ސަރުކާރުން ހިންގާ ނޭދެވޭ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.
02 އޮކްޓޯބަރ 2016
ސަރުކާރުން ހިންގާ ނޭދެވޭ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ނިކަމެތިންނަށް ހާއްސަ ކުރުމަށް ފަހު، ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރި މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ސަރުކާރުން ކުރާ ނޭދެވޭ ހުރިހާ ކަމެއްގެ ޒިންމާ އޭނާ ވެސް ހިމެނޭ ގޮތަށް ޕީޕީއެމްގެ ޕީޖީ ގުރޫޕް އުފުލަން ޖެހޭނެ ކަމަށެވެ.
"ސަބަބަކީ ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ކުރަން މެމްބަރުން ދޫ ދެއްވާތީ. އެހެންވީމާ މި ހުރިހާ ކަމަކަށް މެމްބަރުން ޖެހޭނެ ރައްޔިތުންގެ ކިބައިން މާފަށް އެދެން،" ފަހަކަށް އައިސް ސަރުކާރުން މަޖިލިހަށް ހުށަހަޅާ ބިލްތަކަށާއި އެހެން ހުށަހެޅުންތަކަށް ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދަވާ ސަލީމް ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުން ކުރާ ހުރިހާ ކަމެއްގެ "މުގުލުގައި ހުރި މީހަކީ މަސީހް [ރައްޔިތުންގެ މަޖިލިހުގެ ރައީސް]" އެވެ.
"އެހެންވެ އޭނާ އިސްތިއުފާ ދޭން ޖެހޭނެ،" ސަލީމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މަސީހް ވިދާޅުވީ އޭނާއާ ބެހޭ ގޮތުން ސަލީމް ދެއްކެވީ ރަނގަޅު ވާހަކަތަކެއް ނޫންކަން ސަލީމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި މަޖިލިހުގެ ރައީސް މަސީހް: އޭނާއާ ގުޅޭ ގޮތުން ސަލީމް ދެއްކެވި ވާހަކަތައް ދޮގުކުރެއްވި.---ފޮޓޯ: މިހާރު
"އަޅުގަނޑަކީ ޕީޕީއެމްގެ ޕީޖީ ގުރޫޕުގައި ހަމަ އާދައިގެ މެމްބަރެއް. މާ ބޮޑު ހައިސިއްޔަތެއް ނެތް މެމްބަރެއް،" ޕީޕީއެމްގެ ޕީޖީ ގުރޫޕުން ކަންކަން ނިންމުމުގައި މަސީހުގެ ބާރެއް ނެތްކަން އަންގައި ދެއްވުމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ކާޑުގެ އަގުތައް ބޮޑުކުރުމުން، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރިއިރު، ކުރީގެ އަގަށް ބަދަލުކުރަން ގޮވާލައްވާ ކަމަށެވެ. އަދި ކާޑުގެ އަގު ބޮޑުކުރާ ހިސާބަށް ދިޔައީ، ސަލީމް ވިދާޅުވި ގޮތުގައި، ދައުލަތުގެ ބަޖެޓް ޑެފިސިޓް ބޮޑުވެ، ސަރުކާރުގެ ތެރޭގައި ބޭކާރު ހަރަދުތައް އިންތިހާއަށް މަތިވެގެންނެވެ.
"ހާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން. ސަރުކާރުގެ ފައިސާ ހަރަދު ކުރުމުގެ ނިޒާމް ގޯސްވެގެން. އެހެންވީމާ އޭސީސީ އާއި އޮޑިޓަ ޖެނެރަލް މިިނިވަންކަމާ އެކު މިކަންކަން ހަމަޔަކަށް އަޅުވަން ޖެހޭ ވަގުތު މިއީ،" ސަލީމް ވިދޅުވި އެވެ.
އޭނާ ވިދާޅުވީ ކާޑުގެ އަގު ބޮޑުކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާ ކޮށްފައި ކަމަށެވެ. އަދި އެކަން އެހެން ކުރި ނަމަ، ކާޑުގެ އަގު ބޮޑުކުރަން، ސަރުކާރުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުން އެ ފުރުސަތު ސަރުކާރަށް ނުދޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
ކާޑުގެ މައްސަލާގައި ސަލީމްގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒުވިއިރު، ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގައި ވެސް ބައެއް މެމްބަރުން ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ.
މިވަރުން، މަޖިލީހަށް ވަދެވޭނީ ސަރުކާރު މެމްބަރުންނަށް:ސައުދު
މަސީހާއި ޖަލްސާތައް ކަމަކު ނުދޭ، ކޮމިޓީތައް ބަރާބަރު
މަޖިލިސް ހުއްޓިފައި، ޒިންމާ ނަގާނެ ބަޔަކު ނެތް!
ރައީސްގެ މަގާމުން އިސްތިއުފާއެއް ނުދެން: މަސީހު
މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ
މި ގޮތް ވެސް މަސީހަށް ހަމަ "އޯކޭ"!
ސަރުކާރާ ފެޔަށް ޖެހި، މިހުރީ ރައްޔިތުންގެ ފަޅީގައި: މުހައްމާ
މެމްބަރު ޝަހުދީ ވެސް ޕީޕީއެމުން ވަކިވެއްޖެ
މަސީހަށް ވޯޓު ބޭނުމިއްޔާ ނާޒިމް ދޫކޮށްލާ: ލަތީފް
100 ފަހަރު ހުށަހެޅިއަސް ވޯޓު ފެއިލްކުރާނަން: ނިހާން