20 ޑިސެމްބަރ 2023
ބުޅަލެއް މެރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު އެ ކުށަށް ގާނޫނުގައި އޮންނަ އަދަބަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ބަހައްޓައިފި އެވެ. އެ ކުށުގެ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އެ މީހާ ބަންދުގައި މަހަކަށް ވުރެ ގިނަ ދުވަސް ބަހައްޓައިފި އެވެ. މާނައަކީ ކުށް ސާބިތު ނުވަނީސް، އޭނާއަށް އެ ކުށުގެ އަދަބު ދީފި އެވެ. ނަމަވެސް މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ބޮޑެތި ތުހުމަތު ކުރެވޭ މީހުން އެ ތިބީ ދޫކޮށްލައިފަ އެވެ.
ބުޅަލެއް މެރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު އެ ކުށަށް ގާނޫނުގައި އޮންނަ އަދަބަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ބަހައްޓައިފި އެވެ. އެ ކުށުގެ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އެ މީހާ ބަންދުގައި މަހަކަށް ވުރެ ގިނަ ދުވަސް ބަހައްޓައިފި އެވެ. މާނައަކީ ކުށް ސާބިތު ނުވަނީސް، އޭނާއަށް އެ ކުށުގެ އަދަބު ދީފި އެވެ. ނަމަވެސް މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ބޮޑެތި ތުހުމަތު ކުރެވޭ މީހުން އެ ތިބީ ދޫކޮށްލައިފަ އެވެ.
ޖަނަވާރުންނަށް އަނިޔާވެރިވާ މީހުންނަށް ވެސް ގާނޫނުގައި ބުނާ އަދަދު ލިބެންޖެހޭނެ ކަމާ މެދު ދެބަސްވުމެއް ނެތެވެ. ނަމަވެސް މައްސަލައަކީ އެފަދަ މީހުންނަކީ މުޖުތަމައަށް ނުރައްކަލެއް ކަމަށް ދެކިގެން، ކުށުގެ އަދަބަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ބައިތިއްބާއިރު އެ އަށް ވުރެ މާ ބޮޑެތި އަދި ނުރައްކާތެރި ތުހުމަތުތައް ކުރެވޭ މީހުން ދޫވެފައި ތިބޭ ތިބުމެވެ. އެއްކޮޅުން ބަންދުގައި ތިބެންޖެހޭ މީހުން ދޫވުމުގެ ޝަކުވާ ބޮޑުވާއިރު، އަނެއްކޮޅުން އޮތީ އާދައިގެ ތުހުމަތުތަކުގައި މީހުން ބަންދުކުރާ ކަމުގެ ޝަކުވާ އެވެ.
"މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް ވުރެ ބުޅާ މެރި މީހާގެ ނުރައްކާ ބޮޑުވި ގޮތް ފުލުހުން ސާފުކޮށްދޭން އެބަ ޖެހޭ،" އާންމުން މީހަކު ފާޅުކުރި ހިޔާލެއްގައި ވެ އެވެ.
ކުށުގެ ތުހުމަތު ކުރެވޭ މީހުން ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ބޭތިއްބުން ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އިން އިން ހުއްދަ ކުރަނީ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވުން ނުވަތަ ފިލާފާނެ ކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުވަތަ ހެކި ނައްތާލަފާނެތީ ކަމަށް ބެލެވުން ފަދަ އިސްތިސްނާ ހާލަތުތަކެއްގަ އެވެ މިއިން ހާލަތެއް ނެތް ނަމަ ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް، ކުށް ސާބިތުވުމުގެ ކުރިން މީހުން ބަންދުކުރުން ގާނޫނުއަސާސީ ހުއްދަ ނުކުރީ ކުރެވޭ ތުހުމަތަކަށް ބިނާކޮށް، މީހުން ބަންދު ކުރުމަކީ އިންސާނަކާ ދެކޮޅަށް ހިންގޭނެ ވަރަށް ނޭއްގާނީ އަދި ވިޔާނުދާ އިޖުރައާތަކަށް ވާތީ އެވެ.
"ޕަބްލިކްގެ ވިސްނުން ހުންނަ ގޮތަށް ބަލައިގެން ނުވަތަ އާންމުންގެ ފަރާތުން އައިސްދާނެ ފާޑު ކިޔުންތަކަށް ބަލައިގެން ގިނަ ފަހަރު މި އަމަލު ކުރެވެނީ."
ގާނޫނުއަސާސީގެ މި މާއްދާ މިގޮތަށް އޮންނަތާ 15 އަހަރު ފާއިތުވެ، ހިތު ދަސްވިއިރު ވެސް ބަދަލުނުވީ ކަން ހިނގާ ގޮތެވެ. އެންމެ ޓްވީޓެއް ކޮށްލައިގެން ހައްޔަރުކުރާ މީހަކީ ވެސް މުޖުތަމައަށް ނުރައްކަލެއް ކަމަށް ބަލައިގެން އެތައް މަހެއް ވަންދެން ބަންދުގައި ބަހައްޓާއިރު، އެންމެ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލަނީ ނުރައްކަލެއް ނެތް ކަމަށް ބަލައިގެންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ގާނޫނުއަސާސީގައި އެ ބުނާ މުޖުތަމައަށް ނުރައްކާވުމަކީ ކޮބައިތޯ ސުވާލު އުފެދޭ ހިސާބަށް ގޮސްފި އެވެ.
މާރާމާރީ ހިންގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު
ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ދައުވާ ކުރުމުގެ މުއްދަތުތަކެއް ވެސް ހިމެނީ މިގޮތަށް އާދައިގެ ތުހުމަތުގައި މީހުން ހައްޔަރު ކުރުން ހައްދުން ނައްޓާ ހިސާބުގައި އޮއްވަ އެވެ. އެ ގާނޫނު ބުނާގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފި ނަމަ ގިނަވެގެން 30 ދުވަސް ނުވަތަ 45 ދުވަސް ތެރޭގައި ދައުވާ ކުރަން ޖެހޭނެ އެވެ. ނަމަވެސް ތުހުމަތުވާ މީހާ ހައްޔަރު ނުކުރާ ނަމަ، ތަހުގީގު ނިންމުމާއި ދައުވާ ކުރަން ދިގު މުއްދަތުތަކެއް ދިނުމުގެ ބޭނުމަކީ ތަހުގީގު މަރުހަލާގައި މީހުން ހައްޔަރު ނުކުރަން ބާރު އެޅުމެވެ.
"ކޭބަލް ނަރުކޮޅެއް ވަގަށް ނެގުމަކީ އާންމުންގެ ނަޒަރުގައި އާދައިގެ ކުށެއް. ނަމަވެސް އެ މީހާގެ ކުށުގެ ރެކޯޑަށް ބަލާއިރު އޮވެދާނެ މިސާލަކަށް 90 މައްސަލައެއްގެ ކުށުގެ ރެކޯޑް."
ޖިނާއީ އިޖުރައާތުގެ ގާނޫނުގައި އައުމަށް ފަހު، މި ކަން ކޮންމެވެސް ވަރަކަށް މަދުވިޔަސް، އެކަން މުޅިން ނެތިގެނެއް ނުދެ އެވެ. މީގެ އެއް ސަބަބަކީ މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހާގެ ސަބަބުން ނުވަތަ އެކަމުގައި އާންމުންގެ ކަންބޮޑުވުން އޮތް ވަރަށް ބަލައިގެން މުއައްސަސާތަކުން އަމަލު ކުރަން ފެށުމެވެ. ކޮންމެހެން ހައްޔަރު ކުރަންޖެހޭ ސަބަބެއް ނެތަސް، ވަކި މީހަކު ހައްޔަރު ނުކޮށްފި ނަމަ އާންމުންގެ ފާޑުކިޔުން އަތުވެދާނެތީ އެކަމަށް ބަލައިގެން ވެސް އާދައިގެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް، ބަންދު ކުރެ އެވެ.
އެކަމަކު، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް އޮތީ އޭގެ އަނެއްކޮޅެވެ. ތުހުމަތު ކުރެވޭ ވަރަށް ހެކި ހުރެ އަދި މުޖުތަމައަށް ނުރައްކާވުމުގެ ފުރުސަތު އޮތަސް، އެފަދަ މީހުން ދޫކޮށްލަން އެތައް ސަބަބެއް އޮވެ އެވެ. ކޯޓުގައި ޖާގަ އާއި ވަސީލަތްތަކުގެ ނެތުމުން ސަބަބުން މައްސަލަ ނުނިމި ލަސްވެދާނެތީ ކަމަށް ބުނެ ވެސް އެތައް ބަޔަކު ދޫކޮށްލައިފި އެވެ. ނަމަވެސް މިއީ ހުއްޖަތެއްގެ ގޮތުގައި ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. ދާދި ފަހުން ނިންމި މައްސަލައެއްގެ ސުޕްރީމް ކޯޓުން ވެސް އެކަން ފާހަގަ ކުރި އެވެ.
ބޮޑެތި ތަހުގީގުތަކަށް ހާއްސަކޮށް ހެދި ފުލުހުންގެ މަރުކަޒު --- ފޮޓޯ/މިހާރު
ގާނޫނީ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި މުއައްސަސާތަކުން ގިނަ ފަހަރު އަމަލު ކުރެވެނީ އާންމުންގެ ކަންބޮޑުވުން އެކަމުގައި އޮންނަ ގޮތަކަށް ބަލައިގެންނެވެ. ކޮންމެހެން ހައްޔަރު ކުރަން ނުޖެހޭ ހާލަތުތަކުގައި ވެސް މީހުން ހައްޔަރު ކުރަނީ ގާނޫނުގައި އޮތް ގޮތަށް ވުރެ ބޮޑަށް، އާންމުންގެ ފާޑުކިޔުން އަތުވެދާނެތީ އެކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މުުތަމައު އަށް ނުރައްކާވާނެ ކޮންމެ ކުށެއް ވެސް. އެކަމަކު ގާނޫނުގެ މަގުސަދަކީ ކޮންމެ ކޮންމެ މައްސަލައެއްގައި މީހުން ބަންދު ކުރުމެއް ނޫން. ކޮންމެހެން ބަންދު ކުރަން ޖެހިގެން ނޫނީ އެކަން ނުކުރުން ގާނޫނުގެ ރޫހަކީ. އެކަމަކު ޕަބްލިކްގެ ވިސްނުން ހުންނަ ގޮތަށް ބަލައިގެން ނުވަތަ އާންމުންގެ ފަރާތުން އައިސްދާނެ ފާޑުކިޔުންތަކަށް ބަލައިގެން ގިނަ ފަހަރު މި އަމަލު ކުރެވެނީ،" ޖިނާއީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަހުގީގު މަރުހަލާގައި އެގޮތަށް މީހުން ހައްޔަރު ކުރިޔަސް، ތަހުގީގު ނިމޭއިރު ދައުވާ ކުރާނެ ހެއްކެއް ނެތިގެން އެތައް ބަޔަކު ދޫކޮށްލާފައި ވެސް އެބަހުއްޓެވެ. އެކަމަކު ކަމަކަށް ނުވާ ކަމެއްގައި އަދި އެކަށީގެންވާ ސަބަބެއް ނެތި ބަންދު ކުރުމުން ލިބޭ ގެއްލުން އިއާދަ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ހައްޔަރުކޮށްފައި ބަންދުގައި މުއްދަތުތަކެއް ހޭދަވާ ފަހުން ދައުވާ ކުރެވޭނެ ހެއްކެއް ނެތިގެން ދޫކޮށްލީ. އެ ހާލަތުގައި ރާއްޖޭގެ ނިޒާމު މި އޮތްގޮތުން ބަންދުގައި ހޭދަކުރި ދުވަސްތަކަށް ގެއްލުމުގެ ބަދަލު ހޯދޭނެ ގޮތެއް ނޯވޭ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާރު ކުދި ކުށްތަކުގައި ގިނަ ފަހަރަށް މީހުން ހައްޔަރު ކުރަނީ ކޮންމެހެން އެކަން ކުރަން ޖެހިގެންނެވެ. މިސާލަކަށް އާދައިގެ ކުދި ކުށްތައް ތަކުރާރުކޮށް ކުރަމުންދާ މީހުން ދޫކޮށްލައިފި ނަމަ މުޖުތަމައަށް އޭގެ ގެއްލުންތައް ކުރިމަތިވާ ކަމަށާއި އެ ހާލަތުގައި އޭނާ ހައްޔަރު ކުރުން ނޫން އެއްވެސް ގޮތެއް ނޯންނަ ކަމަށާއި އަދި އެ ފުރުސަތު ގާނޫނުން ވެސް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޭބަލް ނަރުކޮޅެއް ވަގަށް ނެގުމަކީ އާންމުންގެ ނަޒަރުގައި އާދައިގެ ކުށެއް. ނަމަވެސް އެ މީހާގެ ކުށުގެ ރެކޯޑަށް ބަލާއިރު އޮވެދާނެ މިސާލަކަށް 90 މައްސަލައެއްގެ ކުށުގެ ރެކޯޑް. އެ ހިސާބުން އެ މީހާ އެ ވަނީ މުޖުތަމައު އަށް ނުރައްކަލަކަށް. ނުރައްކަލެއް ކަމަށް ބަލާނީ ތުހުމަތުގެ ނިސްބަތުން އެކަންޏެއް ނޫން. ކުށުގެ ރެކޯޑާއި މިފަދަ ގިނަ ކަންކަމަށް ބަލާފައި ގޮތް ނިންމަން މި ޖެހެނީ،" ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ކުށް ސާބިތުވުމުގެ ކުރިން މީހުން ބަންދު ކުރުމުގެ ސަގާފަތް ގާނޫނުއަސާސީން އުވާލާފައި ވިޔަސް ރާއްޖޭގެ ނިޒާމު އަދިވެސް ހިނގަނީ މުޅިއަކުން އެގޮތަކަށް ނޫނެވެ. ކޮންމެހެން ބަންދު ކުރަންޖެހޭ ފަދަ ސަބަބުތަކެއް ނެތް ތުހުމަތުތަކުގައި ވަރަށް ފަސޭހައިން ބަންދު ކުރާއިރު، އަނެއްކޮޅުގައި އޮތީ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން އެހާމެ ފަސޭހައިން ދޫކޮށްލުމުގެ ކަންބޮޑުވުމެވެ. ނިޒާމުގައި އޮތް މި ތަފާތު ކުރުމާ ހެދި، މުޖުތަމައަށް އޮތް ނުރައްކާވުމަކީ ކޮބައިކަން މިހާރު އޮޅޭ ހިސާބަށް އޮތީ ގޮސްފަ އެވެ.
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
ގޭގައި ހިނގާ ކަންކަން ސިއްރުން ބެލޭނެ ފަދަ ގަވާއިދެއް
މަގުމަތިން ގާނޫނު ތަންފީޒު ކުރުމަކީ ނުރައްކަލެއް!
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
"ވާނުވާ" އެނގޭ، ނުލިބިގެން އުޅެނީ ހައްލު!
އެކަކު "ގުރުބާންވެގެން" ކުށުން ރެކުން ނިމުމަކަށް!
ކޯޓަކަށް ފުލުހުން ދޮގު މައުލޫމާތު ދިން މައްސަލައެއް
މުއްދަތު ހިނގަނީ ދައުވާ ކުރުމަށް އެކަނިތަ؟