ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަމުންދާ ގޮތަށް ބަލާއިރު، ސަރުކާރަށް ތާއީދުކުރާ މެމްބަރުންނަށް އެކަނި މަޖިލީހުގެ ތަޅުމަށް ވަދެވޭ ގޮތަށް ވެސް ގަވާއިދު އިސްލާހުކުރާނެ ކަމަށް ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.
09 އެޕްރީލް 2017
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަމުންދާ ގޮތަށް ބަލާއިރު، ސަރުކާރަށް ތާއީދުކުރާ މެމްބަރުންނަށް އެކަނި މަޖިލީހުގެ ތަޅުމަށް ވަދެވޭ ގޮތަށް ވެސް ގަވާއިދު އިސްލާހުކުރާނެ ކަމަށް ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން އާއްމު ކޮމެޓީން މިއަދު ވަނީ ނިންމައިފަ އެވެ. މިއީ މިހާރު ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާކޮށް ގެންނަ ބަދަލެކެވެ.
މަޖިލިހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއެކު އެވެ.
މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ ބަދަލަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސައުދު ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ގަވާއިދު ބަދަލު ކުރަނީ "ކުޅުންތެރިން ދަނޑު މައްޗަށް އަރައި ތިއްބައި" ކަމަށެވެ. މިއީ ބަލައިގަނެވޭނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޅުންތެރިން ދަނޑުމައްޗަށް ކުޅެން އަރައި ތިއްބައި މި ބުނަނީ ފަސް ކުޅުންތެރިން ފައިބާށޭ. މިހާރު އެގޮތަށް ބަދަލު ގެނެސްފީމޭ،" ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަން ދޫކުރައްވައި ކުރީގެ ރައީސް މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގެންފައިވާ ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް 42 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާއިރު، އެ އަދަދަށް ސޮއި ލިބިއްޖެ ނަމަ މަގާމު ގެއްލޭ ގޮތަށް ވެސް ގަވާއިދުގައި ހިމަނަން ޖެހެ އެވެ. އެގޮތަށް ބަދަލު ގެނައި ނަމަ، ރައްޔިތުންނަށް ބަލައިގަންނަން ތަންކޮޅެއް ފަސޭހަވާނެ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
މަޖިލީހުން ކުއްލިކުއްލި އަށް ނިންމާ ނިންމުންތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހާ ދޭތެރޭގައި ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑު ނުތަވަސްކަމެއް އުފެދިފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ. ގައުމަށް ދިމާވެގެން އުޅޭ މައްސަލައަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި، މަޖިލީސް މެދުވެރިކޮށް "ހިތުހުރި ގޮތަކަށް އަމަލުކުރުމެ"ވެ.
"އެހެންވީމަ 42 ސޮއި ހޯދައފި ނަމަ މަގާމުން ވަކިކުރެވޭ ގޮތަށް އިސްލާހު ހުށަހަޅަން ޖެހޭނީ. އޭރުން އިދިކޮޅު މެމްބަރުންގެ ނަން އިއްވައި ހުރިހާ ސަކަރާތެއް ވެސް ޖަހާކަށް ނުޖެހޭނެ. މިކުރަން އުޅޭ ކަންކަން ބަލައިގަންނަން ވެސް ރައްޔިތުންނަށް ތަންކޮޅެއް ފަސޭހަވީސް،" ސައުދު ވިދާޅުވި އެވެ.
އާންމު ކޮމެޓީގެ މުގައްރިރު ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވިދާޅުވި ގޮތުގައި އާ އިސްލާހު މަޖިލިހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، މިހާރު އިދިކޮޅު ފަރާތްތަކުން ޖިލިހަށް ވައްދާފައިވާ، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް އާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އޮޓަމެޓިކުން މަޖިލިހުން ބޭރުވާނެ ކަމަށެވެ.
މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިކުރަން އާންމު ކޮމެޓީން ފާސްކުރިއިރު، ނައިބު ރައީސް މޫސަ މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އަންގާރަދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެ މައްސަލަ މަޖިލިހަށް ވެއްދީ 15 މެމްބަރުންގެ ސޮޔާއެކު އެވެ. އަދި މަޖިލިހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ދެވަނަ ފަހަރަށް މަޖިލިހަށް ވައްދައިފަ އެވެ.
މެމްބަރު ޝަހުދީ ވެސް ޕީޕީއެމުން ވަކިވެއްޖެ
މަސީހުގެ އިތުބާރު ނެތް ކަމުުގެ ވޯޓު ކާމިޔާބުވާނެތަ؟
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
މަޖިލިސް ހުއްޓިފައި، ޒިންމާ ނަގާނެ ބަޔަކު ނެތް!
މި ގޮތް ވެސް މަސީހަށް ހަމަ "އޯކޭ"!
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
ވޯޓު ދީފި ނަމަ 10 މެމްބަރުން ވަކިކުރާނެކަމަށް ބެލެވޭ
މިއީ ހަމައެކަނި މަސީހާ ދެކޮޅު ވޯޓެއް ނޫން: ރައީސް
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް
ޒިންމާ ނަގަން ޖެހޭނީ ޕީޕީއެމް ޕީޖީ ގުރޫޕް: ސަލީމް