Roadha Mihaaru

ތިލަފުށީ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލައިފި

ކ. ތިލަފުށީގައި ހިނގި އެކްސިޑެންޓަށް ފަހު ފިލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ޑްރައިވަރު ބަންދުން ދޫކޮށްލައިފި އެވެ.

ތިލަފުށީ އެކްސިޑެންޓު: ލޮރީގެ ޑްރައިވަރު ދޫކޮށްލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 ސެޕްޓެމްބަރ 2025

ކ. ތިލަފުށީގައި ހިނގި އެކްސިޑެންޓަށް ފަހު ފިލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ޑްރައިވަރު ބަންދުން ދޫކޮށްލައިފި އެވެ.

އެކްސްކަވޭޓަރެއްގެ ކައިރީގައި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހުނު މައްސަލައިގައި ބުރާސްފަތި ދުވަހު ހައްޔަރުކުރީ، އެ އުޅަނދު ދުއްވަން އިން 28 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

ނަމަވެސް، ބޮޑެތި އަނިޔާތަކެއް ވެފައި ވަނިކޮށް މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ފިލާފައިވާ ކަމަށް ތުހުމަތުކުރިއަސް އެ ތުހުމަތާ ގުޅިގެން ފުލުހުންގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ބަންދުން ދޫކޮށްލި އަމުރުގަައި ވެ އެވެ.

އެހެންވެ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ރޭ އެ މީހާ ވަނީ ދޫކޮށްލައިފަ އެވެ.

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސްރީލަންކާގެ ފިރިހެނަކަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާއަށް އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.