Roadha Mihaaru
ގާސިމްގެ މަރަށް 10 އަހަރު ފަހުން ދިޔަ ދޭން ޖެހިއްޖެ

ގާސިމްގެ މަރަށް 10 އަހަރު ފަހުން މަރުގެ ދިޔަ ދޭން ޖެހިއްޖެ

17 ޖެނުއަރީ 2023

މީގެ 10 އަހަރު ކުރިން މާލޭގައި ފުލުހުންނަށް ފިލަން ދުއްވަނިކޮށް ހިނގި އެކްސިޑެންޓެއްގައި މަގުމަތީގައި ހުރި މީހަކު މަރުވި މައްސަލާގައި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ދައްކަން ކ. މާފުށީ ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 10 އަހަރު ކުރިން މާލޭގައި ފުލުހުންނަށް ފިލަން ދުއްވަނިކޮށް ހިނގި އެކްސިޑެންޓެއްގައި މަގުމަތީގައި ހުރި މީހަކު މަރުވި މައްސަލާގައި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ދައްކަން ކ. މާފުށީ ކޯޓުން ހުކުމްކޮށްފި އެވެ.

އޮގަސްޓް، 2012 ގައި ފުލުހުންނަށް ފިލަން ސައިކަލެއްގައި ބާރު ސްޕީޑްގައި ދުއްވަން ދަނިކޮށް، ޖަސްޓިސް ބިލްޑިން ކުރިމަތީގައި ސައިކަލެއްގައި މަޑުކޮށްގެން ހުރި ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމްގެ ގައިގައި އެ ސައިކަލުން ޖެހި އޭނާ ވަނީ މަރުވެފަ އެވެ.

އެ މައްސަލާގައި އެކްސިޑެންޓްވި އަދި ފިލަން ސައިކަލުގައި ދުއްވަން އިން ގއ. ގެމަނަފުށީ ނޫރުއްސަބާހު އަހުމަދު ނާދީ ސަލީމްގެ މައްޗަށް މާފުށީ ކޯޓުން ހުކުމްކުރީ މިދިޔަ ހަފުތާގަ އެވެ. އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވި އެވެ.

އެ ހާދިސާ ހިނގިއިރު އަމަލުކުރި ކުރީގެ ގާނޫނުލް އުގޫބާތުގައި އެފަދަ ކުށަށް އޮންނަނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބެއް ދިނުމަށެވެ. އިސްލާމީ ޝަރީއަތުގެ ދަށުން އެ ކުށުގެ އަދަބަކީ މަރުގެ ދިޔަ ދެއްކުން ކަމަށްވާތީ ކޯޓުގެ ހުކުމުގައި އަންގާފައިވަނީ ގާސިމްގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ފަސް އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށާއި އަދި ކައްފާރާގެ ގޮތުން ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމަށެވެ.

އެ މައްސަލާގައި ނާދީ މައްޗަށް ފުރަތަމަ ދައުވާކުރީ ކްރިމިނަލް ކޯޓުގަ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް ކުރިއަށް ގެންގޮސްފައި ވަނިކޮށް އެ ދައުވާ އަނބުރާ ގެންދިއުމަށްފަހު އޭނާގެ މައްޗަށް މާފުށީ ކޯޓުގައި ދައުލަތުން އެ ދައުވާކުރީ 2021 ވަނަ އަހަރު އެވެ.