09 ޖެނުއަރީ 2022
މުވައްޒަފުންނަށް ވަޒީފާގެ ހަމަހަމަކަމާއި މަގާމުގެ ކުރިއެރުން ކަށަވަރުކޮށްދެނީ މީގެ 13 އަހަރުކުރިން އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީންނެވެ. އެކަމަކު، ގާނޫނު އަސާސީއަށް އަމަލުނުކޮށް، އިހުމާލުވުމުގެ ނަތީޖާއަކީ ސިއްހީ ދާއިރާގެ އެކި މަސައްކަތްތައް ކުރަމުން އަންނަ 500 އެއްހާ މުވައްޒަފުން ދައުލަތާ ދެކޮޅަށް ނުކުތުމެވެ.
މުވައްޒަފުންނަށް ވަޒީފާގެ ހަމަހަމަކަމާއި މަގާމުގެ ކުރިއެރުން ކަށަވަރުކޮށްދެނީ މީގެ 13 އަހަރުކުރިން އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީންނެވެ. އެކަމަކު، ގާނޫނު އަސާސީއަށް އަމަލުނުކޮށް، އިހުމާލުވުމުގެ ނަތީޖާއަކީ ސިއްހީ ދާއިރާގެ އެކި މަސައްކަތްތައް ކުރަމުން އަންނަ 500 އެއްހާ މުވައްޒަފުން ދައުލަތާ ދެކޮޅަށް ނުކުތުމެވެ.
ވަޒީފާގެ އޮނިގަނޑެއް ނެތި މަސައްކަތް ކުރުވަމުން ދާތީ 14 އަތޮޅެއްގައި ތިބި ސިއްހީ ދާއިރާގެ ސިވިލް ސާވިސްގެ ހުރިހާ މުއައްޒަފުންގެ ފަރާތުން ވަނީ މިދިޔަ މަހުގެ 28 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން އިސްނަގައިގެން ހުށަހެޅި މައްސަލައިގައި ކޯޓުގައި އެ ޔޫނިއަން ތަމްސީލުކޮށްދޭނީ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ވަޒީފާގެ އޮނިގަނޑު ހެދުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މަސައްކަތްތެރިންނާ ގުޅޭ އެތައް މައްސަލައެއްގައި މަސައްކަތް ކުރެއްވި ޕީއައިއެލްސީގެ ރައީސް މަރިޔަމް ޝުނާނާއަށް ވެސް މި މައްސަލައިން ލިބުނީ ހައިރާން ކަމެކެވެ. އެތައް މުވައްޒަފުންގެ ހައްގާ ގުޅިފައިވާ ކަމެއްގައި އެ ވަރުގެ ބޮޑު އިހުމާލެއް ވެދާނެ ކަމަށް އޭނާ އަށް ގަބޫލުނުކުރެއްވުނީ އެވެ.
"ވަރަށް ބޮޑަށް އިހުމާލުވެވިފައި މި އޮތީ. ފުރަތަމަ މި ކަމެއް ގަބޫލެއް ނުކުރެވުނު. އެކަމަކު ވަރަށް ރަނގަޅަށް ބެލިއިރު، ވަރަށް ބޮޑަށް އިހުމާލުވެވިފައި މި އޮތީ،" ޝުނާނާ ވިދާޅުވި އެވެ.
ނަރުހުންނާއި ޑޮކްޓަރުން ފިޔަވައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެއްވެސް ބައެއްގެ ވަޒީފާގެ އޮނިގަނޑެއް ނެތެވެ. އެހެންވެ ބާކީ ތިބި 23 ފަންތިއެއްގެ މަސައްކަތްތެރިން ތިބީ ކުރިއަށް ދެވޭނެ ގޮތެއް ނެތި، ގޮތް ހުސްވެފަ އެވެ. އޭގެ ތެރޭގައި ބަޔޯމެޑިކަލް އިންޖީނިއަރުންނާއި ލެބޯޓްރީ ޓެކްނިޝަނުންނާއި ފިޒިއޮތެރަޕިސްޓުން ހިމެނެ އެވެ.
ޝުނާނާ ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ ކަންކަން އިސްކަންދޭއިރު އެންމެ ފުރަތަމަ އިސްކަންދޭން ޖެހޭނީ ގާނޫނު އަސާސީން ލާޒިމްކޮށްފައިވާ ވާޖިބުތައް އަދާކުރުމަށެވެ. އެހެން ކަންކަމަށް ބަޖެޓު ކަނޑައަޅަންޖެހޭނީ އޭގެ ފަހުންނެވެ.
ނަމަވެސް ފެންނަނީ އެހެން މަންޒަރެއް ކަމަށާއި ދައުލަތުގެ އެތައް ސަތޭކަ މުވައްޒަފުންނެއް ގޮތް ހުސްވެފައި ތިބިއިރު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ތިން އަހަރު ކުރިން ހެލްތު ޕްރޮފެޝަނަލް ޔޫނިއަން އުފައްދަން މަޖުބޫރުވީ ވެސް ސިއްހީ ދާއިރާ އަށް ވަރަށް މުހިއްމު ވަޒީފާގެ އޮނިގަނޑުތައް ނެތުމުގެ ސަބަބުންނެވެ. އެކަމަށް ހައްލެއް ލިބޭތޯ ފާއިތުވި އަހަރުތަކުގައި ވަރަށް މަސައްކަތްކޮށްފި އެވެ. ކޯޓާ ހިސާބަށް ދިޔައީ ވެސް ވަޒީފާގެ އޮނިގަނޑުގެ މައްސަލައިގައި އަލިމަގެއް ފެންނަން ނެތުމުންނެވެ.
އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ޒިމްނާ ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގައި ޑޮކްޓަރުންނާއި ނަރުހުން ފިޔަވައި ބާކީ އޮތް ދާއިރާތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ނުލިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ.
މަސައްކަތްކުރަމުން ދަނީ މުސާރަ އަށް މަހަކު 5،610ރ. އަށެވެ.
ސިވިލް ސާވިސްގެ ގާނޫނުގެ ތެރެއިން އެ ކޮމިޝަންގެ މައްޗަށް ޕްރޮމޯޝަން ދެވޭ، ކެރިއާ ބޭސްޑް ޓެކްނިކަލް ވަޒީފާތަކުގެ ސްޓްރަކްޗާ ހެދުމަކީ އެ ކޮމިޝަނުން ކުރަންޖެހޭ ކަމެކެވެ.
Job structure case press brief update:
— Maldives Health Professionals Union (MHPU) (@MaldivesHPU) December 29, 2021
2 އަހަރު ދުވަހުގެ ލޮބީ ޕްރޮސެސް އެއް ޔޫނިއަން ގެ ފަރާތުން ގެން ދެވި އެދެވޭ ޖަވާބެއް ލިބިފައި ނުވޭ! އެއް އިދާރާ އަނެއް އިދާރާއަށް "ބްލޭމް ގޭމް" އެއް ކުޅެވެމުން ދިޔަ މަންޒަރު ފެނިގެން ދިއައީ!@MoFmv @MoHmv @cscmaldives@PSIasiapacific @pilcmv pic.twitter.com/hmBV0MQvlA
ހަތަރު އަހަރުން ޕާފޯމެންސް ރިވިއު ހެދުމަށް ފަހު މީގެ ކުރިން ޕްރޮމޯޝަން ލިބުނަސް ސީއެސްސީ ގާނޫނު ވުޖޫދުވުމުން ހުރިހާ ޓެކްނިކަލް މުވައްޒަފުން ބަދަލުވީ ފަންނީ އޮނިގަނޑުގެ ތެރެއަށެވެ. އެކަމަކު ވަޒީފާގެ އޮނިގަނޑެއް ނެތުމުން އެ ދާއިރާތަކުގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ އެޑްމިނިސްޓްރޭޓިވް ކެޓަގަރީން މަގާމުގެ ނަން އުފެއްދުމަށް ފަހު، އެ މަގާމުގަ އެވެ.
"ދެހާސް ނަވާރަ ވަނަ އަހަރާ ހަމައަށް ވެސް ފުރަތަމަ ދުވަހު ވަތް މަގާމުގައި ތިބީ. ކޮންމެ އަހަރަކު އެއް ފަހަރު އެޕްރައިޒަލް ހެދިއަސް ވަޒީފާގެ އެއްވެސް ކުރިއެރުމެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
"ހައިރާކީ އޯގަނިޒޭޝަންގައި ސްޓްރަކްޗާއެއް އެއްވެސް ކަމެއް ނެތޭ. މި ހުރިހާ ކަމެއް މިހެން ހުރީމަ ވާ ގޮތަކީ ކުރިއެރުން ނުލިބޭ، އަނެއް މައްސަލައަކީ އޯގަނިޒޭޝަނަކުން ބޭނުންވީމަ ބޭނުން ގޮތެއް މުވައްޒަފުންނަށް ހަދާލުން ނުވަތަ މަގާމެއް އުފައްދާފައި ވަކި މީހަކަށް ވަޒީފާ ދިނުން ކަހަލަ ކަންކަން ކުރެވުން،"
ޓެކްނިކަލް ހުރިހާ މުވައްޒަފުން ތިބީ 5،610ރ. ގެ ބޭސިކް މުސާރައެއްގަ އެވެ. އިތުރުގަޑީގައި މަސައްކަތްކުރަނީ އެކަން މަޖުބޫރުވެގެން ކަމަށް ޒިމްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަޒީފާގެ އޮނިގަނޑުގެ މައްސަލައިގައި ސީއެސްސީ އަދި ފިނޭންސް މިނިސްޓްރީއާ މީގެ ކުރިން ބައްދަލުކުރުމުން ޖަވާބު ދީފައިވަނީ އެއް ފަރާތުން އަނެއް ފަރާތް ބަދުނާމުވާ ގޮތަށެވެ.
"ވަޒީފާގެ އޮނިގަނޑު ނެތުމުން ހަމަހަމަކަން ގެއްލިގެންދޭ. ފަންނީ އޮނިގަނޑުގައި ތިބި މުވައްޒަފުންނަށް ކުރިއެރުން ދިނުމަށް ސީއެސްސީން އިއުލާންކުރި ނަމަވެސް ދެން ތިބި އެއްވެސް ބަޔަކު ޝަރުތު ހަމަނުވޭ،" ޒިމްނާ ވިދާޅުވި އެވެ.
"ގެންނަންޏާ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގެންގުޅެން ޖެހެއޭ. ވަރަށް ބޮޑަށް މާޔޫސްވެފައި މި ތިބީ. ސެކްޓާ ދޫކޮށް ނުކުމެގެން ވެސް ގޮސްފި އެތައް ބައިވަރު ބައެއް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައި ތިބި،"
މި މައްސަލަ ރައްދުވާ ސީއެސްސީން ބުނީ ސިއްހީ ދާއިރާގެ ވަޒީފާގެ ހުރިހާ އޮނިގަނޑެއް ނިންމާފައިވާ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ހަދާފައިވާ ލެބޯޓްރީއެއް: ލެބޯޓްރީ ޓެކްނީޝަނުން މަސައްކަތް ކުރަނީ ވަޒީފާގެ އޮނިގަނޑެއް ނެތި.-- ފައިލް ފޮޓޯ: މިހާރު
މިހާރު އަމަލުކުރަމުން އަންނަނީ 14 ދާއިރާއެއްގެ ވަޒީފާގެ އޮނިގަނޑަށެވެ. ތޭރަ ދާއިރާއެއްގެ މުސާރައިގެ އޮނިގަނޑު ފާސްކުރަން ޕޭ ކޮމިޝަނަށް ފޮނުވާފައިވާއިރު، މި ކޮމިޝަނުން 60 ދާއިރާއެއްގެ ވަޒީފާގެ އޮނިގަނޑު ޑްރާފްޓްކޮށް ނިންމާފައިވެ އެވެ.
ސެޕްޓެމްބަރު 3، 2020 ގައި ސީއެސްސީއާ އާ މެމްބަރުން ހަވާލުވިއިރު، ވަޒީފާގެ އޮނިގަނޑުގެ މަސައްކަތްތައް ދިޔައީ ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތްތައް ނިންމައި ޕޭ ކޮމިޝަނަށް ފޮނުވާފައިވަނީ މި ފަހުން އުފެއްދި ކޮމިޝަނުންނެވެ.
ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި އެ ކޮންމެ އޮނިގަނޑެއް ވެސް ހަދާފައިވަނީ އެ ރޮނގުން ކުރިއަށް ދިއުމަށް މަގުފަހިވާނެ ގޮތަށެވެ.
"އެ އޮނިގަނޑެއްގައި ތިބޭ މުވައްޒަފުން ހާސިލްކުރާ ތައުލީމީ ސަނަދުތަކާއި ހިދުމަތުގެ މުއްދަތަށް ރިއާޔަތްކުރުމަށްފަހު ރޭންކް ޕްރޮމޯޝަން ދެވިގެންދާނެ ގޮތް ކަނޑައަޅާފައިވޭ. އަދި އެ އޮނިގަނޑެއްގައި ތިބޭ މުވައްޒަފުން ހިދުމަތުގެ މުއްދަތަށާއި ޕާފޯމަންސް އެޕްރައިސަލް އަށް ރިއާޔަތްކުރުމަށްފަހު ގްރޭޑް ޕްރޮމޯޝަން ދެވިގެންދާނެ ގޮތް ކަނޑައަޅާފައިވޭ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އޮނިގަނޑުތައް ފާސްވެ އަމަލުކުރަން ފެށުމުން ސިވިލް ސާވެންޓުންގެ ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ކުރިއެރުން ނުދޭތީ ސިއްހީ ދާއިރާގެ މުވައްޒަފުން ކޯޓަށް
ކުއްލި މައްސަލައެއް ނޫން، ފުރައްސާރަކުރުމެއް!
ހެލްތުގެ ފަންނީ މުވައްޒަފުންގެ ވަގުތު 8-4 އަށް
ފަސްޓްލޭޑީ ސިވިލްސާވިސް ވަޒީފާގައި ހުންނަވާނީ ނޯ-ޕޭގައި
ފިނޭންސްގެ މައްޗަށް ނެރުނު އަމުރު ބާތިލެއް ނުކުރި
ހެލްތުގެ އާ ޑީޖީއަކަށް ޑރ. އަޝްރަފް އައްޔަންކޮށްފި
އިތުރަށް މުސާރަ ޖަމާވި 32 މީހަކު ފައިސާއެއް ނުދޭ
މާލީ ކަންކަން ބަލަހައްޓަން ހާއްސަ މަގާމެއް އުފައްދައިފި
ހެލްތު މިނިސްޓްރީގެ ޕީއެސްއަކަށް ސާމިޔާ އައްޔަންކޮށްފި
ކޮމިޝަނަރު އައްޔަންކުރަން ހުރަސް އެޅީ ފިނޭންސުން!