28 ނޮވެމްބަރ 2023
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރުގައި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސްގެ ވަޒީފާގައި ހުންނަވާނީ ނޯ-ޕޭގައި ކަމަށާއި އެކަމަކު، ސިއްހީ ދާއިރާއަށް ހިދުމަތްކޮށްދެއްވަން އެކަމަނާ ބޭނުންފުޅުވާތީ ކޮންޓްރެކްޓެއް ހަދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން މިއަދު ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރުގައި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސްގެ ވަޒީފާގައި ހުންނަވާނީ ނޯ-ޕޭގައި ކަމަށާއި އެކަމަކު، ސިއްހީ ދާއިރާއަށް ހިދުމަތްކޮށްދެއްވަން އެކަމަނާ ބޭނުންފުޅުވާތީ ކޮންޓްރެކްޓެއް ހަދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން މިއަދު ބުނެފި އެވެ.
ސާޖިދާ އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ޓެކްނިކަލް މުހިއްމު މަސައްކަތްތަކެއް އެތަނުގައި ކުރައްވަމުން ގެންދެވި ސާޖިދާއަކީ ރާއްޖޭގައި އެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި ހަމައެކަނި ބޭފުޅާ އެވެ.
އެހެންވެ، އެ ދާއިރާއަށް ހިދުމަތް ކުރައްވަން އެކަމަނާ ބޭނުންފުޅުވާތީ، ފަސްޓްލޭޑީގެ ޒިންމާތަކާ އެކު އެމްއެފްޑީއޭގައި މަސައްކަތް ކުރެއްވުމަށް އެ ކޮމިޝަނަށް ހުށަހެޅުއްވި އެވެ. އެއާއެކު، ސީއެސްސީން ވަނީ އެ އޮތޯރިޓީގައި މަސައްކަތް ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އަންގައިފަ އެވެ.
އެކަމަކު ސިވިލް ސާވިސްގެ ގަވައިދުގައިވާ ގޮތުން، އެއްފަހަރާ ރަސްމީ ދެ ޒިންމާ ނެގުމަކީ ފަސޭހަކަމެއް ނޫނެވެ. އެގޮތުން، ރަސްމީކޮށް ހަ ގަޑިއިރު ފުރިހަމަކުރަންޖެހޭއިރު، ބްރޭކްގެ ގޮތުގައި ލިބެނީ ކުޑަ ވަގުތުކޮޅެކެވެ. ނަމަވެސް، ފަސްޓްލޭޑީގެ ހައިސިއްޔަތުން، އެކަމަނާ ބޭރުގެ އެކި ޖަމިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަސްމީ ދަތުރުފުޅުތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަންޖެހޭތީ، އެ ގަވައިދުތައް އޮތްގޮތުން އެ ޒިންމާތައް އަދާކުރައްވަން ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާނެ އެވެ.
ސާޖިދާ އެމްއެފްޑީއޭގެ ވަޒީފާގައި ދެމިހުންނެވުމުގެ ގާނޫނީ ހުރަހެއް ނެތް: ސީއެސްސީ https://t.co/TtDGhL21ub
— Mihaaru (@Mihaarunews) November 13, 2023
ސީއެސްސީގެ އޮފިޝަލަކު ވިދާޅުވީ ހެލްތު މިނިސްޓްރީގައި އެކަމަނާ އަދާކުރައްވާ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ބޮޑު ޗުއްޓީއެއް ނެންގެވިއަސް، އެ ދާއިރާއަށް ސާޖިދާގެ ކޮންސަލްޓެންސީ ދެއްވަން ބޭނުންވާ ކަމަށެވެ. އެގްރިމެންޓެއް ނެތި އެގޮތަށް ވެސް ހިދުމަތް ނުކުރެއްވޭނެތީ، އެއްބަސްވުމެއް ހަދަން ނިންމީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މަތީ ތައުލީމް ހާސިލްކުރުމަށް ނޯ-ޕޭ ނެގުމަށްފަހު މިހާރު ވެސް ކޮންޓްރެޓްގައި ދާއިރާއަށް ހިދުމަތް ކުރަމުން އަންނަ މީހުން އެބަތއްބެވެ. އެއީ ސިވިލް ސާވިސްގައި ހުރަހެއް އޮތް ކަމެއް ނޫން ކަމަށާއި އެފަދަ އެގްރިމެންޓުތަކަކީ، ސިވިލް ސާވިސްގެ ގަވައިދުތަކުން ހުއްދަ ދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[ފަސްޓްލޭޑީ] ނޯ-ޕޭގައި ހުންނަވާނީ މި ފަސް އަހަރު. ސިވިލް ސާވިސް ގަވައިދުގައި ވެސް ހުއްދަ ދޭ، ސިވިލް ސާވިސް މުވައްޒަފެއް، ދައުލަތުގެ އެހެން ބޭނުމަކަށް ދޫކޮށްލައިފިއްޔާ ނޯ-ޕޭ ލިބޭ ގޮތަށް. މެޑަމް ސާޖިދާ އަކީ ފަސްޓްލޭޑީ، އެހެންވީމަ، ދައުލަތުގެ އެހެން ބޭނުމަށް ދޫކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ.
"ކޮންޓްރިބިއުޝަނެއް ދޭން ބޭނުންވާތީ އަޅުގަނޑުމެން މެޑަމް ސާޖިދާއާ އެކު ހަދާނެ ކޮންޓްރެކްޓެއް."
ސީއެސްސީން ބުނީ ސާޖިދާ ބޭނުންފުޅުވަނީ މަހެއްގެ ތެރޭގައި 40 ގަޑިއިރުގެ ކޮންޓްރިބިއުޝަނެއް ދޭން ކަމަށެވެ. އެ ކޮންޓްރެކްޓުގެ ދަށުން ވެސް އެކަމަނާ މުސާރައެއް ބޭނުންފުޅުނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު، މުސާރަ ނުލިބޭ ގޮތަށް އެފަދަ އެގްރިމެންޓެއް ނުހެދޭނެތީ ސިވިލް ސާވިސް ކޮމިޝަނުން ނިންމާނީ، އޮފިޝަލް ވިދާޅުވި ގޮތުގައި، މަސައްކަތަށް ނުކުންނަ ދުވަސްތަކަށް މުސާރަ ދިނުމަށެވެ.
ކުއްލި މައްސަލައެއް ނޫން، ފުރައްސާރަކުރުމެއް!
ހިދުމަތްތައް ހަލުވިކުރުމުގައި ސިވިލްސާވިސްގެ ދައުރު ބޮޑު
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ތަސްދީގު ކުރައްވައިފި
ކުރީގެ ސިވިލްސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ ދެނީ
ސާޖިދާއާ "ޒާތީވުމުން" އެމްޑީޕީ އަށް ނުރުހުން
ސާޖިދާގެ ކޮންޓްރެކްޓް ބާތިލުކުރަން ކުއްލި މައްސަލައެއް
ފަސްޓްލޭޑީއަށް ހެދި އުސޫލާ ގުޅިގެން ސީއެސްސީ ކޮމިޓީއަށް
ހެލްތުގެ ފަންނީ މުވައްޒަފުންގެ ވަގުތު 8-4 އަށް
ހެލްތުގެ އާ ޑީޖީއަކަށް ޑރ. އަޝްރަފް އައްޔަންކޮށްފި
ސިއްހީ ހިދުމަތްތެރިން "ވަރުބަލިވެއްޖެ، ހައްގު ހޯދައިދީ"