ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ދައުވާކުރާ ކޮރަޕްޝަންގެ މައްސަލައިގައި ހިމެނޭ، އަމިއްލަ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކައިޒާން އިންވެސްޓްމަންޓަށް 30 ދުވަހުގެ ތެރޭގައި ހަތް މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
28 އޯގަސްޓް 2025
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ދައުވާކުރާ ކޮރަޕްޝަންގެ މައްސަލައިގައި ހިމެނޭ، އަމިއްލަ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކައިޒާން އިންވެސްޓްމަންޓަށް 30 ދުވަހުގެ ތެރޭގައި ހަތް މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ހަދާފައި ހުރި އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސައީދުގެ އިތުރުން ފެނަކައިގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ މިދިޔަ ޖުލައި މަހު އުފުލައިފަ އެވެ.
ފެނަކައިން ފައިސާ ދައްކަން ކުރި ހުކުމުގައިވާ ގޮތުން ލ. މާމެންދޫ، ބިންބިމާގޭ އިސްމާއިލް ޒާހިދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ، ކައިޒާން އިންވެސްޓްމަންޓާއި ފެނަކައާ ދެމެދު އައިސް ޕްލާންޓް ވިއްކުމަށް ޑިސެމްބަރު 7، 2023 ގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާގެ ތެރެއިން 7.2 މިލިއަން ރުފިޔާ އާއި އެ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި 580،155ރ. އާއި އެ ފައިސާ ހޯދުމަށް މައްސަލަ ޝަރީއަތަށް ހުށަހެޅަން ޖެހުމުގެ ހަރަދުގެ ގޮތުގައި 100،000ރ. އާ އެކު ޖުމްލަ 7.9 މިލިއަން ރުފިޔާ ހޯދަން ކައިޒާންގެ ފަރާތުން ދައުވާގައި އެދިފައިވެ އެވެ.
ހުކުމުގައިވާ ގޮތުން އައިސްޕްލާންޓުގެ ޖުމްލަ އަގުގެ ތެރެއިން 7.2 މިލިއަން ރުފިޔާ ނުދެއްކިވާ ކަމަށް ފެނަކައިން އެއްބަސްވެ އެވެ. އަދި ކުންފުނީގެ ހާލަތު ހުރި ގޮތުން އެ ފައިސާ އެއް ފަހަރާ ދެއްކެން ނެތް ކަމަށާއި އެހެންވެ، 12 މަސް ދުވަހަށް ބަހާލައިގެން ނުވަތަ ދެ ފަރާތުން މަޝްވަރާކުރުމަށް ފަހު އެއްބަސްވާ ގޮތަކަށް ދައްކާ ހަލާސްކުރުމަށް ހުށަހަޅާފައިވެ އެވެ.
ކޯޓުން ހުކުމްކުރީ ފެނަކައިގެ އިއުތިރާފުންނާ އެކު ސާބިތުވާ 7.2 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެކަމަކު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ 580،155ރ. އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދޭން އެދިފައިވާ 100،000ރ. ނަގައިދެވެން ނެތް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މި އައިސްޕްލާންޓާ ގުޅޭ ގޮތުން ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައިގައި ކޮށްފައިވާ ޖިނާއީ ދައުވާގައިވާ ގޮތުން އޭޕްރީލް 30، 2023 ގައި ފެނަކަ އާއި ފިޝަރީޒް މިނިސްޓްރީން ހެދި އެއްބަސްވުމެއްގައި ހިމެނޭ ރަށްތަކުގެ ތެރެއިން މާމެންދޫގައި ފެނަކައިން އައިސްޕްލާންޓެއް ހަދަން ނިންމި އެވެ. އެކަމަކު އެ މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި އެ ރަށުގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި 11.3 މިލިއަން ރުފިޔާއަށް އެ އައިސްޕްލާންޓު ގަތީ ކަމަށާއި އެކަން ކުރީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ބަހެއް ނެތި ފެނަކައިގެ ބިޒްނަސް ޕްލޭނުގައި ވެސް އެއީ ފައިނޭންޝަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫން ކަމަށް ބުނެފައި އޮއްވައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޕީޖީން ބުނެފައިވާ ގޮތުގައި ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ އާންމު ބައްދަލުވުމުގައި ސެޕްޓެމްބަރު 7، 2023 ގައި ސައީދު ބައިވެރިވެ މަޝްވަރާކޮށްގެން އައިސްޕްލާންޓް ގަންނަން ނިންމީ އެވެ. ފެނަކައިން އިންހައުސްކޮށް މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ސާފުކޮށްނުދީ އެ ވާހަކަ ހުއްޓުވި ކަމަށާއި ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓާ ދެމެދު ހަމަ އެ ތާރީހުގައި އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ޖިނާއީ ދައުވާގައި ބުނެ އެވެ.
އެ ދައުވާގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން 11.3 މިލިއަން ރުފިޔާ ކައިޒާން އިންވެސްޓްމަންޓަށް ފެނަކައިން ދެއްކުމަށް މަގުފަހިކޮށްދީ، އެ ފައިސާ އެ ކުންފުންޏަށް ދައްކަން ޖެހޭ ގޮތަށް އެއްބަސްވުން ހަަދައި ސޮއިކޮށްފައިވެ އެވެ.
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި
އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރަނީ
ފެނަކައިން އައިސް ޕްލާންޓްތައް ހިންގުން ހުއްޓާލައިފި
5 ރަށެއްގައި އައިސްޕްލާންޓް ބެހެއްޓުން ފެނަކައަށް
އައިސްޕްލާންޓުތައް ދޫކޮށްލުމުން މިފްކޯއަށް ވާނީ ރަނގަޅު
14 އައިސް ޕްލާންޓެއް ހިންގަން ފެނަކައާ ހަވާލުކޮށްފި
ކޮމަންޑޫގައި އައިސްޕްލާންޓް ހަދަން ފެނަކައާ ހަވާލުކޮށްފި
އާންމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލްކުރަނީ
ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުދޭން އެދިއްޖެ
އައްޑޫން ކަރަންޓު ކެނޑުނީ ކޭބަލެއް ބުރިކުރަން އުޅުމުން