Roadha Mihaaru
ބަދަލު ހޯދަން ސްޓެލްކޯ ގޮވައިގެން ފަރިވާ އިން ކޯޓަށް

ފަރިވާ ފިހާރާގައި ރޯވުމުން ބޮޑު ބަދަލެއް ހޯދަން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

24 ޖޫން 2016

ފަރިވާ އިލެކްޓްރޯނިކްސް ފިހާރާގައި މިދިޔަ ޖެނުއަރީ މަހު ރޯވެ، އެތަން އަނދާ ހުލިވީ ސްޓެލްކޯގެ އިހުމާލުން ކަމަށް ބުނެ ބަދަލުގައި 33 މިލިއަން ރުފިޔާ ހޯދަން ސްޓެލްކޯއާ ދެކޮޅަށް ފަރިވާ އިން ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަރިވާ އިލެކްޓްރޯނިކްސް ފިހާރާގައި މިދިޔަ ޖެނުއަރީ މަހު ރޯވެ، އެތަން އަނދާ ހުލިވީ ސްޓެލްކޯގެ އިހުމާލުން ކަމަށް ބުނެ ބަދަލުގައި 33 މިލިއަން ރުފިޔާ ހޯދަން ސްޓެލްކޯއާ ދެކޮޅަށް ފަރިވާ އިން ދައުވާކޮށްފި އެވެ.

ފާމުދޭރިމަގުގައި ހުރި ފަރިވާ ފިހާރާގައި ރޯވެ، އެ ތަނުގައި ހުރި މުދާ ވަނީ އެއްކޮށް އަނދާފަ އެވެ. ލިބުނު ގެއްލުން 30 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ އެ ފިހާރައިގެ ވެރި ފަރާތުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުން، ކަރަންޓް މައްސަލައަކުން ކަމަށް ބުނެ 33 މިލިއަން ރުފިޔާ ހޯދަން ސްޓެލްކޯއާ ދެކޮޅަށް ދައުވާ ކުރަނީ ފަރިވާގެ ވެރިޔާ ހުސައިން ރަޝީދެވެ.

އެ މައްސަލަ މީގެ ދުވަސްކޮޅެއް ކުރިން ސިވިލް ކޯޓަށް ހުށަހަޅައި، ދެ ފަރާތުން ސުލްހަވެރި ހައްލަކަށް ނާދެވުމުން އެ މައްސަލައިގެ ޝަރީއަތް ހިންގަން މިހާރު ވަނީ ނިންމާފަ އެވެ. އެކަމަކު ޝަރީއަތް އަދި ނުފަށަ އެވެ.