ޕާފޯމިން އާޓްސްގެ ދާއިރާ އިން ލަވަ ކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމު، މި އަހަރު ނިޔާވި ރާއްޖޭގެ މަޝްހޫރު މިއުޒީޝަން މުހައްމަދު މާޖިދު (މެޒޯ މޯޑު) ގެ ހަނދާނަށް މިއަދު ދީފި އެވެ.
ޕާފޯމިން އާޓްސްގެ ދާއިރާ އިން ލަވަ ކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމު، މި އަހަރު ނިޔާވި ރާއްޖޭގެ މަޝްހޫރު މިއުޒީޝަން މުހައްމަދު މާޖިދު (މެޒޯ މޯޑު) ގެ ހަނދާނަށް މިއަދު ދީފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި، މި އިނާމު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މޯޑުގެ އާއިލާގެ ފަރާތުން އިނާމާ ހަވާލުވީ ދަރިފުޅު މީރާ މުހައްމަދު މާޖިދު އެވެ.
ދިވެހި މިއުޒިކަށް 48 އަހަރު ހިދުމަތް ކޮށްފައިވާ މޯޑުގެ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2010 ވަނަ އަހަރު ޕާފޯމިން އާޓްސްގެ ދާއިރާ އިން ލަވަކިޔުމާއި މިއުޒިކް ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދީފަ އެވެ.
ކޯބްރާސް ބޭންޑާ އެކު، އުމުރުން އެންމެ ނުވަ އަހަރުގައި 1977 ގައި މިއުޒިކް ކުޅެން ފެށި މޯޑަކީ ދިވެހިވަންތަ، އަމިއްލަ ރާގުގެ ލަވަތައް އުފައްދައި، ކިޔުމުގައި އެފަދަ ދެ ވަނަ އެއް ނެތް ފެންނާނެކެވެ. އެގޮތުން އޭނާގެ ބޭންޑް މެޒޯ އިން ވަނީ އަމިއްލަ ރާގުގެ 40 ލަވަ ނެރެފަ އެވެ. އެ ލަވަތައް ހިމެނެނީ "ގުގުރި"، "މާލި"، "ޓެންތު" އަދި "ލިސެން" ގެ ނަމުގައި ނެރުނު އަލްބަމްތަކުގަ އެވެ.
މޯޑު: ރާއްޖޭގެ މިއުޒިކުގެ ލެޖެންޑެއް.
މޯޑުގެ ބޭބެ އަބްދުލްމާޖިދު (ލެކިއުޓް މާޖީ) ގެ ކުޅަދާނަ ޅެންވެރިކަން އެކުލެވޭ، މަޝްހޫރު ލަވަތަކުގެ ތެރޭގައި "ކަމަނަގޯތީ އާދަނުތާ"، "ޖިސްމު"، "ރޯނުއެދުރު"، "ވެއްޖެ ކަމަކާ ޙައްޖާ ހަމައޭ"، "އެޅިކަނޑުމަތި" ހިމެނެ އެވެ. އޭގެ ފަހުން، މަޝްހޫރުވި ލަވަތަކުގެ ތެރޭގައި، "އުޑުން ތަރިތައް"، "ވިސްނާ ވިސްނާ"، "ދާނެހޭ ތިހަނދާން ފިލާ"، ފަދަ ލަވަތައްވެސް ފާހަގަކުރެވެ އެވެ. މީގެ ތެރެއިން "ވިސްނާ ވިސްނާ" އަކީ ދުނިޔޭގެ މަޝްހޫރު މިއުޒިކް ޗެނަލް "އެމްޓީވީ" އިން ދެއްކި ފުރަތަމަ ދިވެހި ލަވަ އެވެ.
މޯޑަކީ ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރަން ބޭރުގެ ވަރަށް ގިނަ ފެއާތަކާއި ޝޯތަކުގައި ވެސް ލަވަ ކިޔާފައިވާ މީހެކެވެ. ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ބާލިންގައި ތިން ފަހަރު ރާއްޖެ ތަމްސީލުކުރި އެވެ. އެކަމުގެ އަގުވަޒަންކޮށް ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލުގެ އިނާމު ވެސް އޭނާ އަށް ސަރުކާރުން ވަނީ ދެއްވައިފަ އެވެ.
އަލްމަރްހޫމް މުހައްމަދު މާޖިދަކީ، މިޔުޒީޝަނެއްގެ ކިބައިގައި ހުންނަންޖެހޭ ރަނގަޅު ސިފަތަކެއް ހުރި އަދި އެހެން މިޔުޒީޝަނުންނަށް އިހުތިރާމު ކުރެއްވި ބޭފުޅެކެވެ. މާޖިދު އަޅުގަނޑުމެންނާ ތާއަބަދަށް ވަކިވެވަޑައިގެންނެވި ކަމުގައިވިޔަސް، މާޖިދުގެ ހަނދާންތައް އަޅުގަނޑުމެންނަކާ ވަތްކެއްނުވެ އެވެ. އެއީ، ދިވެހިން ބަލައިގަތް، ދިވެހިވަންތަ މިޔުޒިކް އުފެއްދެވި އާދަޔާ ހިލާފު މިޔުޒިކީ ފަންނާނެކެވެ،" ގައުމީ އިނާމާ ބެހޭ ކޮމިޓީން ބުނެފައިވެ އެވެ.
އުމުރުން 59 އަހަރުގައި މޯޑު ނިޔާވީ މި އަހަރުގެ ފެބްރުއަރީ މަހު ހާޓްއެޓޭކް ޖެހިގެންނެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް
ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށް
ދިވެހި ދައުލަތުގެ އިއްޒަތް އުތީމު އާދަމްބެއަށް
ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ޝަރަފު އުތީމަށް
ގާސިމާއި ސޯބިރަށް ދައުލަތުގެ މަތިވެރި އިއްޒަތް
ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފު ނަންރީތި ސަލީމަށް
މުއުތަސިމަށް ދައުލަތުގެ އިއްޒަތް އަރުވައިފި
ހާއްސަ ހިދުމަތުގެ އިނާމު ހާޖަރާގޭ ތައުފީގަށް
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
އަހްލާގީ ދަންމަރު އަލުން ހުޅުދާން ކުރާނަން: ރައީސް