Roadha Mihaaru
ފަރިވާގައި ރޯވީ ސްޓެލްކޯގެ އިހުމާލަކުން ނޫން: ހުކުމް

ފަރިވާ ފިހާރާގައި ރޯވުމުގައި ސްޓެލްކޯގެ އިހުމާލެއް އޮތްކަން ސާބިތެއް ނުވޭ: ހުކުމް

10 އެޕްރީލް 2017

މިދިޔަ އަހަރު ފަރިވާ ފިހާރާގައި ރޯވީ ސްޓެލްކޯގެ އިހުމާލުންކަން ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ފަރިވާ ފިހާރާގައި ރޯވީ ސްޓެލްކޯގެ އިހުމާލުންކަން ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފާމުލަދޭރި މަގުގައި ހުރިި ފަރިވާގެ ފިހާރާގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ރެއެއްގެ ދަންވަރު ރޯވެ، އެތަން ވަނީއަނދައި ހުލިވެފަ އެވެ. އެ ހާދިސާގައި ލިބުނު ގެއްލުން 30 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފަރިވާ ފިހާރާއިގެ ވެރިފަރާތުން އޭރުން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި، ފަރިވާގެ ވެރިޔާ ހުސައިން ރަޝީދު (މަހުމާ ހުސެން) ދައުވާކުރީ އެއީ ސްޓެލްކޯގެ އިހުމާލުން ހިނގި ހާދިސާއެއް ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 33 މިލިއަން ރުފިޔާ ސްޓެލްކޯ އަތުން ހޯދުމަށެވެ. ހުސެންގެ ދައުވާގައިވާ ގޮތުން އަލިފާން އެންމެ ފުރަތަމަ ރޯވީ އެ ފިހާރައިގެ ބޭރުގައި ސްޓެލްކޯ އިން ބަހައްޓާފައި ހުރި ޑިސްޓްރިބިއުޝަން ފޮށީގަ އެވެ.

އެ މައްސަލަ ބެލުމަށް ފަހު ގާޒީ ހާތިފް ހިލްމީ ކުރެއްވި ހުކުމުގައިވާ ގޮތުން އެ ހާދިސާ ހިނގީ އެ ޑިސްޓްރިބިއުޝަން ފޮށީގައި ރޯވުމުގެ ސަބަބުންކަން ހުށަހެޅި ހެކިތަކުން ސާބިތެއް ނުވެ އެވެ އެހެންވެ، ގެއްލުމުގެ ބަދަލަށް ސްޓެލްކޯ ޒިންމާ ކުރެވެން ނެތް ކަމަށް ވަނީ ހުކުމް ކުރައްވައިފަ އެވެ.