Roadha Mihaaru
ގޫގުލް ކްލައުޑަށް ސްޓާލިންކް އިންޓަނެޓް

ގޫގުލް ކްލައުޑަށް ސްޓާލިންކް އިންޓަނެޓް ގެންނަން އެއްބަސްވުމެއް ހަދައިފި

15 މެއި 2021

ކްލައުޑް ސާވިސްގައި ސްޓާލިންކްގެ އިންޓަނެޓް ބޭނުންކުރަން ގޫގުލް އިން ސްޕޭސް އެކްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކްލައުޑް ސާވިސްގައި ސްޓާލިންކްގެ އިންޓަނެޓް ބޭނުންކުރަން ގޫގުލް އިން ސްޕޭސް އެކްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގޫގުލް އިން ބުރާސްފަތި ދުވަހު ބުނީ އެއްބަސްވުމުގެ ދަށުން ސްޕޭސް އެކްސް އިން ސްޓާލިންކްގެ ޓާމިނަލްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ގޫގުލް ޑޭޓާ ސެންޓަރުތަކުގައި އިންސްޓްރޯލްކުރާނެ ކަމަށާއި އެއާ އެކު އެތަންތަނުގެ މަސައްކަތް ކުރިއަށް ވުރެ ހަލުވިވެ އަވަސްވެގެން ދާނެ ކަމަށެވެ. އެގޮތުން އިންސްޓޯލްކުރާ ސްޓާލިންކްގެ ފުރަތަމަ ޓާނިމަލްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އޮހައިއޯގެ އަލްބޭނީގައި ހުންނަ ޑޭޓާ ސެންޓަރުގަ އެވެ.

ގޫގުލް އިން ބުނީ ގޮތުގައި އެ ކުންފުނީގެ ކްލައުޑްގެ ޔުނިޓްތެ ތެރެއަށް ސްޓާލިންކް އިންޓަނެޓް ގެނައުމަކީ ކްލައުޑް ކަސްޓަމަރުންގެ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ހަމަމިއާ އެކު މީގެ ތެރެއިން އެކަހަރި ހިސާބުތަކަށް އިންޓަނެޓްފެ ހިދުމަތް ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތް ފުޅާވެގެން ދާނެ އެވެ. ދެ ކުންފުނިން ބުނެފައިވާ ގޮތުގައި އެކަހެރި ހިސާބުތަކަށް މި އަހަރުގެ ފަހުކޮޅު ސްޓާލިންކްގެ ހިދުމަތް ލިބެން ފަށާނެ އެވެ.

"މި މަސައްކަތުގެ ތެރެއިން ކްލައުޑް ސާވިސްގެ ތެރެއިން ސްޓާލިންކްގެ އިންޓަނެޓާ އެކު އިންގިލާބީ ބަދަލުތަކެއް ފެންނާނެ." ގޫގުލް ކްލައުޑްގެ އިންސްފްރާންސްޓްރަކްޝާ ޑިވިޝަންގެ ވައިސް ޕްރެޒިޑެންޓް އުރުޒް ހޯޒްލީ ވިދާޅުވި އެވެ.

ގޫގުލް އާއި މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް ސްޓާލިންކްގެ ހިދުމަތް ހޯދުމާ ގުޅޭ ގޮތުން އެއްބަސްވުމެއް ހެދި ސްޕޭސް އެކްސް އަކީ 2015 ގައި ގޫގުލް 900 މިލިއަން ޑޮލަރު ވެސް އިންވެސްޓްކޮށްފައިވާ ކުންފުންޏެކެވެ. އެއީ މަސައްކަތަށް ބޭނުންވާ އެކިއެކި ޓެކްނޮލޮޖީ ހޯދުމާއި ސްޓާލިންކް ވިއުގަ ބިނާކުރަން ބޭނުންވާ ސެޓެލައިޓް އުފެއްދުމަށެވެ.

ސްޓާލިންކަކީ އެތައް ސެޓެލައިޓެއް މެދުވެރިކޮށް ތަރައްގީކުރާ ވިއުގަ އެވެ. އެގޮތުން މިހާތަނަށް 1،625 ސެޓެލައިޓް ލޯންޗްކޮށްފައިވާ އިރު 1،550 ސެޓެލައިޓް ހުރީ ދުނިޔޭގެ އޯބިޓްގެ ތެރޭގަ އެވެ.

ސްޓާލިންކްގެ ހިދުމަތް ބީޓާ ވާޝަނުގައި ލިބެން ފެށީ މިދިޔަ އަހަރު އެވެ. އެގޮތުން އެމެރިކާ، ކެނެޑާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކާ އެކު މިހާރު ކަސްޓަމަރުންގެ އަދަދު 10،000 އަރަ އެވެ. ދާދި ފަހުން އީލޮން ވިދާޅުވި ގޮތުގައި ފެބްރިއަރީ މަހުގެ ތެރޭގައި ސްޓާލިންކްގެ ޕްރީ-އޯޑަރަކަށް ހުޅުވައިލި ފަހުން މިހާތަނަށް 500،000 އަށް ވުރެ ގިނަ އޯޑަރު ލިބިފައިވެ އެވެ.