ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާ އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
19 ޖުލައި 2023
ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާ އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހަފީޒް އެކްސިޑެންޓުވީ އޭނާ ފަތިސް ނަމާދުން ފައިބައިގެން މަޖީދީ މަގު ހުރަސް ކުރައްވަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އެވެ.
ސައިކަލު ދުއްވަން އިނީ އުމުރުން 22 އަހަރުގެ ޝަމްއާން އަބްދުއްޝަކޫރެވެ. ހަފީޒްގެ ހާލު ސީރިޔަސްވެ ފުރާނަ އަށް ނުރައްކާވެފައިވާ އިރު އޭނާ ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރު ކުރުމަށް ފަހު މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.
އޭނާ ފުރަތަމަ ފަހަރަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ކޯޓުގައި ބުނީ ސައިކަލު އަންނަ ތަން ފެނިގެން ހަފީޒް "ޕެނިކް ވެގެން ސައިކަލާ ދިމާލަށް ދުއްވައިގަތީ" ކަމަށެވެ.
އެހެން ނަމަވެސް ކޯޓުން އެފަހަރު ވެސް ނިންމާފައި ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށެވެ.
ހަފީޒަށް މިހާރު އަންނަނީ އިންޑިއާގައި ފަރުވާ ދެމުންނެވެ. އެންމެ ފަހުން އޭނާގެ އާއިލާ އިން މައުލޫމާތު ދިން ގޮތުގައި އޭނާގެ ދެ ސާޖަރީ އަކަށް ފަހު މިހާރު ވެންޓިލޭޓަރުން ވަނީ ނަގައިފަ އެވެ.
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
ކާރެއްގެ ދަށުވެ،މީހަކު މަރުވި މައްސަލާގައި ދައުވާކޮށްފި
އެކްސިޑެންޓް މައްސަލާގައި ތިން މީހުން ވެސް ބަންދަށް
ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ދުއްވި މީހާ ޖަލަށް
ލޮލުގެ ފެނުން ގެއްލުނު އެކްސިޑެންޓް: އައީ ޖޫރިމަނާއެއް
ރާ ފެނުނު ކާރެއްގައި ތިބި ބަޔަކު ދޫކޮށްލަން އަންގައިފި
ޝިއުނާގެ މަރު: ކާރު ދުއްވި މީހާ ސަލާމަތްވެއްޖެ
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި
އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރީ ދެ ކުޑަކުދިން!