އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބިލިއަނަރު އީލޮން މަސްކް، ސަރުކާރުގެ ހަރަދުތަކާ ބެހޭ ބިލަށް ފާޑުވިދާޅުވެފައި ވާތީ އޭނާ އެމެރިކާއިން ޑީޕޯޓްކުރުމާ މެދު ވިސްނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބިލިއަނަރު އީލޮން މަސްކް، ސަރުކާރުގެ ހަރަދުތަކާ ބެހޭ ބިލަށް ފާޑުވިދާޅުވެފައި ވާތީ އޭނާ އެމެރިކާއިން ޑީޕޯޓްކުރުމާ މެދު ވިސްނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ ކަމަށްވާ މަސްކް މެއި މަހުގެ ފަހުކޮޅު ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޯޖް) އިން އިސްތިއުފާ ދެއްވާފައި ވާއިރު އެ އިދާރާ އަކީ މަސްކުގެ ދުވަސް ދުއްވާލަފާނެ ތަނެއް ކަމަށެވެ.
ޓްރަމްޕު ވިދާޅުވީ ސަރުކާރުން މަސްކަށް ދޭ ސަބްސިޑީތަކާ ބެހޭ ގޮތުން ޑޯޖް އަށް ގޮތެއް ނިންމިދާނެ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑު ޖެހޭނީ އެކަން ބަލަން،" ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަސްކް ޑީޕޯޓް ކުރުމާ މެދު ވިސްނާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ، ވަން ބިގް ބިއުޓިފުލް ބިލް" ގެ ނަމުން މަޝްހޫރު ހަރަދުގެ ބިލަށް މަސްކް ދެކޮޅު ހައްދަވަނީ އިލެކްޓްރިކް ވެހިކަލް (އީވީ) އަށް އިނާޔަތްތައް ކުޑަކުރަން ހިމަނާފައިވާތީ ކަމަށެވެ.
"އީވީ މެންޑޭޓް ގެއްލެމުންދާއިރު، އެކަމާ އޭނާ ހުރީ ވަރަށް ދެރަވެފައި. ނަމަވެސް، އެއަށްވުރެ މާބޮޑު ގެއްލުމެއް އޭނާއަށް ލިބިދާނެ. އެކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. އީލޮން އަށް ގެއްލޭނެ މާ ގިނަ ކަންކަން އަދިވެސް އެބަހުރި،" ޓްރަމްޕު ވިދާޅުވި އެވެ.
ޓްރަމްޕު މި ވާހަކަ ދެއްކެވުމުގެ ކުރިން އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ވެސް މި ވާހަކަ ދެއްކެވި އެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި ސަބްސިޑީ ނުލިބޭ ނަމަ މަސްކް އޭނާގެ ފިހާރަތައް ބަންދުކޮށްފައި، އުފަން ގައުމު ދެކުނު އެފްރިކާއަށް ދާންޖެހިދާނެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކާއި ޓްރަމްޕާ ދެމެދު މައްސަލަ ގޯސްވެފައި ވާއިރު، މަސްކަކީ 2024 ވަނަ އަހަރު ޓްރަމްޕުގެ ރިޔާސީ ކެމްޕެއިނަށް އެންމެ ބޮޑު ހޭދައެއް ކުރި މީހާ އެވެ.
ޓްރަމްޕުގެ ބިލަށް އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވާއިރު މަސްކް ވިދާޅުވެފައިވަނީ އިލެކްޓްރިކް ވެހިކަލާއި ސާފު ހަކަތައިގެ އިންގިލާބުގައި އެމެރިކާ އެންމެ ކުރީގައި އޮތުމަށް ކުރާ މަސައްކަތަށް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީން މި ބިލުގައި އިހުމާލުވެފައިވާ ކަމަށެވެ.
މަސްކް ވަނީ މި ބިލް ފާސްކޮށްފި ނަމަ "އެމެރިކާ ޕާޓީ" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި ސިޔާސީ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. -- އޭއެފްޕީ
މަސްކަކީ މަގުން ކައްސާލާފައި އޮތް ރޭލެއް: ޓްރަމްޕު
އީލޮން މަސްކް ސިޔާސީ ޕާޓީއެއް އުފައްދައިފި
އީލޮން މަސްކް އެމެރިކާ ސަރުކާރުން ވަކިވެއްޖެ
ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް
މަސްކަށް ތާއީދު ދެއްކުމަށް ޓްރަމްޕް ޓެސްލާއެއް ގަނެފި
ޓްރަމްޕު މަސްކުގެ ފައިގައި ދޫލާ ވީޑިއޯ ތަހުގީގުކުރަނީ
ވަޒީފާއިން ވަކިކުރާތީ ޓްރަމްޕުގެ ސަރުކާރުތެރޭ ދެބަސްވުން
ކުރިކަމެއް ބުނެނުދޭ އެންމެންގެ ވަޒީފާ ގެއްލޭނެ: މަސްކް
ހަރަދު ކުޑަނުކޮށްފިނަމަ އެމެރިކާ ބަނގުރޫޓުވާނެ: މަސްކް
މަސްކުގެ އޮފީހަށް ޓްރެޒަރީގެ ޑޭޓާ ދިނުން ހުއްޓުވައިފި