13 ޖުލައި 2021
ސްޓެލްކޯ އިންޖީނުތަކުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން މަހުރޫމްވެފައިވާތީ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރެވޭނެކަން ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
ސްޓެލްކޯ އިންޖީނުތަކުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން މަހުރޫމްވެފައިވާތީ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރެވޭނެކަން ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން އެ މީހުން ނިގުޅައިގެންފައިވާތީ، ސްޓެލްކޯއިން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، އަދި އެ ކުންފުނިން ބަހައްޓާފައިވާ ޖަނަރޭޓަރުތައް އެހެން ތަނަކަށް ބަދަލުކުރަން އަމުރުކޮށްދިނުމަށެވެ. ނުވަތަ އެކަށީގެންވާ އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމާ އެކު، އެގޮތަށް ބަދަލުކުރަންޖެހޭ ނަމަ ލިބޭ ގެއްލުމުގެ ބަދަލަށް ސްޓެލްކޯއިން ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައިދީ، އެ ޖަނަރޭޓަރުތަކުގެ ސަބަބުން ސިއްހަތާއި އެނޫން ވެސް ގޮތަކަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅުއްވައި ދިނުމަށެވެ.
މާނިފާ ހިނގުމާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށްވާ ގޮތަށް، ކުދަކުދިންގެ ބަގީޗާ ކައިރީގައި އޮންނަ ގާކޮށިތެރޭގައި ވަގުތީގޮތުން ޖަނަރޭޓަރުތައް ބަހައްޓާފައި ހުރީ މާލެއަށް ކަރަންޓު ބޭނުންވާ ވަރު އިތުރުވަމުންދާތީ ކަރަންޓު ނުކެނޑި ހިފެހެއްޓުމަށެވެ. ނަމަވެސް، އެ ޖަނަރޭޓަރުތަކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާ ކަމަށް ބުނެ އެޗްއާރުސީއެމާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަމާލުކަމަށް އެކަން ގެނެސްފައި ވެ އެވެ.
އެ މައްސަލަ ބެލުމަށް ފަހު އެޗްއާރުސީއެމުން މިިދިޔަ މަހު ނިންމާފައި ވަނީ ސްޓެލްކޯ އިންޖީނުތައް ބަހައްޓާފައިވާ ސަރަހައްދުގައި ރައްޔިތުން އުޅެނީ ސިއްހަތަށް އެކަށީގެންވާ މާހައުލެއްގައި ނޫން ކަމަށެވެ. އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު ނެގުމަށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް އެ ކޮމިޝަނުން އަންގާފައި ވެ އެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވެސް ވަނީ ވަގުތީ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރަން މި މަހުގެ ނިޔަލަށް މުއްދަތު ދީފަ އެވެ.
މަގު ކޮނުމުގެ އުސޫލު ބާތިލްކުރަން ސްޓެލްކޯއިން ކޯޓަށް
ކުރިއެރުން ނުދޭތީ ސިއްހީ ދާއިރާގެ މުވައްޒަފުން ކޯޓަށް
ސްޓެލްކޯއިން ޔޫކޭ ބަޔަކާ އެކު ހެދި ކުންފުނި އުވާލަނީ
ޖިއާންގެ މަރުގެ ބަދަލަށް 4.5 މިލިއަން ދޭންޖެހޭ
"ސްޓެލްކޯއަށް ގެނެސްދިނީ ހަ ޓަނުގެ ފޯކްލިފްޓެއް"
ޝަރޫ އިން އިތުރު 3.8 މިލިއަން ދައްކަން ޖެހިއްޖެ
ޝަރޫގެ މައްޗަށް އިތުރު 29 މިލިއަންގެ ދަރަންޏެއް
ޝަރޫއިން މޮރިޝަސް ބޭންކަށް ކުރި ދައުވާ ނަގައިފި
ސްޓެލްކޯ އިން ޝަރޫ އަށް ދިން ފައިސާ ދައްކަން ޖެހިއްޖެ
ފަރިވާގައި ރޯވީ ސްޓެލްކޯގެ އިހުމާލަކުން ނޫން: ހުކުމް