30 ޖެނުއަރީ 2022
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް އެ ދާއިރާގައި ކުއްލިއަކަށް ގިނަ މަޝްރޫއުތައް ހިންގާ ކަމަށް ފާޑުކިޔަމުން ދަނިކޮށް، ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮމަންޑޫގައި އައިސްޕްލާންޓެއް ހެދުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް އެ ދާއިރާގައި ކުއްލިއަކަށް ގިނަ މަޝްރޫއުތައް ހިންގާ ކަމަށް ފާޑުކިޔަމުން ދަނިކޮށް، ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮމަންޑޫގައި އައިސްޕްލާންޓެއް ހެދުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ފެނަކައާ އެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ކޮމަންޑޫގައި ހަދާ މި އައިސްޕްލާންޓްގައި ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފެއްދޭނެ އެވެ. އަދި 50 ޓަނުގެ އައިސް ރައްކާކުރުމުގެ ކެޕޭސިޓީ ވެސް ހުންނާނެ އެވެ.
މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ފައިނޭންޝިއަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.
ޕީއެސްއައިޕީގެ ތެރެއިން ކުރިއަށް ގެންދާ މި މަޝްރޫއު ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް އެޅުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި @TeamFenaka އާ ދެމެދު އެއްބަސް ވުމެއްގައި މިއަދު ސޮއި ކުރައްވައިފި pic.twitter.com/dsa1vRCISz
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) January 30, 2022
ކޮމަންޑޫ ދާއިރާގެ ގޮނޑި އަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓަކާއި އިދިކޮޅު ދެ ކެންޑިޑޭޓަކު ވާދަކުރާ އިރު، އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް، ސަރުކާރުން އެ ދާއިރާގެ ރަށްތަކުގައި ވަރަށް ގިނަ މަޝްރުއޫތައް އިއުލާންކޮށް އަދި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވެ އެވެ.
އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ، ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އެއް ފަޅެއްގެ ތެރޭ އޮންނަ ފަޅު ރަށެއް ކަމަށްވާ މަތިކޮމަންޑޫ ގުޅާލުމަށް ސަރުކާރުން ފެށި މަޝްރޫއަށެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް، މި މައްސަލަ ބަލައިދޭން ވަނީ އޭސީސީ އަށް ވެސް ހުށަހަޅައިފަ އެވެ.
މި މަޝްރޫއުތައް ހިންގަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް، މި ގޮނޑިއަށް ވާދަކުރާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެމްޑީޕީގެ ފަރާތުން މި ގޮނޑިއަށް ވާދަކުރަނީ މުހައްމަދު ރާޝިދެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ ވާދަކުރާ އިރު، މީގެ ހަތަރު މަސް ކުރިން އުފެއްދި، އެމްއެންޕީން ވާދަކުރަނީ އަބްދުލްހަންނާން އިދުރީސެވެ.
5 ރަށެއްގައި އައިސްޕްލާންޓް ބެހެއްޓުން ފެނަކައަށް
އައިސްޕްލާންޓުތައް ދޫކޮށްލުމުން މިފްކޯއަށް ވާނީ ރަނގަޅު
ހަތަރު ލައްކައިގެ ކަރަންޓް ބިލެއް ފޮނުވުނީ އޮޅިގެން
ފަސް ރަށެއްގައި އައިސް ޕްލާންޓް އަޅާނެ ބަޔަކު ހޯދަނީ
ފެނަކައިން އައިސް ޕްލާންޓްތައް ހިންގުން ހުއްޓާލައިފި
14 އައިސް ޕްލާންޓެއް ހިންގަން ފެނަކައާ ހަވާލުކޮށްފި
ކޮމަންޑޫ ކައިރިން ތިންރަށް ދޫކުރުން ކޯޓުން ހުއްޓުވައިފި
ދެ ކޮމަންޑޫ ގުޅާލުމަކީ ބަޖެޓުގައި ހިމެނޭ މަޝްރޫއެއް
"ނުފޫޒު ފޯރުވި" އޯޑިއޯ ނަޝީދު ދިފާއު ކުރައްވައިފި
ކޮމަންޑޫގެ ހުވަފެނީ މަޝްރޫއު: ރައްޔިތުން ބަދަލުކޮށްލާނެ