އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ކަމުގެ ރިޕޯޓަކާ ގުޅިގެން ހުއްޓުވައި ފާސްކުރި ކާރަކުން ބަނގުރާ ފެނުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކުރި ނަމަވެސް އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔަ ކަމުގެ ސަބަބަށް އެކަނި ބުރަވެ ފުލުހުންނަށް ކާރު ފާސް ނުކުރެވޭނެ ކަމަށް ބުނެ އެ މައްސަލާގައި ހިމެނޭ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
30 ޖޫން 2021
އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ކަމުގެ ރިޕޯޓަކާ ގުޅިގެން ހުއްޓުވައި ފާސްކުރި ކާރަކުން ބަނގުރާ ފެނުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކުރި ނަމަވެސް އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔަ ކަމުގެ ސަބަބަށް އެކަނި ބުރަވެ ފުލުހުންނަށް ކާރު ފާސް ނުކުރެވޭނެ ކަމަށް ބުނެ އެ މައްސަލާގައި ހިމެނޭ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މާލޭގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓްވުމުން ވެސް މަޑުނުކޮށް ދުއްވާފައި ދިޔަ ކަމަށް ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން އެ ކާރު ހުއްޓުވައި، ކާރު ފާސް ކުރިއިރު ބަނގުރާ އަޅާފައި ހުރި ތިން ފުޅި ކާރުތެރެއިން ފެނުނެވެ. ކޯޓު އަމުރެއް ނެތި އުޅަނދު ފާސްކުރުން އާންމު އުސޫލުން މަނާ ވިޔަސް، ކޯޓު އަމުރެއް ނެތި އެ ކާރު ފާސްކުރީ ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ފުލުހުންނަށް ގަބޫލު ކުރެވުމުން ކަމަށް ކޯޓުގައި ވަނީ ބުނެފަ އެވެ.
މަސްތުވާއެއްޗެއް ނުވަތަ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް އުޅަނދެއްގައި ހުރި ކަމަށް ބެލެވޭ ނަމަ، ކޯޓު އަމުރެއް ނެތި އުޅަނދެއް ފާސް ކުރެވިދާނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނެފައިވެ އެވެ.
ކާރުން ބަނގުރާ ފެނުނު މައްސަލާގައި ކާރުގައި ތިބި ހަތަރު މީހަކު ހައްޔަރު ކުރިޔަސް، ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރީ އެ އެންމެން ދޫކޮށްލުމަށެވެ. އެއީ ކާރު ފާސްކުރީ ކޯޓު އަމުރެއް ނެތި ކަމަށް ވުމާއި އެ އުޅަނދު ހުއްޓުވީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެވެ.
ކޯޓުގެ ނިންމުމުގައިވަނީ އެ ކާރު ހުއްޓުވީ މަސްތުވާ އެއްޗެއްގެ ތުހުމަތެއް އޮވެގެން ނޫން ކަމަށެވެ. އަދި އެކްސިޑެންޓްވުމުން ކާރު މަޑުނުކޮށް ދިޔަ ކަމަށް ބުނާ ސަބަބަށް އެކަނި، ކޯޓު އަމުރެއް ނެތި އެ ކާރު ފާސްކުރުމަކީ އެކަށީގެންވާ ސަބަބެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ.
މީގެ އިތުރުން ދުއްވާފައިވާ ދާ އުޅަނދެއް ހުއްޓުވުމުގައި އަމަލު ކުރަންޖެހޭ އިޖްރައާތުތައް ފުލުހުން ފުރިހަމަ ނުކުރާ ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، އުޅަނދު ފާސް ކުރުމުގައި އަމަލުކުރި އިޖްރައާތު ގޯސްވެފައިވާތީ ކަމަށް ބުނެ އެ ނިންމުމުގައިވަނީ އެ ހަތަރު މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދު ބުނާގޮތުން ދުއްވާފައިވާ ދާ އުޅަނދެއް މަޑުކުރަން އެންގުމުން މަޑުނުކޮށްފި ނަމަ، އެ އުޅަނދެއް ފަހަތުން ދިއުމާއި އުޅަނދުގެ ފުރޮޅު ފަޅާލައިގެެން އުޅަނދު ހުއްޓުވުމާއި ސައިރަން އަޅާފައި ގޮސް އެ އުޅަނދެއް ހުއްޓުވުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ.
ތަހުގީގަށް ބަންދު ނުކުރުން: އާންމުންނަށް ނެތް ހައްގެއް
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
"ވާނުވާގައި" އަދިވެސް އޮތީ ވާހަކަ، ނެތީ ހައްލެއް!
"ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖެ ދަނީ ބަދަލުވަމުން"
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
ކޭއެފްސީއަށް ގެއްލުންދިން މީހާގެ ބަންދަށް 30 ދުވަސް
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟