10 މާޗް 2021
އީލޮން މަސްކްގެ ސްޕޭސް އެކްސް އިން "ސްޓާލިންކް" ގެ ނަމުގައި ކުރިއަށް ގެންދާ އިންޓަނެޓް ޕްރޮޖެކްޓާ ބެހޭ ގޮތުން ދައްކަން ހުރީ މުޅިން ވެސް އުފާވާ ކަހަލަ ވާހަކަތެކެވެ. ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް ޕްރި-އޯޑަރަށް ވެސް ހުޅުވާލާފައިވާ މި ޚިދުމަތުގައި މިފަހަރު އިއުލާނުކުރީ "ސްޓާލިންކް" ވިއުގަ މޮބައިލްކުރަން އުޅޭ ވާހަކަ އެވެ.
އީލޮން މަސްކްގެ ސްޕޭސް އެކްސް އިން "ސްޓާލިންކް" ގެ ނަމުގައި ކުރިއަށް ގެންދާ އިންޓަނެޓް ޕްރޮޖެކްޓާ ބެހޭ ގޮތުން ދައްކަން ހުރީ މުޅިން ވެސް އުފާވާ ކަހަލަ ވާހަކަތެކެވެ. ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް ޕްރި-އޯޑަރަށް ވެސް ހުޅުވާލާފައިވާ މި ޚިދުމަތުގައި މިފަހަރު އިއުލާނުކުރީ "ސްޓާލިންކް" ވިއުގަ މޮބައިލްކުރަން އުޅޭ ވާހަކަ އެވެ.
މާނަ އަކީ ގޭބިސީތަކާއި އޮފީސް ފަދަ ތަންތަނުން ބޭރުވެ ހިދުމަތް މިހާރު އެއަށް ވުރެ ފުޅާކުރުމެވެ. އެގޮތުން ބޮޑެތި މަތިންދާބޯޓްތަކާއި ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދުފަހަރަށް ވެސް ހިދުމަތް ދޭން ސްޕޭސް އެކްސް އިން މިހާރު ވަނީ އެކަމުގެ ހުއްދަ އަށް އެދިފަ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އަށް ސްޕޭސް އެކްސް އިން ހުއްދަ ހޯދަން ހުށަހެޅީ މިދިޔަ ހުކުރު ދުވަހު އެވެ.
SpaceX wants to connect more than just homes to its Starlink satellite internet:
— Michael Sheetz (@thesheetztweetz) March 8, 2021
The company submitted an FCC request to begin installing and operating terminals on "moving vehicles" – from cars and trucks to ships and jets. https://t.co/ekXLqjP1fy
މިކަމަކީ "ސްޓާލިންކް" ގެ އިންޓަނެޓްގެ ހިދުމަތް ވީހާ ވެސް ފުޅާކުރަން ސްޕޭސް އެކްސްގެ ހަވާސާގެ ތެރޭގައި ހިމަނާފައި އޮތް "އާތު ސްޓޭޝަންސް އިން މޯޝަން" ގެ ބައެކެވެ. އޭގެ މާނަ އަކީ އެއްގަމާއި ކަނޑާއި ވައިގެ އުޅަނދުތަކަށް "ސްޓާލިންކް" ގެ އިންޓަނެޓް ވިއުގަ ގެނެސްދިނުމެވެ.
"މީގެ ބޭނުމަކީ އިންޓަނެޓް ނުލިބޭ އެއްވެސް ވަގުތެއް މެދުވެރިވިޔަ ނުދިނުން" ކަމަށް އެފްސީސީ އަށް ސްޕޭސް އެކްސް ހުށަހެޅި ޑޮކިއުމަންޓްތަކުގައި ބުނެފައިވެ އެވެ.
Not connecting Tesla cars to Starlink, as our terminal is much too big. This is for aircraft, ships, large trucks & RVs.
— Elon Musk (@elonmusk) March 8, 2021
ނަމަވެސް ހިދުމަތް ފުޅާކުރަން ކުރިއަށް ގެންދަން ނިންމާފައިވާ "އާތު ސްޓޭޝަންސް އިން މޯޝަން" އެންމެ ފުރަތަމަ ހާއްސަ ކުރާނީ އެންމެ ބޮޑެތި އުޅަނދުފަހަރަށެވެ. އޭގެ ފަހުން ކުޑަ ސައިޒްތަކަށް ވިއުގަ ލިބޭނެ ގޮތް ހަދާނެ އެވެ. މި ވާހަކަ އީލޮން ވެސް ޓްވީޓްކުރައްވާފައިވެ އެވެ.
ސްޓާލިންކަކީ ޖައްވަށް އެތައް ސަތޭކަ ސެޓެލައިޓް ފޮނުވައިގެން ބިނާކުރަމުން އަންނަ ވިއުގައެކެވެ. މަޝްރޫއުގެ ފުރަތަމަ މަރުހަލާ ނިމޭ އިރު 12،000 ސެޓެލައިޓް ލޯންޗްކުރާނެ އެވެ. މި އަހަރު ނުވަތަ އަންނަ އަހަރު ނިމޭ އިރު 1،440 ސެޓެލައިޓް ލޯންޗްކުރާނެ އެވެ. އަދި މިހާރު އިތުރު 3،000 ސެޓެލައިޓްގެ ހުއްދަ ހޯދަން ވަނީ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔުނިއަން (އައިޓީޔޫ) އަށް އެފްސީސީ އަށް ހުށަހަޅައިފަ އެވެ.
ގޫގުލް ކްލައުޑަށް ސްޓާލިންކް އިންޓަނެޓް
ސްޓާލިންކްގެ އިންޓަނެޓް ފިލިޕީންސަށް ދެނީ
ސްޓާލިންކްގެ އިންޓަނެޓް ސްޕީޑް ދެގުނަ ހަލުވިކުރަނީ
އެންމެ ގިނަ ސެޓެލައިޓްގެ ކޮންޓްރޯލް އީލޮން މަސްކަށް
މަތިންދާބޯޓްތަކަށް ސްޓާލިންކް އިންޓަނެޓް ދޭން މަޝްވަރާ
ސްޓާލިންކަށް އިންޑިއާއިން އަދި ހުއްދައެއް ނުދޭ
ސްޓާލިންކް އިންޓަނެޓަށް 500،000 އަށް ވުރެ ގިނަ އޯޑަރު
އަހަރުގެ ފަހުކޮޅު ސްޓާލިންކް އިންޓަނެޓް މޮބައިލްކުރެވޭނެ
ސްޕޭސް އެކްސްގެ "ސްޓާލިންކް" އިންޓަނެޓް ހަގީގަތަކަށް
އިންޑިއާއިން ސްޓާލިންކަށް ހުއްދަ ދޭނީ ޝަރުތުކޮށްފައި