އެކި ދާއިރާތަކުން ހިދުމަތް ކުރައްވާފައިވާ ނުވަ ބޭފުޅަކަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު މިއަދު އަރުވައިފި އެވެ.
24 އޯގަސްޓް 2025
އެކި ދާއިރާތަކުން ހިދުމަތް ކުރައްވާފައިވާ ނުވަ ބޭފުޅަކަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު މިއަދު އަރުވައިފި އެވެ.
ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހަނދާނީ ލިޔުމާއި ފިލާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލު ކޮށްދެއްވީ ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
1. ހުސްނީ ފަހުމީ، މ. އަފްޒާ، މާލެ / ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުން ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން
2. އިއްޒަތު އަހްމަދު ނިޒާރު، ސެލްވިން، ހދ. މަކުނުދޫ / ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން
3. ޑރ. އަބްދުލްއަޒީޒް ހަމީދު، ފިނިފެންމާގެ، ފ. ނިލަންދޫ / ސިއްހީ ދާއިރާއިން؛ ސިއްހީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން
4. އާމިރާ ސުލައިމާން، ފެހިއަލި، ބ. ކެންދޫ / ސިއްހީ ދާއިރާއިން؛ ދިވެހިބޭސްވެރިކަން ކުރުމާއި އެ މަސައްކަތް ތަރައްގީކުރުމުގެ ރޮނގުން
5. ފާތިމަތު އިބްރާހީމް، ކާނިމާގެ، ޅ. ހިންނަވަރު / އިޖުތިމާއީ ރައްކާތެރިކަމާއީ އިންސާނީ ހައްގުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން؛ ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދީންނާއި މީހުންނަށް ހިދުމަތް ކުރުމުގެ ރޮނގުން
6. އަހްމަދު ވަހީދު އަލީ، ވެހި، ހއ. ކެލާ / އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޖަމާއާތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން
7. އަލީމުއްދީން، ވިކްޓަރީ، ސ. ފޭދޫ / މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތްކުރުމާއި އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން
8. މުހައްމަދު ޖައިލަމް، ޝާދީވިލާ، ގދ. ފިޔޯރީ / މުވާސަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން؛ ކޮމްޕިއުޓާ ސޮފްޓްވެއާ އާއި ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން
9. ޒަހިއްޔާ މުހައްމަދު، މުރީދުގެ، އއ. އުކުޅަސް / އަންހެނުންގެ ދާއިރާއިން؛ އާންމުކޮށް އަންހެނުން ކޮށް ނޫޅޭ ބާވަތުގެ މަސައްކަތް ކުރުމުގެ ރޮނގުން (ނޮން ސްޓީރިއޯޓައިޕް)
މި ނުވަ ބޭފުޅުންގެ އިތުރުން، ހިތްވަރުދިނުމުގެ ގައުމީ އިނާމު ކުންފުންޏަކަށް ވެސް މިފަހަރު ލިބިފައިވެ އެވެ. އެއީ، ރާއްޖޭގެ މުވާސަލާތީ ދާއިރާ ބަދަލުކޮށްލައި، އެ ދާއިރާއަށް 20 އަހަރު ދުވަހު ހިދުމަތްކޮށްފައިވާ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮވާފައި ވަނީ ރައީސް އުފައްދަވައިފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.
ދިވެހި ދައުލަތުގެ އިއްޒަތް އުތީމު އާދަމްބެއަށް
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް
ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ޝަރަފު އުތީމަށް
ހާއްސަ ހިދުމަތުގެ އިނާމު ހާޖަރާގޭ ތައުފީގަށް
އަބުރު ކަތިލުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން
ގައުމިއްޔަތުގެ ޝަރަފުގެ އިނާމު އުތީމު ރައްޔިތުންނަށް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް
ކުރިއަށް އޮތް ދެ އަހަރު ގައުމީ ދުވަސް އުތީމުގަައި
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
އަހްލާގީ ދަންމަރު އަލުން ހުޅުދާން ކުރާނަން: ރައީސް