ޓެސްލާ ކުންފުނީގެ ސީއީއޯ އީލޮން މަސްކް އެ ކުންފުނީގެ ހިއްސާއިން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ހިއްސާ ގަނެފައިވާކަން ރެގިއުލޭޓަރީ ލިޔެކިޔުންތަކުން ހާމަވުމާ އެކު އިއްޔެ ޓެސްލާގެ ހިއްސާގެ އަގު ހަ ޕަސެންޓަށް އުފުލިއްޖެ އެވެ.
ޓެސްލާ ކުންފުނީގެ ސީއީއޯ އީލޮން މަސްކް އެ ކުންފުނީގެ ހިއްސާއިން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ހިއްސާ ގަނެފައިވާކަން ރެގިއުލޭޓަރީ ލިޔެކިޔުންތަކުން ހާމަވުމާ އެކު އިއްޔެ ޓެސްލާގެ ހިއްސާގެ އަގު ހަ ޕަސެންޓަށް އުފުލިއްޖެ އެވެ.
ސެކިޔުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އާއި ސްޕޭސް އެކްސްގެ ހިއްސާ އޮންނަ ބިލިއަނަރު ވަނީ ހުކުރު ދުވަހު ވަނީ 2.57 މިލިއަން ހިއްސާ، 371 - 396 ޑޮލަރާ ދެމެދުގެ އަގެއްގައި ގަނެފަ އެވެ.
މި ހިއްސާތައް ގަނެފައި މި ވަނީ ޓެސްލާ އިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވެއްޖެ ނަމަ، 2035 ވަނަ އަހަރުގެ ނިޔަލަށް 1 ޓްރިލިއަން ޑޮލަރު މަސްކަށް ބަދަލުގެ ގޮތުގައި ދިނުމަށް ހުށަހަޅާފައިވާ ޕްލޭނެއް ހާމަކޮށްފައި ވަނިކޮށެވެ.
ޓެސްލާގެ ޗެއާމަން އަދި މަސްކްގެ ގާތް އެކުވެރިޔާ ރޮބިން ޑެންހޯމް ވަނީ މި ބަދަލުގެ ޕެކޭޖް ދިފާއުގައި ވިޔަފާރި މީޑިއާތަކުގައި އެތައް ފަހަރަކު ވާހަކަ ދައްކައިފަ އެވެ.
"އޭނާ އަކީ ޖެނެރޭޝަނަލް ލީޑަރެއް،" ބްލޫމްބާގް ޓީވީއަށް ދިން އިންޓަވިއުއެއްގައި ޑެންހޯމް ބުންޏެވެ. "ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ތެރޭގައި އެ ކުންފުނި ލީޑްކުރަންޖެހޭ ގޮތަށް އެކަން ކުރެވޭނެ މީހެއް އީލޮން ނޫނީ ނެތް."
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކަށް އެ ކުންފުނީގެ ޖުމްލަ ހިއްސާގެ 12 ޕަސެންޓް ހިއްސާ މި ޕްލޭންގެ ސަބަބުން ލިބޭނެ އެވެ.
ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި މަސްކަށް މި ބަދަލު ލިބޭނީ 2035 ވަނަ އަހަރުގެ ނިޔަލަށް ޓެސްލާގެ މާކެޓް ކެޕިޓަލައިޒޭޝަން އެންމެ މަދުވެގެން 8.5 ޓްރިލިއަން ޑޮލަރަށް އަރައިގެންނެވެ. ޓެސްލާގެ މިހާރުގެ މާކެޓް ވެލިއު ހުރީ އެއް ޓްރިލިއަން ޑޮލަރަށް ވުރެ ކުޑަ ތަންކޮޅެއް މަތީގަ އެވެ.
ޓެސްލާ އިން މިހާރު ވެސް އަންނަނީ މަސްކަށް 2018 ވަނަ އަހަރު 55.8 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭން ނިންމި ނިންމުން ޑެލަވެއާގެ ކޯޓަކުން ބާތިލްކުރަން ނިންމާފައި ވާތީ އެކަމާ ދެކޮޅަށް ވަކާލާތުކުރަމުންނެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މަސްކުގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރާ މައިގަނޑު ސަބަބަކީ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރުންނަށް މަސްކް ތާއީދު ކުރެއްވުމެވެ. -- އޭއެފްޕީ
ފުރަތަމަ ޝޯރޫމާ އެކު އިންޑިއާގެ ބާޒާރަށް ޓެސްލާ ވަދެފި
އެންމެ މުއްސަނދި މީހާގެ މަގާމު މަސްކަށް ގެއްލެނީ
އިޒްރޭލު ގޯސްކުރުމުން އެކްސްގެ ޗެޓްބޮޓް ސަސްޕެންޑްކޮށްފި
މަސްކަކީ މަގުން ކައްސާލާފައި އޮތް ރޭލެއް: ޓްރަމްޕު
އީލޮން މަސްކް ސިޔާސީ ޕާޓީއެއް އުފައްދައިފި
މަސްކް ޑީޕޯޓްކުރުމާ މެދު ވިސްނާނަން: ޓްރަމްޕް
މަސްކް އުޅޭ ގޮތުން ނަތީޖާ ވަރަށް ގޯސްވެދާނެ: ޓްރަމްޕު
ސަރުކާރުން ނުކުތުމަށް ފަހު މަސްކް ޓްރަމްޕަށް ފާޑުކިޔަނީ
އީލޮން މަސްކް އެމެރިކާ ސަރުކާރުން ވަކިވެއްޖެ
އީލޮން މަސްކުގެ ސްޓާޝިޕް އިންޑިއާ ކަނޑަށް ވެއްޓިއްޖެ