11 އޯގަސްޓް 2022
ނުވަ އަހަރު ވަންދެން ވަޒީފާއިން ސަސްޕެންޑްކޮށްފައި ތިބި ތިން މީހަކަށް ބަދަލުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދައްކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަންގައިފި އެވެ.
ނުވަ އަހަރު ވަންދެން ވަޒީފާއިން ސަސްޕެންޑްކޮށްފައި ތިބި ތިން މީހަކަށް ބަދަލުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދައްކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަންގައިފި އެވެ.
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރި އެރަށު ތިން މީހަކު 2013 ވަނަ އަހަރު ސަސްޕެންޑްކުރީ ޖިންސީ ގޯނާގެ ތުހުމަތުތަކެއްގަ އެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2017 ވަނަ އަހަރު ކޯޓުން ނިންމިޔަސް، އެ މީހުންގެ ވަޒީފާއިން ވަކިކުރީ ސަސްޕެންޝަންގައި ތިބޭތާ ނުވަ އަހަރު ފަހުން މިދިޔަ އަހަރު އެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި މިހާ ގިނަ ދުވަސް ވަންދެން ބަޔަކު ސަސްޕެންޝަންގައި ބޭތިއްބި ފުރަތަމަ މައްސަލަ އެވެ.
އެ މައްސަލާގައި މިދިޔަ މެއި މަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެންގީ އެ މީހުން ސަސްޕެންޑްކޮށްފައި ތިބި މުއްދަތުގައި ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދިނުމަށެވެ. އެއީ އެކަކަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ އާއި ބާކީ ތިބި ދެ މީހުންނަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ އެވެ.
އެ މައްސަލަ ސީއެސްސީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ފަސްކުރުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދުނެވެ.
އެހެންވެ، ހައި ކޯޓުން މި ހަފުތާގައި ވަކިވަކިން ނެރުނު އަމުރުތަކުގައި އެންގީ އެ ކޯޓުން މައްސަލަ ނިމެންދެން، ޓްރައިބިއުނަލްގެ އެންގުމަށް އަމަލުކުރުން ފަސްކުރުމަށެވެ.
ފިނޭންސްގެ މައްޗަށް ނެރުނު އަމުރު ބާތިލެއް ނުކުރި
ވަޒީފާއަށް ނުނެރެ ފަސް އަހަރު، ދެ އަހަރުގެ މުސާރަދެނީ
ސަސްޕެންޝަންގައި ނުވަ އަހަރު، 1.9 މިލިއަން ދެނީ
ސިވިލް ސާވަންޓުން މަސައްކަތްކުރާ ތަން ބަދަލު ކުރެވޭނެ
ވަކިކުރި މީހުންގެ މަގާމަށް މީހުން ނުނަގަން އަންގައިފި
ވަގުތީ ގޮތުން އުޅުނަސް ތަޖުރިބާ ހުރި ކަމަށް ބެލެވޭނެ
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
އޭސީސީން މުވައްޒަފަކަށް ފިޔަވަޅު އެޅީ ގޯސްކޮށް:ހައިކޯޓް
މުސްއަބު ވަކިކުރީ ގޯސްކޮށް، ބަދަލުދިނުމުގެ ބައި ބާތިލް
މުސާރައިގެ ކުރިއެރުން ނުދޭ މައްސަލަ ހައި ކޯޓަށް