Roadha Mihaaru

އީލޮން މަސްކުގެ ސްޓާޝިޕް އިންޑިއާ ކަނޑަށް ވެއްޓިއްޖެ

އީލޮން މަސްކްގެ ސްޕޭސް އެކްސް އިން މާސް އަށް ދަތުރުކުރުމުގެ އުންމީދާ އެކު ޓެސްޓުކުރާ ބިޔަ ރޮކެޓް "ސްޓާޝިޕް" އުދުއްސާލިތާ ގިނަ އިރުތަކެއް ނުވެ އޭގެ ކޮންޓްރޯލް ގެއްލި އިންޑިއާ ކަނޑަށް މިއަދު ވެއްޓިއްޖެ އެވެ.

އީލޮން މަސްކުގެ ސްޓާޝިޕް އިންޑިއާ ކަނޑަށް ވެއްޓިއްޖެ

އީލޮން މަސްކްގެ ސްޕޭސް އެކްސް އިން މާސް އަށް ދަތުރުކުރުމުގެ އުންމީދާ އެކު ޓެސްޓުކުރާ ބިޔަ ރޮކެޓް "ސްޓާޝިޕް" އުދުއްސާލިތާ ގިނަ އިރުތަކެއް ނުވެ އޭގެ ކޮންޓްރޯލް ގެއްލި އިންޑިއާ ކަނޑަށް މިއަދު ވެއްޓިއްޖެ އެވެ.

ސްޓާލިންކުގު ސިމިއުލޭޓާ ސެޓެލައިޓްތަކެއް އޯބިޓަށް ދޫކޮށްލަން ތައްޔާރުވެގެން ރޮކެޓް ފެށި އޭގެ ނުވަ ވަނަ ޓެސްޓް ފްލައިޓްގައި ވެއްޓުނީ ދަތުރު ފެށިތާ ބައި ގަޑިއެއްހާއިރު ތެރޭގަ އެވެ.

ޓެކްސަސްގެ ސްޓާބޭސް އިން ލޯންޗްކުރި މި މިޝަންގެ މަގްސަދަކީ އޯބިޓަށް ވަނުމާއި ރީއެންޓްރީއަށް ސްޓާޝިޕްގެ ގާބިލްކަން އިތުރަށް ކަށަވަރުކުރުމެވެ. މިއީ ދިގު މިނުގައި 403 ފޫޓު ހުންނަ ބިޔަ ރޮކެޓަކަށް ވާއިރު މި މަޝްރޫއުގެ މަގްސަދަކީ މިއީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ އެއްޗަކަށް ހަދައި ޕްލެނެޓްތަކަށް މީހުންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

ރޮކެޓް އުދުއްސާލީ ޖީއެމްޓީ ގަޑިން ރޭ 11:36 ގަ އެވެ.

ސްޓާޝިޕްގެ "އަޕަ ސްޓޭޖް" ގައި ކުރިއަށް އޮތް ސެޓެލައިޓް ލޯންޗްތަކާއި ޑީޕް ސްޕޭސް މިޝަންތަކަށް ވެހިކަލް ޓެސްޓު ކުރުމަށް ސްޕޭސް އެކްސް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އޯބިޓަށް ދޫކޮށްލުމަށް ހަމަޖެހިފައިވާ އަށް ސްޓާލިންކް ސިމިއުލޭޓާ ސެޓެލައިޓް ގެންދިޔަ އެވެ.

ނަމަވެސް ސެޓެލައިޓްތައް ޑިޕްލޯއީނުވެ ސްޓާޝިޕް ކޮންޓްރޯލުން ނެއްޓި އެނބުރެން ފެށި އެވެ. ސްޕޭސް އެކްސްގެ އިންޖިނިއަރުންނަށް އެ އުޅަނދުގެ ކޮންޓްރޯލް އެ ހިސާބުން ގެއްލި އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ވެއްޓުނީ އެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ރޮކެޓް ސިސްޓަމް އުފައްދާ ސްޕޭސް އެކްސް އަށް މި އަހަރު މައްސަލަތަކާ ދިމާވި ދެ ވަނަ މިޝަނެވެ.

މީގެ ކުރިން ކުރި ދަތުރުތަކުގައި އިންޖީނު ފެއިލްވުމާއި އަލިފާން ރޯވުން ފަދަ މައްސަލަތަކުގެ ސަބަބުން ކެރީބިއަން އާއި އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ރޮކެޓްތައް ވެއްޓިފައިވެ އެވެ. އަދި މި ކަންކަމާ ގުޅިގެން ސްޕޭސްއެކްސް އިން ވަނީ ހާޑްވެއާގެ ގިނަ އިމްޕްރޫވްމަންޓްތަކެއް ގެނެސް ޕްރޮސީޖާތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ.