Roadha Mihaaru
ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ދުއްވި މީހާ ޖަލަށް

ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ސައިކަލު ދުއްވި މީހާ ދެ އަހަރަށް ޖަލަށް

06 ނޮވެމްބަރ 2023

މާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި، ސައިކަލު ދުއްވި މީހާ ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި، ސައިކަލު ދުއްވި މީހާ ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިދިޔަ ޖޫން މަހު ފަތިސް ނަމާދުން ފައިބައިގެން ހަޒީފް ހިނގާފައި ދަނިކޮށް، ލައިސަންސް ނެތް މީހަކު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހި އެކްސިޑެންޓްވުމުން ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބި، ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ގެންދަން ޖެހުނެވެ.

އެ މައްސަލާގައި ސައިކަލު ދުއްވި ރ. އިނގުރައިދޫ ލެގޫންވިއު، ޝަމްއާން އަބްދުއްޝުކޫރުގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ. އަދި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ކޯޓުގައި އޭނާ ކުށަށް އިއުތިރާފްވި އެވެ.

ނަމަވެސް އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

ކޯޓުގެ ހުކުމުގައިވަނީ އޭނާގެ އިއުތިރާފުން އެ ކުށް ސާބިތުވާ ކަމަށެވެ. އަދި އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތަށް ދެ އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު އަދަބެއް ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ޝަމްއާން ކުރިން ހައްޔަރު ކުރުމަށްފަހު ފަހުން ހުރީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ.