Roadha Mihaaru
ގަސްދުގައި ސައިކަލެއްގައި ޖެއްސި މީހަކު މަރުވެއްޖެ

ގަސްދުގައި ސައިކަލެއްގައި ޖެއްސި މީހަކު މަރުވެއްޖެ

16 ފެބުރުއަރީ 2020

މާލޭގައި ރޭ ގަސްދުގައި ސައިކަލެއްގައި ޖެއްސި ޒުވާނަކު މަރުވެއްޖެ އެވެ.

މާލޭގައި ރޭ ގަސްދުގައި ސައިކަލެއްގައި ޖެއްސި ޒުވާނަކު މަރުވެއްޖެ އެވެ.

ބުރުޒުމަގުގައި ރޭ 10:30 ވާން އުޅެނިކޮށް ކުރި މި އެކްސިޑެންޓުގައި މަރުވެފައި ވަނީ ހ. ބްލޫބާޑުގޭ މުހައްމަދު މިދުހަތު 26، އެވެ. އޭނާ މަރުވީ، ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް ރޭ ދަންވަރު 1:45 ހާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ، ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި، އެ މަގުން އިރުން ހުޅަނގަށް ދިޔަ އެހެން ސައިކަލަކުން ޖައްސައި އެކްސިޑެންޓު ކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 10:28 ހާއިރު ލިބުނު ކަމަށެވެ.

ގަސްދުގައި ސައިކަލެއްގައި ޖެއްސި ޒުވާނާ ރޭ ހޮސްޕިޓަލަށް ގެންދަނީ.

ގަސްދުގައި ސައިކަލެއްގައި ޖެއްސި ޒުވާނާ ރޭ ހޮސްޕިޓަލަށް ގެންދަނީ.

އެ ތަނުން އެއް ސައިކަލް ދުއްވަން އިނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަަމަށާއި އެ ސައިކަލްގެ ފަހަތުގައި 22 އަހަރުގެ އަންހެނަކު އިން ކަމަށް ފުލުހުން ބުނެ އެވެ. އަނެއް ސައިކަލް ދުއްވަން އިން މީހާގެ އުމުރަކީ 26 އަހަރެވެ. މި އެކްސިޑެންޓުގައި މަރުވީ 26 އަހަރުގެ އެ ޒުވާނާ އެވެ.

ފުލުހުން ބުނީ، މަރުވީ އަނެއް ސައިކަލްގައި ޖެއްސި ޒުވާނާ ކަމަށެވެ.

އެއް ސައިކަލެއްގައި ތިބި ފިރިހެންމީހާ އާއި އަންހެންމީހާ އަށް ވެސް އަނިޔާވެގެން ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ. އަންހެންމީހާ އަށް ފަރުވާދިނީ އައިޖީއެމްއެޗުގަ އެވެ. ފިރިހެންމީހާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

ގަސްދުގައި ސައިކަލެއްގައި ޖެއްސި ޒުވާނާ ރޭ ހޮސްޕިޓަލަށް ގެންދަނީ.

ގަސްދުގައި ސައިކަލެއްގައި ޖެއްސި ޒުވާނާ ރޭ ހޮސްޕިޓަލަށް ގެންދަނީ.

ފުލުހުން ބުނިގޮތުގައި، މި ސައިކަލް ދުއްވަން ތިބި ދެ މީހުންގެ އަތުގައި ވެސް ލައިސަންސެއް ނެތެވެ.

އެކްސިޑެންޓުގައި މަރުވި މިދުހަތަކީ 2016 ވަނަ އަހަރު ސ. މަރަދޫ، ހުދުހިރި، އަހުމަދު މަފާޒް (މަފާ)ގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އެކެކެވެ.