Roadha Mihaaru
މުސާރައިގެ މައްސަލާގައި ބައެއް އޮފީސްތައް ހުއްޓުމަކަށް!

މުސާރައިގެ މައްސަލައިގައި ސަރުކާރުގެ ބައެއް އޮފީސްތައް ހުއްޓުމަކަށް!

20 ސެޕްޓެމްބަރ 2021

މުސާރައިގެ މައްސަލަ އަށް ސަރުކާރުން އެދެވޭ ޖަވާބެއް ނުދިން ކަމަށް ބުނެ ބައެއް އޮފީސްތަކުން ހިދުމަތް ނުދީ މިއަދު ބަންދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުސާރައިގެ މައްސަލަ އަށް ސަރުކާރުން އެދެވޭ ޖަވާބެއް ނުދިން ކަމަށް ބުނެ ބައެއް އޮފީސްތަކުން ހިދުމަތް ނުދީ މިއަދު ބަންދުކޮށްފި އެވެ.

ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލައިގައި ހުރިހާ މުވައްޒަފުން އެކުގައި ތިބިކަން ހާމަކޮށްދިނުމަށް އެކި ދާއިރާތަކުގެ މުވައްޒަފުން ކަޅު ހެދުމުގައި އިއްޔެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. ކުރިން ވެސް ނިންމާފައި އޮތީ، އެ ހަމަހިމޭންކަމުގެ އިހުތިޖާޖުން އެދެވޭ ބަދަލެއް ނާންނަ ނަމަ އޮފީސްތަކުގެ މަސައްކަތްތައް މިއަދު ހުއްޓައިލުމެވެ.

އެ އިހުތިޖާޖުގައި ބައިވެރިވުމަށް ކ. އަތޮޅުގެ ތިން ކައުންސިލް އިދާރާއަކުން މިއަދު ހިދުމަތެއް ނުދެ އެވެ. އޭގެ ތެރޭގައި ހިންމަފުއްޓާއި ތުލުސްދޫ އަދި ގުރައިދޫގެ ކައުންސިލް އިދާރާތައް ހިމެނެ އެވެ. އެ ކައުންސިލް އިދާރާގެ މައި ދޮރުގައި ވަނީ "މަސައްކަތް ނުކުރާ ދުވަސް" ކަން އަންގައިދޭ ލިޔުން ތަތްކޮށްފަ އެވެ.

ރަށެއްގައި ސިއްހީ މަރުކަޒަކުން މިއަދު ހިދުމަތް ނުދޭކަން އަންގައިދޭ ލިޔުން ތަތްކޮށްފައި.--

ރަށެއްގައި ސިއްހީ މަރުކަޒަކުން މިއަދު ހިދުމަތް ނުދޭކަން އަންގައިދޭ ލިޔުން ތަތްކޮށްފައި.--

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "މިހާރު" އަށް ވިދާޅުވީ ސަރުކާރު ހިންގުމާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފަސޭހަ ކޮށްދެނީ ސިވިލް ސާވަންޓުން ކަމަށެވެ. އެ މުވައްޒަފުން ކުރަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެ އާދޭހަށް ފާއިތުވި އަހަރު ތަކުގައި އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ ހައްގު އުޖޫރަ ހޯދަން އެ ކައުންސިލް އިދާރާގެ މުވައްޒަފުން ކުރާ މަސައްކަތަށް ތާއިދުކުރާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ތުލުސްދޫ ކައުންސިލް އިދާރާގައި ސިވިލް ސާވިސްގެ 10 މުވައްޒަފުން ތިބެ އެވެ. އެ ހުރިހާ މުވައްޒަފުން މިއަދު އޮފީހަށް ހާޒިރުވި. ނަމަވެސް ނިންމާފައިވަނީ އާއްމުންނަށް ހިދުމަތް ނުދޭށެވެ

"ކޮންމެ ދުވަހަކު ވެސް އެތައް ހިދުމަތެއް މި ކައުންސިލުން ދޭނެ. ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނާތީ ވަރަށް ބޮޑެތި މަސައްކަތްތައް އެބަހުރި،" އަސްލަމް ވިދާޅުވި އެވެ.

ސިވިލް ސާވިސް އޮފީހެއްގައި މުވައްޒަފުން މަސައްކަތްނުކުރާކަން އަންގައިދޭ ލިޔުމެއް ތަތްކޮށްފައި.--

ސިވިލް ސާވިސް އޮފީހެއްގައި މުވައްޒަފުން މަސައްކަތްނުކުރާކަން އަންގައިދޭ ލިޔުމެއް ތަތްކޮށްފައި.--

އިހުތިޖާޖުކުރާ މީހުންގެ ޑިމާންޑުތަކުގެ ތެރޭގައި ލިވިން އެލަވަންސް ލިބޭނެ ގޮތާއި ހުރިހާ މަގާމުތަކަށް ސެޓްފިކެޓުގެ ކުރިއެރުން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ. އޭގެ އިތުރުން ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައި ދިނުމަކީ ވެސް އެ މީހުން ކުރާ ޑިމާންޑެކެވެ. ސިވިލް ސާވަންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 16،593 އެވެ.