03 ފެބުރުއަރީ 2021
އެކި ބޭނުންތަކަށް ޖައްވުގެ ތެރެއަށް މިހާރު ދޫކޮށްފައި ހުރި ސެޓެލައިޓްތަކުގެ ތެރެއިން އެކްޓިވް އެއްޗެހީގެ ބޮޑުބައި ކޮންޓްރޯލްކުރަނީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެކި ބޭނުންތަކަށް ޖައްވުގެ ތެރެއަށް މިހާރު ދޫކޮށްފައި ހުރި ސެޓެލައިޓްތަކުގެ ތެރެއިން އެކްޓިވް އެއްޗެހީގެ ބޮޑުބައި ކޮންޓްރޯލްކުރަނީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އަގުހެޔޮ އަވަސް އިންޓަނެޓްގެ ހިދުމަތް މުޅި ދުނިޔެ އަށް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ސްޕޭސް އެކްސް އިން ފަށާފައިވާ "ސްޓާލިންކް" ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 1،006 ސެޓެލައިޓް ލޯންޗްކޮށްފައިވާ އިރު މި ހަފުތާގައި ލޯންޗްކުރާ އިތުރު 60 ސެޓެލައިޓާ އެކު "ސްޓާލިންކް" ވިއުގައިގެ ސެޓްލައިޓްގެ އަދަދު 1،060 އަށް އަރާނެ އެވެ. އަދި މި މަހުގެ 1 އާ ހަމައަށް ޖައްވުގައި ހުރި އެކްޓިވް ސެޓެލައިޓްތަކުގެ އަދަދަށް ބަލާއިރު ސްޕޭސް އިން ކޮންޓްރޯލްކުރާ ނިސްބަތް 27.3 ޕަސަންޓަށް އަރަ އެވެ.
"ސްޓާލިންކް" ޕްރޮޖެކްޓްކުގެ ދަށުން ޖުމްލަ 40،000 ސެޓެލައިޓްގެ ފައުޖެއް ގާއިމުކުރަން ވަނީ ނިންމައިފަ އެވެ.
ސެޓެލައިޓްތަކާ ބެހޭ މައުލޫމާތު އެއްކުރާ ސެލެސްޓްރެކް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު "ސްޓާލިންކް" ސެޓެލައިޓްގެ ފައުޖުގެ އަދަދު މި ވަގުތު 1،006 ގައި އޮތް އިރު ދެން އެންމެ ގިނަ އަދަދަށް ހުރި އެކްޓިވް ސެޓެލައިޓަކީ ޕްލެނެޓް ލެބްސް އަށް ނިސްބަތްވާ 176 ސެޓެލައިޓެވެ. ވަންވެބްގެ އެކްޓިވް ސެޓެލައިޓްގެ އަދަދަކީ 110 އެވެ. އަދި އެހެން ކުންފުނިތަަކުގެ ސެޓެލައިޓްތަކުގެ އަދަދު 2،131 އަށް އަރާއިރު ޖުމްލަ އެކްޓިވް ސެޓެލައިޓްގެ އަދަދަކީ މިހާރު 3،521 އެވެ.
މި ނަމްބަރުތަކަށް ބަލާއިރު ޖައްވުގައި މިހާރު ހުރި އެކްޓިވް ސެޓެލައިޓްތަަކުގެ ފަސްބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް ކޮންޓްރޯލްކުރަނީ ސްޕޭސް އެކްސްއިންނެވެ.
ވަންވެބްގެ އަމާޒަކީ 2022 ނިމުމުގެ ކުރިން އެ ކުންފުނީގެ ސެޓެލައިޓް ފައުޖުގެ އަދަދު 648 އަށް އެރުވުމެވެ.
ސްޕޭސް އެކްސްގެ "ސްޓާލިންކް" ޕްރޮޖެކްޓްގެ ދަށުން 40،000 ސެޓްލައިޓް ލޯންޗްކުރުމަކީ އަމާޒަކަށް ވިޔަސް މި ވަގުތަށް އިންޓަނެޝަނަލް ޓެލެކޮމިއުނިކޭޝަން ޔުނިއަން (އައިޓީޔޫ) އިން ހުއްދަ ދީފައި ވަނީ 12،000 ސެޓެލައިޓަށެވެ.
ޖައްވުގެ ތެރޭގައި މިހާރު ހުރި ސެޓެލައިޓްގެ އަދަދު 6،000 އަށް އަރާ އިރު، އޭގެ ތެރެއިން 60 ޕަސަންޓަކީ "ސްޕޭސްޖަންކް" ނުވަތަ ކުނިބުންޏެވެ. އަދި ބަރާބަރަށް މަސައްކަތް ސެޓެލައިޓްގެ ނިސްބަތަކީ 40 ޕަސަންޓެވެ.
ސްޓާލިންކްގެ އިންޓަނެޓް ފިލިޕީންސަށް ދެނީ
ސްޓާލިންކްގެ އިންޓަނެޓް ސްޕީޑް ދެގުނަ ހަލުވިކުރަނީ
ސްޕޭސް އެކްސްގެ "ސްޓާލިންކް" އިންޓަނެޓް ހަގީގަތަކަށް
މަތިންދާބޯޓްތަކަށް ސްޓާލިންކް އިންޓަނެޓް ދޭން މަޝްވަރާ
ސްޓާލިންކަށް އިންޑިއާއިން އަދި ހުއްދައެއް ނުދޭ
އެންމެ ބޮޑު މަހުޖަނު ނާސާ އަށް ދައުވާކޮށްފި
ހަނދަށް ދާ އުޅަނދަށް ބްލޫ އޮރިޖިނުން އާ ހުށަހެޅުމެއް
ބްރެންސަންގެ ކުންފުނިން އީލޮން ޖައްވަށް ދަނީ
މަހުޖަނު ހަނދަށް ދިއުމުގެ ކުރިން އައިއެސްއެސް އަށް
ގޫގުލް ކްލައުޑަށް ސްޓާލިންކް އިންޓަނެޓް