10 ނޮވެމްބަރ 2022
ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓާކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށާއި މާލޭގައި ހުރި ވޯކްޝޮޕާއި ގަރާޖު ފަދަ ތަންތަން އަވަސް ގޮތެއްގައި އެހެން ތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް އެކުލަވާލުމަށް ވެސް ކަމާބެހޭ އިދާރާތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓާކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށާއި މާލޭގައި ހުރި ވޯކްޝޮޕާއި ގަރާޖު ފަދަ ތަންތަން އަވަސް ގޮތެއްގައި އެހެން ތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް އެކުލަވާލުމަށް ވެސް ކަމާބެހޭ އިދާރާތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
މ. ސެންޑްރޯސްގެ ހުޅަނގުބައިގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ ނުވަ މީހުންނާއި ބަންގްލަދޭޝް މީހެކެވެ.
މި ހާދިސާއާ ގުޅިގެން، ކަމާ ބެހޭ އިދާރާތަކާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ދެނެގަތުމަށް ކުރާ ތަހުގީގު އަވަސްކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފި އެވެ.
އެ ބައްދަލުވުމުގައި ސިފައިންނާއި ފުލުހުންނާއި އަދި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ފަދަ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަހުގީގު ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
މ. ސެންޑްރޯސް ހުޅަނގުބައިގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
"މި ހާދިސާގައި ނިޔާވި ފަރާތްތައް ދެނެގަތުމާއި ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިއުމާ ގުޅޭގޮތުންނާއި މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފައި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް (ރައީސް) ވަނީ އިރުޝާދު ދެއްވާފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
"މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ."
ރޯވި ގަރާޖަކީ ހުއްދަނެތި ހިންގާ ތަނެއް! https://t.co/JOPp9Zy3cL
— Mihaaru (@Mihaarunews) November 10, 2022
ތިން ބުރިއަށް ހުންނަ އެ ގޭގެ އެންމެ ތިރީގައި ގަރާޖެއް ހިންގާއިރު، މަތީ ދެ ފުލޯގައި ދިރިއުޅުނީ އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަލިފާނުގެ ހާދިސާތައް ހިންގާފައިވާ އެތަނުގައި ރޭ ރޯވި އަލިފާގަނޑު ނިއްވާލެވުނުއިރު، ގިނަ ބައެއްގެ ފުރާނަ ވަނީ ގޮސްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އިތުރުން މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ރޭގެ ހާދިސާ އަށް ފަހު ބައެއް މީހުން ގެއްލިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
ރައީސް، ޔަގީންކަން ދެއްވިޔަސް މާލޭގައި ކެމިކަލްގުދަން!
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
އަލިފާނުގެ ހާދިސާގައި އިތުރު ދެ ގެއަކަށް ގެއްލުންވި
އިތުރު މީހަކު މަރުވެފައިވާ ކަމަކަށް ނުބެލެވޭ: ޕޮލިސް
ފިހިގެން ފަރުވާދޭ މީހާ ވެންޓިލޭޓަރުން ނަގައިފި
އަލިފާނުގެ ހާދިސާ: ބިދޭސީންނަށް އެހީވާން ދެ ލައްކަ
ގަރާޖުގައި ރޯވެ ދޮޅު މިނެޓުން މުޅި ގޭގައި ހުޅު ހިފި
އައިޖީއެމްއެޗުގައި އޮތް މީހާގެ ހާލު އަދިވެސް ސީރިއަސް
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
ރަހުމަތްތެރިޔާ ދިޔައީ ކާން، ކުރިމަތިވީ ފަހު ވަގުތާ