25 ސެޕްޓެމްބަރ 2024
މިދިޔަ ހަފުތާ ނިމިގެން ދިޔައީ ސިއްސައިގެންދާ ވަރުގެ ކުށުގެ ބޮޑެތި މައްސަލަތައް ފެންމަތިވެގެންނެވެ. މީހުން ނިދާފައި ތިއްބާ ގޭގެ އަށް ވަދެ، ފޭރެމުން ދަނީ ކަރުގައި ވަޅި ޖައްސައިގެންނެވެ. އަނެއް ބަޔަކު ދަންވަރު ގެއަކަށް ވަދެ، މީހަކަށް ބޮޑެތި އަނިޔާތައް ދެމުންދަނީ މާސްކް އަޅައިގެން ތިބެގެންނެވެ. މީހަކު ރަހީނު ކުރުމަށް ފަހު، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައެއްގައި ވެސް ބަޔަކު ހައްޔަރު ކުރަން ޖެހުނެވެ. މިއީ ރާއްޖޭގައި ކުށުގެ ވެށި ފުޅާވަމުންދާ ވަރުގެ ކުޑަ މިސާލެކެވެ.
މިދިޔަ ހަފުތާ ނިމިގެން ދިޔައީ ސިއްސައިގެންދާ ވަރުގެ ކުށުގެ ބޮޑެތި މައްސަލަތައް ފެންމަތިވެގެންނެވެ. މީހުން ނިދާފައި ތިއްބާ ގޭގެ އަށް ވަދެ، ފޭރެމުން ދަނީ ކަރުގައި ވަޅި ޖައްސައިގެންނެވެ. އަނެއް ބަޔަކު ދަންވަރު ގެއަކަށް ވަދެ، މީހަކަށް ބޮޑެތި އަނިޔާތައް ދެމުންދަނީ މާސްކް އަޅައިގެން ތިބެގެންނެވެ. މީހަކު ރަހީނު ކުރުމަށް ފަހު، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައެއްގައި ވެސް ބަޔަކު ހައްޔަރު ކުރަން ޖެހުނެވެ. މިއީ ރާއްޖޭގައި ކުށުގެ ވެށި ފުޅާވަމުންދާ ވަރުގެ ކުޑަ މިސާލެކެވެ.
"ފުލުހުންނާއި ސިފައިން ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނަގައިގެން ކީއްތަ މިކުރަނީ. ރާއްޖޭގެ ރަށްތަކުގެ އަމާން ކަމެއް ނުބެލެހެއްޓޭ. ގައުމީ ހިދުމަތަކަށް ވަނީ ބަޔަކު އެރީމަ ތަ،" އާންމުން މީހަކު ފާޅުކުރި ހިޔާލެއްގައިވެ އެވެ.
އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ކުށްކުރާ މިފަދަ މައްސަލަތަކުގެ ހައްޔަރު ކުރެވޭ މީހުންގެ ތެރެއިން ގިނައީ ތަފާތު އެކި ކުށްތަކުގެ ކުށްތަކުގެ ރެކޯޑް އޮންނަ އަދި ކުށުގެ ވެށީގައި އުޅޭ މީހުންނެވެ. އެހެންވެ، މިފަދަ ކޮންމެ މައްސަލައަކާ އެކު ވެސް ފުލުހުންނަށް ކުރިމަތިވާ އެންމެ ބޮޑު ފާޑު ކިޔުމަކީ އަދި އެންމެ ގިނައިން އަމާޒުވާ ސުވާލަކީ އެހާ ނުރައްކާތެރި ބަޔަކު ދޫވެފައި ތިބި ސަބަބާ މެދު އެވެ. އެހެން ނަމަވެސް އޭގެ އަނެއްކޮޅުން އަބަދުވެސް ދައްކަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ނިޒާމު (ވާނުވާ ޖެހުން) އުވާލުމުގެ ވާހަކަ އެވެ.
"ބޮޑު ކަމެއް ހިނގީމަ މި ބުނަނީ ފުލުހުންނާއި ކޯޓުތަކުން މީހުން ދޫކުރަނީއޭ."
ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ކޯޓަކުން ބަންދުން ދޫކޮށްލާ އިރަށް ކޯޓުތަކަށް ފާޑުކިޔުން އަމާޒުވާއިރު، އަނެއްކޮޅުން ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބައިތިއްބަން ކޯޓުތަކުން އަމުރު ކުރާތީ އޮންނަ ފާޑުކިޔުން ވެސް އެހާމެ ބޮޑެވެ. ކުރުކޮށް، ބުނާ ނަމަ މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގެ މައްސަލާގައި ކުރަންވީ ކަމެއް އަދި ނުކުރަންވީ ކަމެއް ނޭނގޭ ވަރަށް، ފުލުހުންނާއި ކޯޓުތަކާއި ދައުލަތުގެ މުއައްސަސާތައް މި އޮތީ ތާށިވެފަ އެވެ.
ކްރިމިނަލް ކޯޓް --- ފޮޓޯ/މިހާރު
ހާއްސަ އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ ކުށެއް ސާބިތުނުވާހާ ހިނދަކު، ތުހުމަތު ކުރެވޭ މީހާ މިނިވަންކޮށް ބަހައްޓައިގެން ތަހުގީގާއި ޝަރީއަތް ކުރިއަށް ގެންދަން ޖެހޭ ގޮތަށް ލިޔެފައި އޮތް ގާނޫނުއަސާސީގެ 49 ވަނަ މާއްދާއަކީ އެއްވެސް އިރަކު ރާއްޖޭގައި ފުރިހަމަ އަށް ތަންފީޒު ކުރެވުނު މާއްދާއެއް ނޫނެވެ. ގާނޫނުއަސާސީގެ މަގްސަދަކީ ތުހުމަތެއް ކުރެވުނަސް، ކުށް ސާބިތުނުވާހާ ހިނދަކު ބަންދުން މިނިވަންކޮށްފައި ބެހެއްޓުން ކަމަށް ވިޔަސް، އާދައިގެ ކުދި ތުހުމަތުތަކުގައި ވެސް މީހުން ހައްޔަރު ކުރަންޖެހޭ ވަރު ރާއްޖޭގައި ނިސްބަތުން ގިނަ އެވެ.
މިސާލަކަށް، އެތައް ސަތޭކަ މައްސަލައެއްގެ ކުށުގެ ރެކޯޑް އޮންނަ މީހަކު ފިހާރައަކުން ސެންޓް ފުޅިއެއް ވަގަށް ނެގުން ފަދަ އާދައިގެ ތުހުމަތެއްގައި ހައްޔަރު ކޮށްފާނެ އެވެ. އެ ހާލަތުގައި ކުށުގެ ރެކޯޑަށް ބެލުމަށް ފަހު، އެ މީހާ ބަންދުކޮށްފި ނަމަ ގިނައިން އަމާޒުވާ ފާޑު ކިޔުމަކީ ވާނުވާގައި އެތައް އަހަރެއް ވަންދެން ބެހެއްޓުމުގެ ލާ އިންސާނީ ކަމުގެ ވާހަކަ އެވެ. ނަމަވެސް އަނެއްކޮޅުން އެ މީހާ ދޫކޮށްލައިފި ނަމަ ފުލުހުންނާއި ކޯޓުތަކަށް ވުރެ އަމާޒުވާނީ އެ އަށް ވުރެ ގިނަ ފާޑުކިޔުންތަކެވެ.
"ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު ކޮންމެވެސް ގޮތަކުން ދޫވި. އަނެއްކާވެސް ތުހުމަތު ކުރެވުނީ އެގޭ އެހެން ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް."
ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑުވެފައި އޮތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު އެތައް އަހަރެއް ވާއިރު ވެސް، މައްސަލަ ނުނިމޭތީ އެވެ. އެހެންވެ، ހަގީގަތުގައި މައްސަލައަކީ ޝަރީއަތް ނިމެންދެން ބަންދު ކުރުމެއް ނޫނެވެ. އެއާ ހިލާފަށް، މައްސަލައަކީ ބަންދު ކުރުމަށް ފަހު، ގާނޫނު ތަސައްވުރު ކުރާ އަވަސް މިނުގައި ޝަރީއަތްތައް ނުހިނގާތީ އެވެ. މިކަމަށް ހައްލު ގެންނަން އެތައް ފަހަރެއްގެ މަތިން ގާނޫނު އިސްލާހުކުރި ނަމަވެސް ކޯޓުތަކުގެ ވަސީލަތްތައް ހުރީ އެ ފެންވަރުގައެއް ނޫނެވެ.
ނަމަވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ނިޒާމު އުވާލުމަކީ ކޮންމެ އިންތިހާބެއްގައި ވެސް ތާއީދު ހޯދަން ސިޔާސީ ގޮތުން ވަމުންދާ ވައުދެކެވެ. އެކަމަކު، ހަގީގަތުގައި އެ ނިޒާމު އެއްކޮށް އުވާލުމުގެ ނުރައްކަލާއި އޭގެ ސަބަބުން ދެން ނިކުމެދާނެ މައްސަލަތަކަކީ އޭގެ ނުފެންނަ ފަރާތެވެ. މިހާތަނަށް އެއްވެސް ސަރުކާރަކަށް އެ ނިޒާމު އެއްކޮށް އުވާލެވިފައި ނެތުމަކީ އޭގެ އެންމެ ވަރުގަދަ ހެއްކެވެ. އޭގެ މައިގަނޑު ސަބަބަކީ ކުރިން ވެސް ފާހަގަ ކުރިހެން، އެ ނިޒާމު އެއްކޮށް އުވާލުމުން މުޖްތަމައަށް ކުރިމަތިވެދާނެ ނުރައްކަލެވެ.
"ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭ އުސޫލަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައި އޮންނަ އުސޫލެއް."
އެހެންކަމުން، މީހުން ހައްޔަރު ކުރުމާއި ވާނުވާ އުވާލުމުގެ މައްސަލައަކީ ކުށުގެ ވެށި އޮތްގޮތުން އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް، ރާއްޖޭގައި އާންމު އުސޫލުން ކުށުގެ ވެށީގައި އުޅެނީ އެއް ބައެއް ކަމަށް ވާތީ އެއީ ވެސް ބޮޑު ގޮންޖެހުމެވެ.
"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު ކޮންމެވެސް ގޮތަކުން ދޫވި. އަނެއްކާވެސް ތުހުމަތު ކުރެވުނީ އެގޭ އެހެން ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް. އަލުން ބަންދަށް ލާން ޖެހުނީ،" ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރިން ވިދާޅުވެފައި ވެ އެވެ.
އާ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް --- ފޮޓޯ/މިހާރު
ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން މީހުން ބަންދު ކުރުމާއި ދޫކުރުމުގެ މައްސަލައަކީ ގޮތް ނިންމަން ފަސޭހަ ކަމެއް ނޫނެވެ. އެއްކޮޅުން އާންމުންގެ ފާޑުކިޔުންތަކަށް ފުލުހުން ބަލާއިރު، އަނެއްކޮޅުގައި އޮންނަ ތުހުމަތު ކުރެވޭ މީހާގެ ހައްގަށް ބަލަންޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"ބޮޑު ކަމެއް ހިނގީމަ މި ބުނަނީ ފުލުހުންނާއި ކޯޓުތަކުން މީހުން ދޫކުރަނީއޭ. ނަމަވެސް ބޭނުންހާ ދުވަހެއް ވަންދެން ބަންދުކޮށްގެނެއް ނުގެންގުޅެވޭ. ދެން ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއްޔާ މި ދައްކަނީ ހުކުމެއް ނެތި ވާނުވާގައި މީހުން ބައިތިއްބަނީއޭ،" ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވެސް ވިދާޅުވި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ހަގީގީ މައްސަލައަކީ އަވަހަށް ޝަރީއަތް ހިންގަން ހުރި ހުރަސްތަކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރަންޖެހޭ ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.
"ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭ އުސޫލަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައި އޮންނަ އުސޫލެއް. ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ އެއް ރީޑިންއަކީ ވަކި ހާލަތްތަކެއް ހުރެއްޖެ ކަމަށްވާ ނަމަ ބަންދުގައި ބަހައްޓަން ޖެހޭނެއޭ،" ކުރިން ހައި ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރެއްވި އައްބާސް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ދާދި ފަހުން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެ އެވެ.
އައްބާސް ވިދާޅުވި ގޮތުގައި ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ކަފާލާތު ދިނުމުގެ އުސޫލު ހަރުދަނާ ކުރުމަކީ ޝަރީއަތް ނިމެންދެން ބަންދު ކުރުމާ ގުޅޭގޮތުން އޮތް މައްސަލަ ހައްލުކުރަން މުހިންމު ކަމެކެވެ. އެކަމަށް ހާއްސަ ގާނޫނެއް ވުޖޫދަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ކުށުގެ ވެށި ފުޅާވަމުން ދަނީ ނުރައްކާތެރި ދަރަޖައަކަށެވެ. ނަމަވެސް އެފަދަ ކުށްކުރާ މީހުން ހައްޔަރުކޮށް، ބަންދު ކުރުމުގައި ނިންމަން ޖެހެނީ ވަރަށް އުނދަގޫ ނިންމުމެކެވެ. އެއްކޮޅުން މީހުން ދޫވާތީ ފާޑުކިޔާއިރު، އަނެއްކޮޅުން އޮތީ މީހުން ބަންދު ކުރާތީ އޮންނަ ޝަކުވާ އެވެ.
ބުޅަލެއް މަރާލުމުން ޖަލަށް، ބޮޑެތި ކުށްވެރިން ގެއަށް!
ގޭގައި ހިނގާ ކަންކަން ސިއްރުން ބެލޭނެ ފަދަ ގަވާއިދެއް
މަގުމަތިން ގާނޫނު ތަންފީޒު ކުރުމަކީ ނުރައްކަލެއް!
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
"ވާނުވާ" އެނގޭ، ނުލިބިގެން އުޅެނީ ހައްލު!
އެކަކު "ގުރުބާންވެގެން" ކުށުން ރެކުން ނިމުމަކަށް!
ކޯޓަކަށް ފުލުހުން ދޮގު މައުލޫމާތު ދިން މައްސަލައެއް
މުއްދަތު ހިނގަނީ ދައުވާ ކުރުމަށް އެކަނިތަ؟