11 ސެޕްޓެމްބަރ 2021
ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގެ މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެންގުމުން މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގެ މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެންގުމުން މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނެއްގައި ވަނީ ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގައި ތިބި މީހުންގެ ޕާފޯމަންސް އެޕްރައިިޒަލް އަށް ރިއާޔަތްކޮށް، މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީގެ ލަފައާ އެކު ސީއެސްސީން މިދިޔަ ހަފުތާގައި އަންގާފައިވާ ކަމަށެވެ. އެ ނިންމުމަކީ އެ ޔޫނިއަނުން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި ވަޒީފާގެ ކުރިއެރުން ލިބުމުން މަހްރޫމް ވެގެން ދިއުމަކީ އެ ޔޫނިއަނުން ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރަނީ ކެރިއާ ބޭސްޑް ވަޒީފާގެ އޮނިގަނޑެއް ނެތި ކަމަށާއި އަދި ވަޒީފާގެ ކުރިއެރުން ނުލިބި 15 އަހަރު ވެފައިވާ މުވައްޒަފުން ވެސް އެބަތިބި ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކޮވިޑް-19 ގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންގެ ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު، އެ މީހުންގެ މަގާމުގެ ކުރިއެރުން ހުއްޓި، ހިދުމަތުގެ ފެންވަރު ހުއްޓުމަކީ މުޖްތަމައުގެ އާންމު ސިއްހަތަށް އަސަރު ކުރާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލި މައްސަލާގައި ހެލްތު މިނިސްޓްރީ އާއި ސީއެސްސީ އާއި ނޭޝަނަލް ޕޭ ކޮމިޝަނާ އެކު މަޝްވަރާ ކުރިޔަސް، އެއްވެސް ކުރިއެރުމެއް މިހާތަނަށް ނުލިބޭ ކަމަށެވެ. އަދި އެ ނިންމުން ނިންމީ ކޮވިޑް-19 ގެ ސަބަބުން ކަމަށް ބުންޏަސް، އަދިިވެސް ސިޔާސީ މަގާމުތައް އުފައްދަމުން ދާތީ ފެނިގެން ދަނީ އެހެން މަންޒަރެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ސިއްހީ ހިދުމަތްތެރިންގެ މަގާމުގެ ކުރިއެރުން ހުއްޓާނުލަން ގޮވާލާ ކަމަށެވެ. އަދި އެ މައްސަލާގައި އިންސާފު ލިބެންދެން އެ ޔޫނިއަނުން މަސައްކަތް ކުރާނެ ކަމަށާއި އެކަމުގައި ހުރިހާ ސިއްހީ ހިދުމަތްތެރިން ބައިވެރިވާން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ސީއެސްސީ: ގާނޫނަށް ވުރެ މަތީގައި!
ކުރިއެރުން ނުދޭތީ ސިއްހީ ދާއިރާގެ މުވައްޒަފުން ކޯޓަށް
ވެކްސިން ނުޖަހާ މުވައްޒަފުން ޓެސްޓު ހެދުން ލާޒިމު
ސިވިލް ސާވަންޓުން މަސައްކަތްކުރާ ތަން ބަދަލު ކުރެވޭނެ
ކޯހަށް ދޫކުރާ މުވައްޒަފުން ފާސް ނުވާނަމަ ވަކިކުރަނީ
ހެލްތު މިނިސްޓްރީގެ ޕީއެސް މަގާމުން ވަކިކޮށްފި
ވަކިކުރި މީހުންގެ މަގާމަށް މީހުން ނުނަގަން އަންގައިފި
ކަރަންޓީނުކުރާ ސިވިލް ސާވަންޓުންނަށް ޚާއްސަ ޗުއްޓީއެއް
ވަކިިކުރާ މީހުންނަށް އަލުން ވަޒީފާދޭ އުސޫލަށް ބަދަލެއް