ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި އެ ކަންކަމުގައި ހަގީގީ ކުލަ ޖައްސައިދިނުމަކީ އެންމެ އިސް ޒިންމާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
26 އޯގަސްޓް 2025
ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި އެ ކަންކަމުގައި ހަގީގީ ކުލަ ޖައްސައިދިނުމަކީ އެންމެ އިސް ޒިންމާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ވައިކަރަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރަށްރަށަށް ދަތުރުކުރެއްވުމުގެ ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަން އޮޅުންފިލުވައި އެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކި ދާއިރާތަކުން އެކި މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށާއި ވެ ވަޑައިގެންފައިވާ ހުރިހާ ވައުދެއް ވެސް ފުއްދަވައިދެއްވާނެ ކަމަށެވެ.
"އެ ކަންކަން ނިންމުމާއި އާ މަސައްކަތްތައް ފެށުމާއި ރައްޔިތުން ބޭނުންވާ ކަންކަން އިތުރަށް އޮޅުން ފިލުވައި އެ ކަންކަމުގައި ހަގީގީ ކުލަ ޖައްސައިދީ ހަގީގަތަކަށް ހަދައިދިނުމަކީ އެއީ އަޅުގަނޑުގެ އެންމެ އިސް ޒިންމާ އަދި ވާޖިބު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ވައިކަރަދޫ ރައްޔިތުންނަށް އެ މަނިކުފާނު ކޮށްދެއްވަން ވައުދުވެ ވަޑައިގެން ކަންކަމާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންކަން ހާމަކުރައްވައިފަ އެވެ.
ވައިކަރަދޫ ބަނދަރު މަސައްކަތާއި މޫދަށް އެރޭ ސަރަހައްދަކާއި ފަތާ ޓްރެކެއް އަޅަން ފެށުމާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި ހޭންޑްބޯލް ކޯޓެއްގެ އިތުރުން އައުޓްޑޯ ޖިމެއް އަދި ސްކޭޓް ޕާކެއް ހަދައިދިނުމަށް ނިންމަވާފައިވާކަން ރައީސް އިއުލާނުކުރެއްވި އެވެ.
ރައީސް ވިދާޅުވީ މަސައްކަތްތައް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށް، ޑިޒައިން ފައިނަލްވެފައިވާ ކަމަށާއި އަންނަމަހު އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
އަޅަން ފަށައި ނުނިމި އެތައް އަހަރެއް ވެފައިވާ 12 ކްލާސްރޫމުގެ މަސައްކަތާއި މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް ފެށުމަށާއި އަންނަ ދިރާސީ އަހަރާ އެކު ސްކޫލުގެ އާ ކްލާސްރޫމު ބޭނުން ކުރަން ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ކަންކަމުގެ އިތުރުން؛
- ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި އަންނަ އަހަރު ކުރީކޮޅު ފެށުން
- ވައިކަރަދޫ ދަނޑުވެރިންނަށް ހާއްސަ މުދާ ފެރީއެއް ހަމަޖައްސައިދިނުން
- މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް އިންޖީނުގެ ބަދަލުކުރުން
- ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން
- އަންނަ އަހަރުގެ ބަޖެޓުގައި 50 ހައުސިން ޔުނިޓް ހިމަނައި، އަންނަ އަހަރު މަސައްކަތް ފެށުން
ރައީސް ވިދާޅުވީ އެމަނިކުފާނު ވެ ވަޑައިގެންފައިވާ ހުރިހާ ވައުދުފުޅެއް ވެސް މި ދައުރުގައި ފުއްދަވައިދެއްވާނެ ކަމަށެވެ.
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ސީއެސްސީއަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
މަކުނުދޫ އެއާޕޯޓާއި ބިން ހިއްކުން އެމްޓީސީސީއަށް
ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށް
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް
ދިވެހި ދައުލަތުގެ އިއްޒަތް އުތީމު އާދަމްބެއަށް
ގައުމިއްޔަތުގެ ޝަރަފުގެ އިނާމު އުތީމު ރައްޔިތުންނަށް