Roadha Mihaaru
ހާލުގައި ޖެހުނު މީހުންނަށް އެހީވާން 90،000 ރުފިޔާ

އަލިފާނުގެ ހާދިސާ: ހާލުގައި ޖެހުނު މީހުންނަށް އެހީވާން މިހާތަނަށް 90،000 އަށް ވުރެ ރުފިޔާ ހޭދަކޮށްފި

10 ނޮވެމްބަރ 2022

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މިހާތަނަށް 90،000 އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މިހާތަނަށް 90،000 އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ރޭ މ. ސެންޑްރޯސްގެ އާއި ޖެހިގެން ހުރި ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެ ދެ ގެ އާއި އެ ސަރަހައްދުގައި ހުރި އެހެން ގެތަކުގައި އުޅުނު މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި އަލިފާނުގެ އަސަރުކޮށްގެން ހަ ގެއަކުން 29 މީހުންނަށް ގެސްޓްހައުސްތަކުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި 14 ބިދޭސީން ކަމަށެވެ. އަދި އެ ހާދިސާގައި އިތުރު 19 ބިދޭސީއެއްގެ ބޯހިޔާވަހިކަން ގެއްލިފައި ވަނިކޮށް އެ ފަރާތްތަކުގެ ބަދަލުވެރިން އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސަައިދީފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ އެ މީހުން ބޯހިޔާވަހި ކަމަށް 33،500ރ. އާއި އަންނައުނަށް 19،000ރ. އާއި ކެއިންބުއިމަށް 29،000ރ. އިތުރަށް އެހެނިހެން ހަރަދުތަކާ އެކު، 90،000 އަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށާއި އަދި އެ މީހުންނަށް ބޭނުންވާ އިތުރު އެހީތައް ވެސް ފޯރުކޮށްދޭނެ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެ ހާދިސާގައި މަރުވެފައިވަނީ 10 ބިދޭސީންނެވެ. އެތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ އިމާރާތެކެވެ.