05 ޖުލައި 2022
އެކްސިޑެންޓެއްގައި މީހެއްގެ އެއް ލޮލުގެ ފެނުން ގެއްލުނު މައްސަލާގައި ކުށްވެރިވި މީހަކު 144،000ރ. އިން ޖޫރިމަނާކޮށް އަދި ނުވަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެކްސިޑެންޓެއްގައި މީހެއްގެ އެއް ލޮލުގެ ފެނުން ގެއްލުނު މައްސަލާގައި ކުށްވެރިވި މީހަކު 144،000ރ. އިން ޖޫރިމަނާކޮށް އަދި ނުވަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މީގެ ހަ އަހަރު ކުރިން، 2016 ވަނަ އަހަރު ބޮޑުތަކުރުފާނުމަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގީ ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އެ ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސެއް ނެތެވެ.
އަނެއް ސައިކަލުގައި އިން މީހާގެ އެއް ލޮލުގެ ފެނުން އެ އެކްސިޑެންޓްގައި ދާއިމަށް ވަނީ ގެއްލިފަ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ އޭނާ ކޮށްފައިވާ ފަރުވާ ކުޑަ އަމަލެއް ކަމަށެވެ. އަދި މަގުގެ މެދު ރޮނގު ހުރަސް ކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އަނިޔާއެއް ދިނުމުގެ ކުށް އެ މައްސަލާގައި މައްޗަށް ސާބިތުވިއިރު އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމެވެ. އަދި އެކި ސަބަބުތަކާ ހެދި މައްސަލަ ލަސްވެފައިވާތީ އޭނާގެ އަދަބުގެ ދަރަޖަ ދަށްކުރަން ހުކުމުގައި ނިންމާފައިވެ އެވެ. އެގޮތަށް ދަށްކުރުމުން އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރީ އޭނާއަކީ ކުށުގެ ވެށީގައި އުޅޭ މީހަކަށް ނުވާތީ އެވެ. ނުވަ މަސް ދުވަހުގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމުން ޖެހެނީ 144،495ރ. އެވެ. އެ ފައިސާ 12 މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
އަދަބުގައި ބާކީ އޮތް 18 ދުވަހުގެ ތެރެއިން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ނުވަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ދުއްވި މީހާ ޖަލަށް
ޝިއުނާގެ މަރު: ކާރު ދުއްވި މީހާ ސަލާމަތްވެއްޖެ
މީހަކު މަރުވިއްޔާ ނޫނީ ހަމަ ފިޔަވަޅެއް ނޭޅެނީތަ؟!
އެކްސިޑެންޓްތަކާ ގުޅިގެން ދައުވާނުކުރާނޭ ހީވުމަކީ ގޯހެއް
މި ރޯދަމަހު މާލޭގައި 151 އެކްސިޑެންޓް
ގާސިމްގެ މަރަށް 10 އަހަރު ފަހުން ދިޔަ ދޭން ޖެހިއްޖެ
ކުއްޖަކު މަރުވި އެކްސިޑެންޓް: އެއް މިލިއަންގެ ދިޔައެއް
ޗައިނާ މީހަކު މަރުވި އެކްސިޑެންޓް:ކުށް ސާބިތެއް ނުވި
ރާ ފެނުނު ކާރެއްގައި ތިބި ބަޔަކު ދޫކޮށްލަން އަންގައިފި
ގަސްދުގައި ސައިކަލެއްގައި ޖެއްސި މީހަކު މަރުވެއްޖެ