20 ފެބުރުއަރީ 2020
ޓްރާންސްޕޯޓް މިނިސްޓްރީން ވަކިކުރި ނުވަ މުވައްޒަފުންގެ މަގާމަށް އާ މީހުން ނެގުން މަޑުޖައްސައިލަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަކިކުރި ނުވަ މުވައްޒަފުންގެ މަގާމަށް އާ މީހުން ނެގުން މަޑުޖައްސައިލަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން 11 މުވައްޒަފަކު ވަޒީފާއިން ވަކިކުރީ މިދިޔަ މަހު އެވެ.
އޭގެ ތެރެއިން ނުވަ މުވައްޒަފަކު، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، މައްސަލަ ނިމެންދެން އެ ވަޒީފާތަކަށް އާ މީހުން ނެގުން މަޑުޖައްސައިލުމުގެ އަމުރަކަށް އެދުމުން އެ ޓްރައިބިއުނަލުން ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ނުނިމެނީސް އެ މަގާމުތަކަށް އިތުރު މީހުން އައްޔަން ކޮށްފި ނަމަ މައްސަލަ ހުށަހެޅި ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ ވަޒީފާތަކަށް އާ މީހުން އައްޔަން ކޮށްފައި ވަނިކޮށް، މައްސަލަ ހުށަހެޅި މީހުންނަށް ވަޒީފާދޭން ޖެހިއްޖެ ނަމަ، އެކަމަށް ޓްރައިބިއުނަލުން ނެރޭ އަމުރެއްގެ ގާނޫނީ ބާރު ނެތިދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ޓްރައިބިއުނަލުން ނިމެންދެން އެ މަގާމުތަކަށް ދާއިމީ ގޮތެއްގައި އެއްވެސް މީހަކު އައްޔަން ނުކުރުމަށާއި އެފަދަ މަސައްކަތެއް ހިނގަމުންދާ ނަމަ، އެކަން ވަގުތުން މަޑުޖައްސައިލުމަށާއި ވަޒީފާ އަނބުރާ ދޭން އަންގާ ހާލަތެއްގައި، އެފަދަ އެންގުމެއް ތަންފީޒު ކުރަން ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރަން ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) އަށް އަންގާ ކަމަށް ވެސް ޓްރައިބިއުނަލްގެ ތިން މެމްބަރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވެ އެވެ.
އެ މުވައްޒަފުން ވަކިކުރަން އުޅުނު މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ކުރިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ހާޒިރުކުރި އެވެ. އޭރު ނަހުލާ ވިދާޅުވެފައިވަނީ އެއްވެސް މުވައްޒަފަކާ މެދު ގާނޫނާ ޚިލާފަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.
ފިއްތުންތަކާ ހެދި ޓްރާންސްޕޯޓުގެ ޕީއެސް އިސްތިއުފާ!
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ވަޒީފާއަށް ނުނެރެ ފަސް އަހަރު، ދެ އަހަރުގެ މުސާރަދެނީ
ސީއެސްސީ: ގާނޫނަށް ވުރެ މަތީގައި!
ނުވަ އަހަރުގެ ސަސްޕެންޝަނަށް ފައިސާ ދިނުން ހުއްޓުވައިފި
ސަސްޕެންޝަންގައި ނުވަ އަހަރު، 1.9 މިލިއަން ދެނީ
ފަންނީ ވަޒީފާތަކުގެ ޕްރޮމޯޝަން ހުއްޓާލުމުން ފާޑުކިޔުން
ސިވިލް ސާވަންޓުން މަސައްކަތްކުރާ ތަން ބަދަލު ކުރެވޭނެ
ޓްރާންސްޕޯޓުން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދޭނެ
ކޯހަށް ދޫކުރާ މުވައްޒަފުން ފާސް ނުވާނަމަ ވަކިކުރަނީ