04 ސެޕްޓެމްބަރ 2024
ދިވެހިންގެ އެންމެ އަގުހުރި ތަރިކައަކީ ރިވެތި އަހުލާގާއި އިސްލާމްދީނަށް ކުރާ ލޯބި ކަމަށާއި އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު އަލުން ހުޅުދާން ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ އެންމެ އަގުހުރި ތަރިކައަކީ ރިވެތި އަހުލާގާއި އިސްލާމްދީނަށް ކުރާ ލޯބި ކަމަށާއި އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު އަލުން ހުޅުދާން ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ ބާޖަވެރިކަމުގައި އިސްލާމްދީން އަދާކުރާ އެންމެ މުހިންމު އެއް ދައުރަކީ އަހުލާގުގެ ދައުރު ކަމަށާއި މުޖުތަމައުއެއް އިސްލާހު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ވެސް އެ ބައެއްގެ އަހުލާގު ކަމަށެވެ.
"ގައުމެއްގައި ނަމަ، އެ ގައުމެއްގެ ކޮންމެ ފަރުދެއްގެ އަހްލާގު. ދިވެހި އައިޑެންޓިޓީގެ ވާހަކަ ދައްކާއިރު މިއީ އަޅުގަނޑު ވަރަށް ބާރުލާން ބޭނުންވާ ނުކުތާއެއް. އިސްލާމްދީން ބުނަނީ އެކަކު އަނެއްކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނާށޭ. ބުނާނެ ހެޔޮ ބަހެއް ދުލަަށް ނާންނަ ނަމަ، ހަނު ހުންނާށޭ. އަދުގެ މުޖުތަމައު އޮތީ ކިހިނެއްތޯ؟،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ހަގީގީ އައިޑެންޓިޓީއަކީ ދީނީ އަދި ގައުމީ ވާޖިބު މަތިވެރި އަހްލާގެއްގެ މަތީ ބިނާކޮށްގެން އައުން ކަމަށެވެ. ދިވެހިންނަކީ މާތް ބައެއް ކަމަށް އިބުނުބަތޫތާ ލިޔުއްވީ އެހެންވެ ކަމަށާއި ދިވެހިންގެ ގަހަކުން ވެއްޓޭ މޭވާއެއް ހުއްދަ ހޯދައިގެން ނޫނީ ނުނެގުމަށް ބޭރުގެ ނިޔަވީން އެމީހުންގެ ފަޅުވެރިންނަށް އަންގާފައި އޮތުމުން ވެސް އެނގެނީ ދިވެހިންގެ އުޅުމާއި އާދަކާދައިގައި ހުރި މަތިވެރި އަހްލާގު ކަން ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން އިޔާދަކުރަން ބޭނުންވަނީ އެ ދިވެހިންގެ މާތް ސިފަތައް. އެ އަހުލާގު. އެއީ މިއަދު އަޅުގަނޑުމެންގެ ގައުމީ އަދި ދީނީ ވާޖިބެއް،" ރައީސް ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން: އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު އަލުން ހުޅުދާން ކުރައްވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ:
- މުސްލިމުން މާތް ބަޔަކަށް ވާނީ އެމީހުންގެ ހަޔާތުން މާތްކަން ދައްކާ ނަމަ، ހެޔޮ ކަންކަމަށް އަމުރުކޮށް ގޯސް ކަންކަމަށް ނަހީކުރާ ނަމަ
- އެގޮތަށް އަމަލުކުރިއިރު، ދިވެހިރާއްްޖެ އޮތީ ވަރަށް ވެސް އުފާވެރިކޮށް، ސުލްހަވެރިކޮށް ކަމާއި ރަށްފުށް އޮތީ ހިމޭންކޮށް އަދި ހިތްތައް ގުޅިފައި އޮތީ ލޮބުވެތިކޮށް ކަމަށް
- އިރާދަކުރެއްވިއްޔާ އެންމެންގެ މަދުވެރިކަމާ އެކު ދިވެހިންގެ އަހްލާގީ ދަންމަރު ރާއްޖޭގައި ހުޅުދާން ކުރައްވާނެ ކަމަށް.
ރައީސް ވިދާޅުވީ އިސްލާމީ އަހްލާގާ އެކު އިސްލާމީ އާދަތައް ވެސް ރާއްޖޭގައި ދިރުވާ އާލާކުރަން ޖެހޭ ކަމަށާއި ބޭނުން ވަނީ އިހުގެ ދިވެހިން ފަދައިން ފަތިހު ހޭލާ، ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފުރާލާ މުޖުތަމައުއެއް ކަމަށެވެ.
"ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުގުވެރިކަމާ އެކު އުޅޭ ދިވެހި ގައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިހްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިހްތިރާމު އަލުން ގެންނަން ބޭނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ވަކި އައިޑެންޓިޓީއެއް އެބަ އޮތް ކަމަށާއި އެކަންކަން ގެއްލިގެން ގޮސްގެން ނުވާނެ ކަމަށެވެ. ގައުމީވަންތަ ކަން ދަމަހައްޓަން އެންމެ ފުރަތަމަ މަސައްކަތް ފައްޓަންވީ އަމިއްލަ މީހާއާ ހިސާބުން ކަމަށާއި އެއަށް ފަހު އެހެން މީހުންނަށް ވިސްނައިދީ، އެކަންކަން ކުރިއަރުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ގައުމުގެ އެއް މާނައަކީ މީހުން ކަމަށާއި ގައުމެއް ސަލާމަތް ކުރުމުގައި އެންމެ މުހިންމު ކަމަކީ މީހުން ސަލާމަތް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ މީހުންނަށް އަމާޒުކޮށް ހިންގާ ދީނާ ހިލާފު، މިނިވަންކަމާ ދެކޮޅު ކަންކަމުން ގައުމު ސަލާމަތްކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު އަލުން ހުޅުދާން ކުރައްވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް
"ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. މިކަމުގައި ތިޔައިން ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި އެ ހަމަލާތަކުން ސަލާމަތްވެ ގަންނަ ބަޔަކު އުޅޭ ގައުމެއް ކަމަށެވެ. އެގޮތުން ދިވެހީން އަޅުވެތިކުރުމަށް ޕޯޗުގީޒުން ފޮނުވި ލަޝްކަރާ ދެކޮޅަށް ދިވެހީން ތެދުވެ، އެ މީހުން ބަލިކޮށް، އަލުން މިނިވަންކަން ހޯދައިގަތްގޮތް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ:
- ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުން ކަމާއި އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރައްވާފައި ވަނީ ވެސް މި އަސާސުގެ މައްޗަށް ކަމަށް.
- ރާއްޖޭގައި ބޭރުގެ ސިފައިން މިހާރު ގާއިމުވެ ނެތުމުގެ ސަބަބަކީ ވެސް އެއީ ކަމަށާއި އަދި އެންމެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަމުން ގެންދިއުމާއި ދިވެހި ގައުމިއްޔަތުގެ ހާއްސަ ނިޒާމެއް ތައާރަފުކުރެވި ދާއިރާގެ ތައުލީމާ ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދަވަނީ ވެސް އެ ބޭނުމުގައި ކަމަށް.
- ދިވެހި މަސްކަނޑުތައް ދިވެހީން ޒަމާނުއްސުރެ ސަލާމަތްކުރާ ތޮބީއީ ސިއްރަކީ ބަނޑުފުރާނަ މުއްތިކުރާ މައިރޯއްޖަކީ އެ ކަނޑުތަކުން ލިބޭ ރިޒުގު ކަމަށާއި އެހެންކަމުން ގައުމަށް ވަފާތެރި ދަރީން ބިނާކުރުމަށްޓަކާ މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭ ކަމަށް.
- ދިވެހީންގެ މަސްކަނޑާއި ފަސްގަނޑާ އިހުއްސުރެ ގުޅިފައިވާ ގޮތަށް އަންނަން އޮތްތާނގައިވެސް ގުޅިފައި އޮންނަންޖެހޭ ކަމަށް.
ރައީސް ވިދާޅުވީ މިއަދު ބޭނުން ވަނީ ދިވެހިންގެ ކާބަފައިންގެ ކެރުމާއި ހިތްވަރު އަދި ގައުމީ ހިދުމަތާއި ރޫހު ކަމަށެވެ. ފިކުރުތަކާއި ނުރައްކާތަކުގެ ދުނިޔޭގައި މިއަދު ގައުމު ބޭނުން ވަނީ އެކަންކަމުން ފިލާވަޅު ލިބިގަނެ، ގައުމުގެ ހައްގުގައި ހޭލާ ތިބޭނެ ދަރިން ކަމަށެވެ. އަދި ގައުމުގެ ގަމިއްޔަތު ހިމާޔަތްކޮށް، އެކަތިގަނޑެއް ގޮތުގައި ކުރިއަށް ދިޔުމުގެ އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ. ހަމަ އެހެންމެ އަމިއްލަވަންތަކަން ދިފާއުނުކުރެވޭ ނަމަ، މިނިވަންކަން ދިފާއެއް ވެސް ނުކުރެވޭނެ. އެހެން ކަމުން ގައުމެއް ދިފާއުކުރުމުގައި އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއުކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
"ގައުމެއް ދެމި ތިބުމަށް ޓަކާ، ނުވަތަ މާދަމާގެ ސަލާމަތް ކަށަވަރުކުރުމަށް ޓަކާ، އެންމެ އިސްކަމެއް ދެނީ އެބައެއްގެ ރާއްޖެ އެބައެއްގެ މިލްކުގައި ބާއްވާން. މިއީ ވެސް ތޮބީއީ ކަމެއް."
ހާއްސަ ހިދުމަތުގެ އިނާމު ހާޖަރާގޭ ތައުފީގަށް
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
ރައީސް ގޮވައިލެއްވީ މަސައްކަތްތެރިކަމުން ބާރު ހޯދަން
ނާބެ އާއި ދޮނާ އަށް ކުޅިވަރުގެ ޝަރަފުވެރިކަމުގެ އިނާމު
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް
ގައުމިއްޔަތުގެ މަތީ ޝަރަފު ސަލާހުއްދީނުގެ ހަނދާނަށް
މޫސާ ލަތީފަށް، ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު
ގައުމިއްޔަތު އިނާމު ހުސައިން ސަލާހުއްދީންގެ ހަނދާނުގައި
އަންނަ ހަފުތާގެ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު
ގައުމީ އިނާމާ ބެހޭ ކޮމިޓީން އަނީސާ އިސްތިއުފާދެއްވައިފި