01 މެއި 2017
ދިވެހި ސިވިލް ސާވިސް އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިވިލް ސާވަންޓުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަވުން ކަމަށް ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިިއަދު ބުނެފި އެވެ.
ދިވެހި ސިވިލް ސާވިސް އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިވިލް ސާވަންޓުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަވުން ކަމަށް ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިިއަދު ބުނެފި އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާގެ ބާޒާރާ އަޅައި ބަލާއިރު ސިވިލް ސާވަންޓުގެ މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ ސަބަބުން ސިވިލް ސާވިސަށް ގާބިލް މުވައްޒަފުން ހޯދުން ދަތިވެފައިވާ ކަމަށެވެ. މިއީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އެ ބަޔާނުގައިވެ އެވެ.
"ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ދިވެހި ސިވިލް ސާވިސް އަށް އެންމެ ބޮޑު ހީނަރުކަން ކުރިމަތިވަމުންދާ މައްސަލަ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ސިވިލް ސާވަންޓުންގެ މަސައްކަތުގެ ރޫހު ދިރުވައި، އާލާ ކުރެވޭނެ ގޮތްތަކެއް ހޯދައި ނުދެވުމަކީ ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. ދަރިމައިވެފައިވާ މުވައްޒަފުން ވަޒީފާގެ ވަގުތުތަކުގައި އެ މީހުންގެ ދަރިން ބަލަހައްޓައިދޭން ޑޭ ކެއާ ސެންޓަރެއް ނެތުމާއި މުނިފޫހިފިލުވުން ފަދަ ކަންކަމަށް އެއްވެސް ޚިދުމަތެއް ލިބެން ނެތުމަކީ މުވައްޒަފުންގެ ޝަކުވާއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިކަންކަމާ ގުޅޭގޮތުން ސަރުކާރާ އެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ. އަދި މިކަންކަމުގެ ދިރާސާތައް ވެސް ދަނީ ކުރެވެމުންނެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރާ އެކު މަޝްވަރާ ކުރުމުގެ އިތުރުން ސައިންޓިފިކް ގޮތުން ދިރާސާތަކެއްް ވެސް ދަނީ ހަދަމުންނެވެ. އަދި މުވައްޒަފުންގެ ގާބިލްކަން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް މިހާތަނަށް ވެސް ކުރެވިފައިވާ ކަމަށާއި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ސިވިލް ސާވަންޓުންނަށް މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށް ދެވިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އިތުރު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
އިތުބާރުކުރާ ހިދުމަތަކަށް ސިވިލްސާވިސް ވާންޖެހޭނެ
އަޖުވަދު ވިދާޅުވަނީ ހުރީ ހުސް މައްސަލަ ކަމަށް!
ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލުކުރަން އެދިއްޖެ
މުސާރައިގެ މައްސަލާގައި ބައެއް އޮފީސްތައް ހުއްޓުމަކަށް!
ސިވިލް ސާވަންޓުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖުގައި
ސިވިލް ސާވިސް އިދާރީ މުސާރަ ބޮޑުކުރަން ހުށަހަޅައިފި
މުސާރަ އެންމެ ބޮޑުވީ ދަށް ފަންތީގެ މުވައްޒަފުންނަށް
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި