އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ ގާތް އެކުވެރިޔާ އީލޮން މަސްކް އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި އެކަން އިއްޔެ އިއުލާނުކުރައްވައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ ގާތް އެކުވެރިޔާ އީލޮން މަސްކް އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި އެކަން އިއްޔެ އިއުލާނުކުރައްވައިފި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް ވިދާޅުވީ މިއީ އެމެރިކާގެ ސިޔާސީ މައިދާން "އެއް ޕާޓީއަކަށް" ބިނާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ފެށި މަސައްކަތެއް ކަމަށެވެ.
ޓްރަމްޕު ވެރިކަމަށް ގެނައުމުގެ ކެމްޕެއިނަށް އެންމެ ބޮޑު ހޭދައެއްކޮށް އަދި ޓްރަމްޕު ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޮޖް) ހިންގެވުމާ ހަވާލުވެ ހުންނެވުމަށް ފަހު މަސްކް ވަކިވީ ޓްރަމްޕާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުމަށް ފަހުގަ އެވެ.
ޓްރަމްޕު ބޭނުންވި ގޮތަށް މި ހަފްތާގައި ފާސްކުރި ހަރަދުގެ ބިލަކީ އެމެރިކާގެ ދަރަނި އެތައް ގޮތަކުން ބޮޑުވެ ނުރައްކާތެރި އެއްޗަކަށް ވާނެ ކަމަށް މަސްކް ވިދާޅުވެ ވާހަކަ ދައްކަވާފައި ވާއިރު ޓްރަމްޕު ވަނީ މަސްކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުތަކެއް ވެސް ދެއްވައިފަ އެވެ.
މި ބިލު ފާސްކުރުމަށް ވޯޓު ދެއްވި މެންބަރުންނާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެ މަސްކް ކުރިން ވެސް ވާހަކަ ދައްކަވާފައި ވާއިރު އޭނާ އަލަށް އުފެއްދުން "އެމެރިކާ ޕާޓީ" އަކީ ސިޔާސީ އެޖެންޑާ ބަދަލުކުރުމަށް މަސައްކަތްކުރާނެ ޕާޓީ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
"ގައުމު ބަނގުރޫޓުވުމާއި އިސްރާފާއި ރިޝްވަތުގެ ތެރޭގައި އަހަރެމެންގެ ގައުމު އޮތް އިރު އަޅުގަނޑުމެން މި އުޅެނީ އެއް ޕާޓީގެ ވެރިކަމެއްގެ ތެރޭގައި. ޑިމޮކްރަސީއެއްގައެއް ނޫން،" ސްޕޭސް އެކްސް އާއި ޓެސްލާގެ ވެރިޔާ ކަމަށްވާ މަސްކް އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.
"މިއަދު، މިނިވަންކަން އަނބުރާ ހޯދައިދޭން އެމެރިކާ ޕާޓީ އުފައްދައިފިން."
މަސްކް ވަނީ ހުކުރު ދުވަހު ފާހަގަކުރި އެމެރިކާގެ މިނިވަން ދުވަހު، އެއް ޕާޓީ ނުވަތަ ދެ ޕާޓީއެއްގެ ކިބައިން ގައުމަށް މިނިވަންކަން ހޯދައިދޭން ބޭނުންތޯ އަހައި އެކްސްގައި ޕޯލެއް ވެސް ނަގައިފަ އެވެ. އެޔަށް 1.2 މިލިއަން މީހުން ވޯޓު ދީފައި ވާއިރު ގިނަ މީހުން ވޯޓު ދިނީ މަސްކް ވަކާލާތުކުރެއްވި ގޮތަށެވެ. -- އޭއެފްޕީ
މަސްކަކީ މަގުން ކައްސާލާފައި އޮތް ރޭލެއް: ޓްރަމްޕު
މަސްކް ޑީޕޯޓްކުރުމާ މެދު ވިސްނާނަން: ޓްރަމްޕް
އީލޮން މަސްކް އެމެރިކާ ސަރުކާރުން ވަކިވެއްޖެ
ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް
މަސްކަށް ތާއީދު ދެއްކުމަށް ޓްރަމްޕް ޓެސްލާއެއް ގަނެފި
ޓްރަމްޕު މަސްކުގެ ފައިގައި ދޫލާ ވީޑިއޯ ތަހުގީގުކުރަނީ
ވަޒީފާއިން ވަކިކުރާތީ ޓްރަމްޕުގެ ސަރުކާރުތެރޭ ދެބަސްވުން
ކުރިކަމެއް ބުނެނުދޭ އެންމެންގެ ވަޒީފާ ގެއްލޭނެ: މަސްކް
ހަރަދު ކުޑަނުކޮށްފިނަމަ އެމެރިކާ ބަނގުރޫޓުވާނެ: މަސްކް
މަސްކުގެ އޮފީހަށް ޓްރެޒަރީގެ ޑޭޓާ ދިނުން ހުއްޓުވައިފި