Roadha Mihaaru
ކުރިއެރުން ނުދޭތީ ސިއްހީ ދާއިރާގެ މުވައްޒަފުން ކޯޓަށް

ކުރިއެރުން ނުދޭތީ ސިއްހީ ދާއިރާގެ 489 ސިވިލް ސާވަންޓަކު ކޯޓަށް

28 ޑިސެމްބަރ 2021

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުލިބޭތީ، 489 މުއައްޒަފެއްގެ ފަރާތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ހެލްތު މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވަޒީފާގެ ކުރިއެރުން ހަމަހަމަކޮށް ލިބުމުގެ ހައްގުން މަހުރޫމު ވެފައި ވާތީ، ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން އިސްނަގައިގެން ހުށަހަޅާ މި މައްސަލައިގައި 14 އަތޮޅެއްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ ހުރިހާ މުއައްޒަފުން ހިމެނެ އެވެ.

އެ މުއައްޒަފުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރަނީ ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިންނެވެ.

އެ ލޯ ފާމުން ބުނީ 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ސިވިލް ސާވިސްގެ ހެލްތު ޕްރޮފެޝަނަލްގެ ފަންނީ ވަޒީފާތަކަށް ކުރިއެރުމެއް ނުލިބޭ ކަމަށާއި ކުރިއެރުން ނުލިބެނީ އެކަން ކުރެވޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކަމަށެވެ

އެއީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ހައްގެއް ކަމަށާއި އެ މީހުންނަށް ވަަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔާރުކޮށް، ތަންފީޒު ކުރުމަށް ސީއެސްސީ އާއި ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަށް އަމުރު ކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައިވާ ކަމަށް ވެސް އެ ލޯފާމުން ބުންޏެވެ.