17 ފެބުރުއަރީ 2019
ސެނަހިޔާ ހޮސްޕިޓަލު ކައިރިން ކަފިހިހުރަހަކުން މަގު ހުރަސްކުރަން އުޅެނިކޮށް އެކްސިޑެންޓުވި އުމުރުން 46 އަހަރުގެ އަންހެނެއްގެ ގައިގައި ކާރަކުން ޖެހުނު މައްސަލައިގައި ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ސެނަހިޔާ ހޮސްޕިޓަލު ކައިރިން ކަފިހިހުރަހަކުން މަގު ހުރަސްކުރަން އުޅެނިކޮށް އެކްސިޑެންޓުވި އުމުރުން 46 އަހަރުގެ އަންހެނެއްގެ ގައިގައި ކާރަކުން ޖެހުނު މައްސަލައިގައި ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެކްސިޑެންޓުވި އަންހެން މީހާއަށް ފަރުވާދެނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އޭނާގެ ހާލަތު މި ވަގުތު ވަރަށް ނާޒުކު ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
އެކްސިޑެންޓުވި އަންހެން މީހާއަކީ އުމުރުން 18 މަހުގެ ތުއްތު ކުއްޖެއްގެ މަންމަ އެވެ. އެނގިފައިވާ ގޮތުގައި ކާރުގައި ޖެހި ވެއްޓުމުން އޭނާ ބޯ ޖެހުނީ ބިންމަތީގަ އެވެ. ވަރަށް ބޮޑަށް ބޮލަށް ލޭ އެޅިފައިވާ ކަމަށްވެ އެވެ.
އެ މައްސަލައިގައި ފުލުހުން މިރޭ ބުނީ ވަރަށް ސީރިއަސް ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ އެކްސިޑެންޓު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ޖިނާއީ ދައުވާ ކުރުމަށް ފޮނުވާނެ ކަމަށް ވެސް ބުންޏެވެ.
ޓެކްސީ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި ހުއްދަ ބާތިލް ކުރީ ފުލުހުން އެދިގެން ކަމަށް ވެސް މިރޭ އެ އިދާރާއިން ހާމަ ކުރި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނީ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓާފައި ވަނީ ދެ އަހަރަށް ކަމަށެވެ. އަދި އޭނާ ޓެކްސީ ދުއްވުމުގެ ހުއްދަ ވެސް މިހާރު ބާތިލްކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ޑްރައިވަރުގެ ލައިސަންސް ބާތިލްކޮށްފައި މި ވަނީ އޭނާގެ ނަމާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އިތުރު އަންހެނަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެ އެވެ.
ޓެކްސީ ޑްރައިވަރުގެ ހުއްދަ ބާތިލްކޮށްފި
އެހެން ވެހިކަލްތައް މަޑުކުރި، ޓެކްސީ އައީ ދުންޖަހާފައި
އެކްސިޑެންޓްތަކާ ގުޅިގެން ދައުވާނުކުރާނޭ ހީވުމަކީ ގޯހެއް
މި ރޯދަމަހު މާލޭގައި 151 އެކްސިޑެންޓް
ގަސްދުގައި ސައިކަލެއްގައި ޖެއްސި މީހަކު މަރުވެއްޖެ
ކޮންކްރީޓް ޕަމްޕަކުން ޖެހި މީހެއްގެ ފައި ޗިސްވެއްޖެ
އެކްސިޑެންޓަށް އަހަރެއް؛ މެސެޖާއެކު އޮއްތޮ މަގުމައްޗަށް
އެކްސިޑެންޓްގައި އަނިޔާވި މީހާ އަންނަނީ ރަނގަޅުވަމުން
ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ޓެކްސީއެއް އަރައިފި
ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ދުއްވި މީހާ ޖަލަށް