23 ޖުލައި 2024
މުވައްޒަފުންގެ މުސާރަ ހަމަހަމަ ކުރުމަށް ކުރާ މަސައްކަތުގެ މަގްސަދު ހާސިލް ނުވާ ކަމަށާއި އަދި މުސާރައިގެ ފަރަގު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
މުވައްޒަފުންގެ މުސާރަ ހަމަހަމަ ކުރުމަށް ކުރާ މަސައްކަތުގެ މަގްސަދު ހާސިލް ނުވާ ކަމަށާއި އަދި މުސާރައިގެ ފަރަގު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައަށް މީގެ 15 އަހަރު ކުރިން ގެނައި ބަދަލުގެ ފަހުން ބޮޑު ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. އަދި މި މުއްދަތުގައި މުސާރައަށް ބަދަލު ގެނައީ ވަރަށް މަދު އޮނިގަނޑެއްގައި ކަމަށާއި އިދާރީ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާސިހު ވިދާޅުވީ ޕޭ ހާމަނައިޒޭޝަން މަސައްކަތް ޕޭ ކޮމިޝަނުން ކޮށް، މުދައްރިސުންނާއި ހެލްތު ސާވިސްގެ މުސާރައިގެ އާ އޮނިގަނޑަށް ހިޖުރަކުރި ނަމަވެސް، އެ މަސައްކަތް އިތުރަށް ކުރިއަށް ގޮސްފައިނުވާ ކަމަށެވެ.
މިނިވަން މުވައްސަސާ ކޮމިޓީގައި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މަގުސަދެއް ހާސިލެއް ނުވޭ. ފަރަގު ބޮޑުވެފައި މިއޮތީ ކުރިއަށް ވުރެ. އެ ހިސާބުން ފެށިގެން މިހާރު ދެ އަހަރު މި ވީ ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންތަކެއް އާ އޮނިގަނޑުތަކަށް ހިޖުރަ ނުކުރެވި. ފަރަގު ބޮޑުވެފައި މިއޮތީ،" ނާސިހު ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަނަކީ ދައުލަތުގެ އެންމެ ގިނަ މުވައްޒަފުންގެ ބެލެނިވެރިޔާ ނަމަވެސް އާ ޕޭ ފްރޭމްވޯކަށް ބަދަލު ވުމުގައި ޕޭ ކޮމިޝަނުން ސީއެސްސީގެ މަޝްވަރާ އާއި ލަފާ ހޯދާފައިނުވާ ކަމަށް ނާސިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަރަގު މިހާ ބޮޑުވެގެން ދިޔައީ އެ މަސައްކަތް ކޮށްފައިވާ ގޮތުންނެވެ.
ސިވިލް ސާވިސް ކޮމިޝަން ރައީސް ނާސިހު، މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސިވިލް ސާވިސް މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާއަށް ބަލައި ދަރަޖަ ކުރުމަކީ ސިވިލް ސާވިސް ކޮމިޝަންގެ މެންޑޭޓުގައި ހިމެނޭ ކަމެއްވީ ނަމަވެސް، އާ ފްރޭމް ވޯކަށް ބަދަލު ކުރުމުގައި އެ ޝަރުތުތައް ވެސް ކަނޑައަޅާފައިވަނީ ޕޭ ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޭ ހޭމަނައިޒް ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ހުރިހާ ދާއިރާއެއްގެ މުސާރަ އެއް ފަހަރާ ބޮޑުކުރުމަށް ފަހު، ބަޖެޓު ހުރި މިންވަރަކުން އިތުރު ބަދަލުތައް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
އިތުބާރުކުރާ ހިދުމަތަކަށް ސިވިލްސާވިސް ވާންޖެހޭނެ
ސީއެސްސީ: ގާނޫނަށް ވުރެ މަތީގައި!
މުސްއަބުގެ މައްސަލަ އިސްތިއުނާފު ކުރާނަން: ސީއެސްސީ
ފަންނީ ވަޒީފާތަކުގެ ޕްރޮމޯޝަން ހުއްޓާލުމުން ފާޑުކިޔުން
ސިވިލް ސާވަންޓުން މަސައްކަތްކުރާ ތަން ބަދަލު ކުރެވޭނެ
ކޯހަށް ދޫކުރާ މުވައްޒަފުން ފާސް ނުވާނަމަ ވަކިކުރަނީ
ވަކިނުކޮށް ވަޒީފާ ބަދަލުކުރެވޭނެ ގޮތް ހަދައިދޭން އެދެފި
ވަކިކުރި މީހުންގެ މަގާމަށް މީހުން ނުނަގަން އަންގައިފި
ވަކިިކުރާ މީހުންނަށް އަލުން ވަޒީފާދޭ އުސޫލަށް ބަދަލެއް