އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތް ހަވާލުކުރެއްވި އީލޮން މަސްކް ސަރުކާރުން ވަކިވުމަށް ފަހު ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތް ހަވާލުކުރެއްވި އީލޮން މަސްކް ސަރުކާރުން ވަކިވުމަށް ފަހު ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
މަހުޖަނު މަސްކް ސަރުކާރުގައި ހޭދަކުރަން ކަނޑައެޅި މުއްދަތު ހަމަވެ، އިތުރަށް ސަރުކާރުގައި ހުރުމުގެ ބަދަލުގައި ސަރުކާރުން ނުކުތް އިރު ވެސް ޓްރަމްޕާ ދެމެދު ނުތަނަސްކަން އޮތް ކަމަށް އަޑުއަރާފައިވެ އެވެ. މިކަން ޔަގީންވާ ގޮތަށް މަސްކް ވަނީ އެމެރިކާ ސަރުކާރުން މިހާރު ހުށަހަޅާފައިވާ ހަރަދުގެ ބިލަކީ "މުޑުދާރު" އެއްޗެއް ކަމަށް ބުނެފަ އެވެ.
"ކޮންގްރެސްގެ މި ބޮޑު، ހަރުކަށި، ޚަރަދުގެ ބިލަކީ ވަރަށް ނުބައި ހުތުރު ބިލެއް،" ޓްރަމްޕްގެ ޚަރަދުކުރުމުގެ ޕްލޭންތަކާ ބެހޭ ގޮތުން މަސްކް މިހާތަނަށް ފާޅުކުރި އެންމެ ރުޅިވެރި ހިޔާލުތަކާ އެކު އެކްސްގައި ލިޔެފައިވެ އެވެ.
"އެ ބިލަށް ވޯޓު ދިން މީހުން އެ ކުރީ ލަދުވެތި ކަމެއް. އެނގި ތިބެ ތި ކުރީ ނުބައި ކަމެއް."
ސިއްހީ އަދި ކާބޯތަކެތީގެ އެހީގެ ޕްރޮގްރާމްތަކަށް ބޮޑެތި ލުއިތަކެއް ދިން ނަމަވެސް، 10 އަހަރުގެ ތެރޭގައި އެމެރިކާގެ ޑެފިސިޓް ތިން ޓްލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ބެލެވޭ ޓްރަމްޕްގެ "ބިގް، ބިއުޓިފުލް" ބިލަށް މަސްކް މީގެ ކުރިން ވެސް ފާޑު ކިޔާފައިވެ އެވެ.
މީގެ ކުރިން މަސްކް، ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޯޖް) ޓާސްކް ފޯހުގެ ވެރިޔަކަށް ހުރި އިރު ފާޑުކިއުންތައް ހުރީ މެދުމިނެއްގަ އެވެ. އޭރު ބުނީ ޑޯޖް އިން ހަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް އެ ބިލުން ހުރަސް އެޅޭ ކަމަށެވެ.
އަންގާރަ ދުވަހު އެ ބިލް ކޮންގްރެސް އަށް ބަލައިގެންފައި ވާއިރު މަސްކް ބުނީ އެ ބިލްގެ ސަބަބުން ރައްޔިތުންގެ ބޮލުގައި އެޅޭ ދަރަނި ބޮޑުވެގެންދާނެ ކަމަށެވެ.
ޓްރަމްޕުގެ ކެމްޕެއިނަށް 300 މިލިއަން ޑޮލަރު ހޭދަކުރި މަސްކް، ޓްރަމްޕުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިފައި ހުރި ކަމަށް ދެކެވޭ ވާހަކައަށް މި ކަންކަމަށް ބާރު ލިބިފައި ވާއިރު މަސްކް ވަނީ ބައެއް ކަންކަމާ މާޔޫސްވާން ޖެހިފައިވާ ކަމަށް ވެސް ބުނެފަ އެވެ.
"ރައީސަށް މިހާރުވެސް އެނގިވަޑައިގަންނަވާނެ މި ބިލާ މެދު އީލޮން މަސްކް ދެކޭ ގޮތް. އެކަމުން ރައީސްގެ ޚިޔާލަށް ބަދަލެއް ނާންނާނެ،" މަސްކްގެ ޓްވީޓަށް އަވަސް ރައްދެއް ދެއްވަމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރޯލީން ލީވިޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
"މިއީ ބޮޑު، ރީތި ބިލެއް. މި ވިސްނުމުގައި ރައީސް ދެމިހުންނަވާނެ."
މަސްކް އުޅޭ ގޮތުން ނަތީޖާ ވަރަށް ގޯސްވެދާނެ: ޓްރަމްޕު
ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް
މަސްކް ކޮންމެ ދުވަހަކު އެއް މިލިއަން ޑޮލަރު ދެނީ!
ޓްރަމްޕަށް މަހަކު 45 މިލިއަނެއް ނުދެން: މަސްކް
ޓްރަމްޕަށް ޓުވީޓާ އެކައުންޓް އަލުން ދީފި
ޑޮނާލްޑް ޓްރަމްޕަަށް އަލުން ޓުވިޓާ އަށް ވަދެވޭނެ
އިޒްރޭލް ކުށްވެރިކޮށް ޝީ އާއި ޕުޓިންގެ އިންޒާރެއް!
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން
ހާމަނާއީގެ ވަރުގަދަ އިންޒާރެއް އިޒްރޭލާއި އެމެރިކާއަށް!
ޝަރުތަކާ ނުލައި އިރާނުން އަމާން ދޭންޖެހޭ: ޓްރަމްޕް