Roadha Mihaaru
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފިސްކަލް ސްޓްރެޓެޖީގައި ކަނޑައަޅައިފި

26 އޯގަސްޓް 2024

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ކަނޑައަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އެ ރިޕޯޓުގައި އެކަން ކަނޑައަޅާފައި ވިޔަސް މުސާރަ ބޮޑުކުރާނެ ކަން ކަށަވަރު ވާނީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އެ އަދަދުތައް ހިމެނުމުންނެވެ.

އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ވަނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން އެއް ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

ސިވިލް ސާވިސްގައި މި ވަގުތު 30،165 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އެއް ހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ.

މިހާތަނަށް ވަނީ ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްފަ އެވެ. އެ ބަދަލާ އެކު، ސަރުކާރުގެ މުއައްސަސާތަކުގެ 46 ޕަސެންޓު މީހުންގެ މުސާރަ އަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިދިޔަ ޖޫން މަހު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އަށް 12 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ މުޅި ބަޖެޓުގެ 25 ޕަސެންޓެވެ. މި އަހަރުގެ ބަޖެޓުގައި މުސާރަ އެއް ހަމަކުރުން ނުވަތަ ހާމަނައިޒް ކުރުމަށްޓަކައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރަން ފިސްކަލް ސްޓްރެޓެޖީގައި ހިމަނާފައިވާ އިރު 2026 ވަނަ އަހަރު ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަމާޒު ހިފައިފަ އެވެ