ ކުރިން އެންމެ ދިގު މުއްދަތަކަށް ޖަލު ހުކުމެއް ކޮށްފައި ވަނީ 30 އަހަރަށެވެ.
ކްރައިސްޓްޗާޗް: ތިންވަނަ މިސްކިތަކަށް ހަމަލާދޭން އުޅުނު
މިސްކިތަށް ހަމަލާ ދިން މީހާ އަށް ޓެރަރިޒަމްގެ ދައުވާ
ތަހުގީގު ޓީމުގެ ވެރިއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
މިސްކިތަށް ހަމަލާ ދިން މީހާގެ ނަފްސާނީ ޓެސްޓެއް ހަދަނީ
މިސްކިތުގެ ހަމަލާއަށް ތައުރީފްކުރި މީހަކު ބޭރުކޮށްފި
ނިއު ޒީލެންޑުގައި ސެމީ-އޮޓޮމެޓިކް ހަތިޔާރު މަނާކޮށްފި
ކްރައިސްޗާޗުގެ ހުކުރުނަމާދު ލައިވްކޮށް ސްކޫތެއް ގެންނަނީ
ބިސްޖެހި ކުއްޖާ އެއްކުރި ފައިސާ ނިއު ޒީލެންޑަށް
"ހަމަލާދިން މީހާއަށް ގާނޫނުގައި ހުރިވަރު ދައްކާލާނަން"
ހަމަލާ ލައިވްކުރުމުން ފެނާންޑޭޒް ފޭސްބުކުން ނުކުމެއްޖެ