02 ޖެނުއަރީ 2018
އައްޑޫ ލިންކް ރޯޑުގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓުގައި ސައިކަލުގައި ޖެހުނު ޕިކަޕް ދުއްވަން އިން ޑްރައިވަރުގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހަ ދުވަސް އިތުރު ކޮށްދީފި އެވެ.
އައްޑޫ ލިންކް ރޯޑުގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓުގައި ސައިކަލުގައި ޖެހުނު ޕިކަޕް ދުއްވަން އިން ޑްރައިވަރުގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހަ ދުވަސް އިތުރު ކޮށްދީފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީގެ އެ ޕިކަޕާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި ގދ. ވާދޫ، އުމުރުން 13 އަހަރުގެ އަރުޝާން އިބްރާހީމް ވަނީ މަރުވެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ތިން ދުވަސް ފަހުން، ޕިކަޕްގެ ޑްރައިވަރު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.
އެކްސިޑެންޓްވި އިރު އަރުޝާން އިނީ ސައިކަލުގެ ފަހަތުގަ އެވެ. އަދި ސައިކަލު ދުއްވަން އިން ސ. މަރަދޫ އަނަަސް ހުސެން އަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ މަގުގެ ސައިކަލް ދުއްވާފައި ދަނިކޮށް އޭގެ ފަހަތުން އައި ޕިކަޕު ސައިކަލުގައި ޖެހިގެންނެވެ.
މިހާރު މާލޭގައި ފަރުވާ ހޯދަމުން އަންނަ އަނަސް ބުނީ ޕިކަޕް ފަހަތުން އައިސް ސައިކަލުގައި ޖެއްސީ، ސްޕީޑް ބްރޭކަރަކަށް އޭނާ ސައިކަލު މަޑުކޮށްލި ވަގުތު ކަމަށެވެ. އަދި ޕިކަޕް ދުއްވާފައި އައީ ވަރަށް ބާރަށް ކަމަށް ވެސް އޭނާ ބުންޏެވެ.
އަނަސް ބުނީ ޕިކަޕުގައި ޑްރައިވަރާއެކު އޭނާގެ ތިމާގެ އަންހެނަކު ވެސް އިން ކަމަށާއި ސައިކަލުގައި ޖެހިދާނެ ކަމަށް ޑްރައިވަރު ކައިރީގައި އޭނާ ބުނި ކަމަށެވެ.
"އެކަމަކު ޑްރައިވަރު ބުނީ އޯކޭ ވާނެއޭ ނުޖެހޭނެއޭ،" އައިޖީއެމްއެޗުގައި މިހާރު ފަރުވާ ހޯދަމުން އަންނަ އަނަސް ބުންޏެވެ.
ވާދޫ ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުން އައި އަރުޝާން އައްޑު އަށް ދިޔައީ، މިއީ ސްކޫލް ބަންދު ދުވަސްވަރުކަމުން، މަޖާކޮށްލުމަށެވެ. އަރުޝާން އައްޑު އަށް ކުރި ފުރަތަމަ ދަތުރުގައި އެކްސިޑެންޓުވީ، ބޭބެއަކާ އެކު އިންޖީނު ދޯންޏެއްގައި އައްޑު އަށް ގޮސް ބޭބެ ދޯނީގައި މަޑުކުރުމަށް ފަހު، މަރަދޫގައި ހުންނަ ރަހުމަތްތެރިޔާގެ ގެ އަށް ދިޔަ މަގުމަތީގަ އެވެ.
ގާސިމްގެ މަރަށް 10 އަހަރު ފަހުން ދިޔަ ދޭން ޖެހިއްޖެ
ގަސްދުގައި ސައިކަލެއްގައި ޖެއްސި މީހަކު މަރުވެއްޖެ
މަރާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލައިފި
އެކްސިޑެންޓްވި ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފި
ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި
ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ދުއްވި މީހާ ޖަލަށް
މީހަކު މަރުވިއްޔާ ނޫނީ ހަމަ ފިޔަވަޅެއް ނޭޅެނީތަ؟!
އެކްސިޑެންޓްތަކާ ގުޅިގެން ދައުވާނުކުރާނޭ ހީވުމަކީ ގޯހެއް
މަރުވީ ކާރެއް ނަގަންދިޔަ ފުލުހުންގެ ޕިކަޕްގައި ޖެހިގެން