ށ. ކޮމަންޑޫ ގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓް ބިލެއް ފޮނުވުނީ އޮޅުމަކުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
27 ނޮވެމްބަރ 2024
ށ. ކޮމަންޑޫ ގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓް ބިލެއް ފޮނުވުނީ އޮޅުމަކުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ކޮމަންޑޫގެ ގެއަކަށް 412،000ރ. ގެ ބިލެއް ފެނަކައިން ފޮނުވާފައި ޕޯސްޓެއް ސޯޝަލް މީޑިއާގައި މިއަދު ދަނީ ދައުރުވަމުންނެވެ. އެ ޕޯސްޓްގައިވަނީ އެ ގޭގައި މީހުން ނޫޅޭތާ މިހާރު ދެ މަސް ވެފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން ފެނަކައިގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ބިލަކީ އަލަށް ހަރުކުރި މީޓަރެއްގެ ރީޑީންގް ނެގުމުގައި ދިމާވި އޮޅުމަކާ ގުޅިގެން ހެދުނު ބިލެއް ކަމަށެވެ.
އެ ބިލުގެ މައްސަލަ ފާހަގަ ކުރެވިގެން އެ ކަސްޓަމަރަށް ގުޅައި، ބިލް އިސްލާހު ކުރުމަށްފަހު ރަނގަޅު ބިލް މިހާރު ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮންމެ މަހެއް ނިމޭއިރު ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރެ އެވެ.
ކަރަންޓް ބިލްތަކަށް 400 މިލިއަން ފެނަކައަށް ނުލިބޭ
ކޮމަންޑޫގައި އައިސްޕްލާންޓް ހަދަން ފެނަކައާ ހަވާލުކޮށްފި
ފެނަކައިގެ ބިލްތައް އޮންލައިންކޮށް ދެއްކޭ ގޮތް ހަދައިފި
އާންމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލްކުރަނީ
ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުދޭން އެދިއްޖެ
އައްޑޫން ކަރަންޓު ކެނޑުނީ ކޭބަލެއް ބުރިކުރަން އުޅުމުން
ފެނަކައިގެ ސީއެފްއޯއަކަށް ޖިހާދު
ފެނަކައިގެ ސީއެފްއޯގެ މަގާމުން ވަހީދު އިސްތިއުފާ ދީފި
ފެނަކައިން ކައިޒާން އަށް 7 މިލިއަން ދައްކަން ހުކުމެއް
އައްޑޫ ގެންގުޅެނީ ދެވަނަ ދަރަޖައިގައި: މޭޔަރު