01 މެއި 2023
ސިވިލް ސާވިސްއަކީ ރައްޔިތުންނަށް އިތުބާރު އޮތް ހިދުމަތަކަށް ވާން ޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ރައީސް މުހައްމަދު ނާސިހް މިއަދު ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސްއަކީ ރައްޔިތުންނަށް އިތުބާރު އޮތް ހިދުމަތަކަށް ވާން ޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ރައީސް މުހައްމަދު ނާސިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހާއި ރާއްޖޭގެ ސިވިލް ސާވިސް ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އޭނާ ވިދާޅުވީ، މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިވިލް ސާވިސް އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ގާނޫނީ ގޮތުން ވަކި ހިދުމަތެއްގެ ގޮތުގައި ސިވިލް ސާވިސް ކަނޑައެޅި ފަހުން ދުވަހުން ދުވަހަށް ސިވިލް ސާވިސްގެ ހިދުމަތްދޭ ވައްޓަފާޅި އަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ ކުރިން ސަރުކާރުގެ އިދާރާތަކަށް ސީދާ ގޮސްގެން ނޫނީ ހޯދެން ނެތް ހިދުމަތްތައް އޮންލައިންކޮށް ހޯދުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުން ނާސިހް ފާހަގަ ކުރެއްވި އެވެ.
"ނަތީޖާއެއްގެ ގޮތުން ބަދަލުވަމުން މިދާ ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް ވެސް މި އަންނަނީ ތަފާތުވެ ބަދަލުވަމުން،" ސީއެސްސީގެ ރައީސް އެވެ.
"މިގޮތުން ބަލާއިރު ކޮމްޕިއުޓަރާއި އައިސީޓީގެ ހިދުމަތަކީ ހުރިހާ މުވައްޒަފުން ދަސްކޮށް، އުނގެނުމަށް ކޮންމެހެން ލާޒިމު ހުނަރުތަކަކަށް މިވަނީ ވެފައި."
ނާސިހް ވިދާޅުވިގޮތުގައި، ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ހަވާލުވެ ތިބި ބަޔަކަށް ވުމުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގައި ސާފު ސީދާ ގޮތެއް ގެންގުޅެ، މައްސަލަ ހައްލު ކުރުމަށް އިސްކަން ދޭން ޖެހެ އެވެ.
ސަރުކާރުގެ ކޮންމެ އިދާރާއެއްގައި ކަނޑައަޅައިފައިވާ ސާވިސް ޗާޓަރުގައި ބުނާ ފެންވަރަށް އަދި މުއްދަތަށް ހިދުމަތް ދިނުމަށް ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
މުސްއަބުގެ މައްސަލަ އިސްތިއުނާފު ކުރާނަން: ސީއެސްސީ
ވަކިނުކޮށް ވަޒީފާ ބަދަލުކުރެވޭނެ ގޮތް ހަދައިދޭން އެދެފި
މުސާރަ ކުޑަވުމަކީ އެންމެ ބޮޑު ގޮންޖެހުން: ސީއެސްސީ
ދިވެހި ބަހުގެ މިނިސްޓްރީ އަށް އާ ޕީއެސްއެއް
ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި މައްސަލަ ބަލަނީ
ބުލީކުރާ ކަމަށް ބުނާ ޕީއެސްއެއްގެ މައްސަލަ ބަލަނީ
ސުލްތާނާ އަނެއްކާވެސް އޭޖީ އޮފީހުގެ ޕީއެސްގެ މަގާމަށް
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި