05 ނޮވެމްބަރ 2021
ރާއްޖޭގައި ބޯފެން އުފައްދަން ސްޓެލްކޯ އާއި އިނގިރޭސިވިލާތުގެ އަކުއިވާ ފައުންޑޭޝަން ހިއްސާވާ ގޮތަށް އުފެއްދި ސްޓެލްކޯ އަކުއިވާ ޕްރައިވެޓް ލިމިޓެޑް އުވާލަން ސްޓެލްކޯ އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެގޮތަށް ހުކުމް ކޮށްފި އެވެ.
ރާއްޖޭގައި ބޯފެން އުފައްދަން ސްޓެލްކޯ އާއި އިނގިރޭސިވިލާތުގެ އަކުއިވާ ފައުންޑޭޝަން ހިއްސާވާ ގޮތަށް އުފެއްދި ސްޓެލްކޯ އަކުއިވާ ޕްރައިވެޓް ލިމިޓެޑް އުވާލަން ސްޓެލްކޯ އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެގޮތަށް ހުކުމް ކޮށްފި އެވެ.
މެއި 2014 ގައި އަކުއިވާ ޕްރައިވެޓް ލިމިޓެޑް އުފެއްދީ ދުވާލަކު 10 ކިއުބިކް މީޓަރުގެ ބޯފެން އުފެއްދުމުގެ ގާބިލުކަން ހުރި ފެން ޕްލާންޓެއް ގާއިމްކުރާށެވެ. ސްޓެލްކޯ އަކުއިވާ އުވާލަން އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ސްޓެލްކޯ އިން ދައުވާކުރީ ކުންފުނި އުފައްދައި ހިންގަން އެއްބަސްވި ކަންކަން ފުރިހަމަ ނުކުރެވި މަސައްކަތްތައް ފެށިފައި ނުވާ ކަމަށް ބުނެ އެވެ.
ސްޓެލްކޯ އިން އަކުއިވާ ތަމްސީލު ކުރުމަށް ހަމަޖައްސާފައިވާ ޑިރެކްޓަރުން ކުންފުނީގެ މަސްލަހަތަށް ވުރެ އަކުއިވާ ފައުންޑޭޝަންގެ މަސްލަހަތު އިސްކޮށް ކުންފުންޏާ މެދު އިހުމާލުވާ ކަމަށާއި އެކަމުން ސްޓެލްކޯގެ މަސްލަހަތު ގެއްލޭ ކަމަށް ވެސް ކުންފުނި އުވާލަން ހުށަހެޅި މައްސަލާގައި ސްޓެލްކޯ އިން ބުނެފައިވެ އެވެ.
ކުންފުނި ވުޖޫދުގައި އޮތުމުން ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ޓެކްސް އާއި އަހަރީ ފީ ފަދަ ހަރަދުތަކާއި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ ބުރަ ސްޓެލްކޯއިން އުފުލަން ޖެހުމަކީ ވެސް އެ ކުންފުނިން ފާހަގަ ކުރި ސަބެބެކެވެ.
ސްޓެލްކޯ އަކުއިވާ ކުންފުނީގައި ތިބެނީ އަކުއިވާ ފައުންޑޭޝަންގެ ތިން ޑިރެކްޓަރުންނާއި ސްޓެލްކޯގެ ދެ ޑިރެކްޓަރެކެވެ. އެހެންވެ، ކުންފުނީގެ އަސާސީ ގަވައިދުގައިވާ ގޮތަށް ކުންފުނި އުވާނުލެވޭނެތީ ސްޓެލްކޯއިން އެދުނީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އުވާލާށެވެ.
ޗިޓު ފޮނުވުމުން ވެސް ހާޒިރު ނުވުމުން މައްސަލަ ކުރިއަށްގެންދިޔައީ އަކުއިވާ ފައުންޑޭޝަންގެ ޣައިރު ހާޒިރުގަ އެވެ. އަކުއިވާ ތަމްސީލުކުރާ ޑިރެކްޓެއްގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތެއް ސްޓެލްކޯއިން ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅުމުން އޭނާ ކޯޓަށް ހާޒިރު ކުރި އެވެ.
ސްޓެލްކޯއިން އަކުއިވާއާ ގުޅިގެން އެންމެ ފުރަތަމަ ހެދި ޕްލާންޓް ހުޅުވީ ކ. ގުޅީގަ އެވެ. އިންޖީނުން ބޭރުވާ ހޫނު ވައި ބޭނުންކޮށްގެން ސާފު ބޯފެން އުފައްދަން ހެދި އެ ޕްލާންޓުން އެދެވޭ ނަތީޖާއެއް ނުނެރެވުނު ކަމަށް އެ ޑިރެކްޓަރު ކޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އޭނާއާ އަކުއިވާއާ ދެމެދު އެއްވެސް މުއާމަލާތެއް ނުކުރެވޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެދާނެ ކަމަށް ވެސް ބުންޏެވެ. އަދި އަކުއިވާ ފައުންޑޭޝަންގެ ފަރާތުން އެއްވެސް އިރުޝާދެއް ވެސް ނުލިބޭ ކަމަށް ބުނެފައިވެ އެވެ.
އޭނާގެ ބަހުގެ މައްޗަށް ބަލައި ކުންފުޏަކީ ނުހިނގާ ކުންފުންޏެއްކަމާއި ކުންފުނީގެ މަގުސަދު ހާސިލުނުވާކަން ބަލައި ކުންފުނި އުވާލުމަކީ އެންމެ އަދުލުވެރި އަދި އިންސާފުވެރި ގޮތް ކަމުގައި ސިވިލް ކޯޓުގެ ގާޒީ އަހުމަދު އަބްދުލްމަތީން މިދިޔަ މަހު 31 ގައި ވަނީ ހުކުމް ކުރައްވައިފަ އެވެ.
މަގުސަދު ހާސިލު ނުވާ ކުންފުންޏަކާ ހެދި ސްޓެލްކޯއިން އެއްވެސް ތަކުލީފެއް އުފުލުމަކީ އަދުލުވެރި ގޮތެއް ނޫން ކަމަށް ކުންފުނި އުވާލަން ހުކުމުގައިވެ އެވެ.
ކުންފުނި އުވާލަން ކުރި ހުކުމާ އެކު ސްޓެލްކޯ އަކުއިވާގެ މުދަލާއި ފައިސާގެ ހިސާބުތައް ހުށަހެޅުމަށާއި ދަރަންޏާއި މޯގޭޖްތަކުގެ މައުލޫމާތު، ކުންފުނި އުވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވިޝާމް، ޒާހިރު އެން ކޯ އަށް އަންގަން ސްޓެލްކޯ އަކުއިވާ އަށް ވަނީ އަމުރުކޮށްފަ އެވެ.
މަގު ކޮނުމުގެ އުސޫލު ބާތިލްކުރަން ސްޓެލްކޯއިން ކޯޓަށް
ކަރަންޓު ބިލުތައް ބޮޑުވީ ކީއްވެތޯ ބަލަނީ
ސްޓެލްކޯ އިންޖީނުތަކުން އުނދަގޫވާތީ ކޯޓަށް ހުށަހަޅައިފި
"ސްޓެލްކޯއަށް ގެނެސްދިނީ ހަ ޓަނުގެ ފޯކްލިފްޓެއް"
ޝަރޫ އިން އިތުރު 3.8 މިލިއަން ދައްކަން ޖެހިއްޖެ
ޝަރޫގެ މައްޗަށް އިތުރު 29 މިލިއަންގެ ދަރަންޏެއް
ޝަރޫއިން މޮރިޝަސް ބޭންކަށް ކުރި ދައުވާ ނަގައިފި
ސްޓެލްކޯ އިން ޝަރޫ އަށް ދިން ފައިސާ ދައްކަން ޖެހިއްޖެ
ފަރިވާގައި ރޯވީ ސްޓެލްކޯގެ އިހުމާލަކުން ނޫން: ހުކުމް
ވެރި ރަށް: ބެކަޕް ޕްލޭނެއް، ސިސްޓަމެެއް ނެތް؟